ފޮޓޯ: ބާސެލޯނާ
ކުޅިވަރު
30 Aug 2022 | 01:57
ލަލީގާ: ބާސެލޯނާއިން ޖެހިޖެހިގެން ދެވަނަ މެޗުގައި ހަތަރު ގޯލު ޖަހައި ވަލަޑޮލިޑް ބަލިކޮށްފި

ލަލީގާގައި އެފް ސީ ބާސެލޯނާއިން ޖެހިޖެިހިގެން ދެވަނަ މެޗުގައި ހަތަރު ގޯލު ޖަހާ ވަލަޑޮލިޑް ބަލިކޮށްފިއެވެ.

ލީގު ތާވަލުގެ ފުލުން ދެވަނައިގައި އޮތް ވަލަޑޮލިޑާއި ދެކޮޅަށް އަމިއްލަ ދަނޑުގައި ބާސާއިން މެޗު ފެށީވެސް ވަރުގަދަ ކޮށެވެ. މި މެޗު ވެގެން ގޮސްފައިވަނީ މި ސީޒަނަަށް އެ ޓީމަށް ގުޅުނު ހުރިހާ ކުޅުންތެރިން ރަޖިސްޓްރީ ވެގެން ކުޅުނު ފުރަތަމަ މެޗަށެވެ. ރޭގެ މެޗުގައި ލީގުގައި ބާސާއަށް އަލަށް ކުޅުނު ޖޫލްސް ކުންޑޭ، ބާސާގެ ފުރަތަމަ ދެ މެޗުގައި ފެނިގެން ގޮސްފައިވަނީ ލަލީގާގައި ރަޖިސްޓްރީ ނުކުރެވިގެންނެވެ.

މެޗުގެ ކުރީކޮޅު މެޗުގެ ކޮންޓްރޮލް ނަގައި ބާސާއިން ވަނީ ވަލަޑޮލިޑުގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން ބާސާއަށް މެޗުގެ 24 ވަނަ މިނަޓުގައި ލީޑު ނަގައިދިނީ ރޮބާޓް ލެވަނޑޮސްކީއެވެ. ފުރަތަމަ ހާފު ނިމެން ދަނިކޮށް ބާސާއަށް ލީޑު ފުޅާ ކޮށްދީފައިވަނީ ޕެޑްރީއެވެ.

ދެވަނަ ހާފު ފެށިގެންވެސް ބާސާއިން ވަނީ ވަލަޑޮލިޑަށް މާގިނަ ފުރުސަތުތަކެއް އުފެއްދުމަށް ފުުރުސަތު ނުދީ ކޮންޓްރޯލިން ކުޅުމެއް ދައްކާފައެވެ. ބާސާއަށް މެޗުގައި ތިންވަނަ ގޯލު ޖަހައިދިނީ، އެ ޓީމަށް ފުރަތަމަ ގޯލުވެސް ޖަހައިދިން ލެވަނޑޮސްކީއެވެ. މިއީ ލަލީގާގައި އޭނާ ކުޅުނު ތިން މެޗުގައި ބާސާއަސް ޖަހައިދިން ހަތަރުވަނަ ގޯލެވެ. މެޗުގެ ނަތީޖާއަށް އަސަރު ކުރާވަރުގެ ކުޅުމެއް ވަލަޑޮލިޑުން ދެއްކިފައިނުވާއިރު، މެޗުގެ 90 މިނަޓު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި ބާސާއަށް ހަތަރުވަނަ ގޯލު ޖަހައިދިނީ ސާޖިއޯ ރޮބާޓޯއެވެ.

މި މޮޅާއި އެކު ބާސާ ވަނީ ލަލީގާ ތާވަލުގެ ތިންވަނަ އަށް ޖެހިލާފައެވެ. އެއްވަނައިގައި ކުޅުނު ތިން މެޗު ކާމިޔާބު ކޮށްގެން ނުވަ ޕޮއިންޓާއި އެކު ރެއާލް މެޑްރިޑް އޮތް އިރު ދެވަނައިގައި އޮތް ރެއާލް ބެޓިސްވެސް ވަނީ ހަމަ އެވަރަށް ޕޮއިންޓު ހޯދާފައެވެ. ބާސާއިން ދެން ލަލީގާގައި އަންނަ ހޮނިހިރު ދުވަހު ނުކުންނާނީ ވާދަވެރި ސެވިއްޔާއާއި ދެކޮޅަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.