ފޮޓޯ: ރެއާލް މެޑްރިޑް
ކުޅިވަރު
30 Aug 2022 | 02:01
ލަލީގާ: ފަހުވަގުތު ދެގޯލު ޖަހާ ބެންޒެމާ ރެއާލް ސަލާމަތްކޮށްދީފި

ލަލީގާގައި ރެއާލް މެޑްރިޑުން ރޭ ކުޅުނު މެޗުގައި އެސްޕަނިޔޯލް އާއި އެއްވަރުވާން ދަނިކޮށް ފަހުވަގުތު ޖެހި ދެގޯލުން ބެންޒެމާ އެ ޓީމު ސަލާމަތްކޮށްދީފިއެވެ.

ސްޕެނިޝް ލަލީގާގެ އެންމެ ފަހުގެ ޗެމްޕިއަނުން އެސްޕަނިޔޯލް ބަލިކުރީ 1-3 ގެ ނަތީޖާއަކުންނެވެ. މި މޮޅާއި އެކު ރެއާލް އޮތީ ކުޅުނު ތިން މެޗު ކާމިޔާބުކޮށް ތާވަލުގެ އެއްވަނައިގައެވެ. ދެވަނައިގައި ރެއާލާއި އެއްވަރަށް ޕޮއިންޓު ހޯދައިގެން ބެޓިސް އޮތްއިރު، އެންމެ ވާދަވެރި ބާސެލޯނާ އޮތީ ތިން މެޗުން ދެ މެޗު ކާމިޔާބުކޮށް ތިންވަނައިގައެވެ.

އެސްޕަނިޔޯލްގެ ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ގޯލު ޖަހާ ލީޑު ނެގީ ރެއާލް އިންނެވެ. މެޗުގެ 12 ވަނަ މިނަޓުގައި ރެއާލްގެ ފުރަތަމަ ގޯލު ޖަހައިދީފައިވަނީ ވިނިސަސް ޖޫނިއާ އެވެ. މި ގޯލަށްފަހު އެސްޕަނިޔޯލުން ވަނީ މެޗުގެ ތެރެއަށް ވަދެ ރެއާލުން ކުރަމުންދިޔަ ކޮންޓްރޯލް އަތުލައިގަނެފައެވެ. އެގޮތުން ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް އެސްޕަނިޔޯލުގެ ޖޮސެލޫ ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

މެޗުގެ ދެވަނަ ހާފުގައި ރެއާލުން އަލުން ލީޑު ނެގުމަށް ގިނަ މަސައްކަތް ތަކެއްވަނީ ކޮށްފައެވެ. ނަމަވެސް އެސްޕަނިޔޯލުން ވަނީ ރެއާލްގެ ގިނަ ހަމަލާތަށް ދިފާއުކޮށްފައެވެ. މެޗުން ރެއާލް އެެއްވަރުވާން ދަނިކޮށް އެ ޓީމު ސަލާމަތް ކޮށްދިނީ ކޮށްދިނީ ކެޕްޓަން ކަރިމް ބެންޒެމާއެވެ. ބުރާސްފަތި ދުވަހު ޔޫއެފާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ބެންޒެމާ ވަނީ މެޗުގެ 88 ވަނަ މިނަޓުގައި ގޯލެއް އިތުރު ވަގުތުގެ ތެރޭގައި ގޯލެއް ޖަހައި މެޗުން ރެއާލް މޮޅުކޮށްދީފައެވެ.

ލަލީގާގައި ދެން ރެއާލުން ނިކުންނާނީ ދެވަނައިގައި އޮތް ބެޓިސްއާއި ދެކޮޅަށެވެ. މި ދެ ޓީމުންވެސް މިހާތަނަށް ކުޅުނު ތިން މެޗު ކާމިޔާބު ކޮށްފައިވާއިރު އަންނަ ހޮނިހިރު ދުވަހު ކުޅެވޭ މި މެޗު ވެގެންދާނީ ވާދަވެރި މެޗަކަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.