ރިޕޯޓް
07 Jun 2022 | 13:51
ބީޖޭޕީ ހޫނު ފެނަށް، މުސްލިމުންގެ ކުރިމަތީ ފުރަތަމަ ފަހަަރަށް ކުޑަކަކޫ!

އިންޑިއާގެ ވެރިކަން ކުރާ ޕާޓީ، ބީޖޭޕީއަކީ އަބަދުވެސް މުސްލިމުންނާ ދެކޮޅު ޕާޓީއެކެވެ. އެ ޕާޓީގެ ނިވާފަތުގައި ތިބެ، ހިންދޫއިން ދަނީ، މުސްލިމުންނަށް އެކި ގޮތްގޮތުން ފުރައްސާރަކުރަމުންނެވެ. މުސްލިމުން ނިކަމެތި ކުރުމަށް މަސައްކަތް ކުރަމުންނެވެ. އިންޑިއާގެ އާބާދީގެ 80 ޕަސަންޓަކީ، ހިންދޫ ދީނުގެ މީހުން ކަމަށްވާއިރު، މުސްލިމުން ހިއްސާކުރަނީ އިންޑިއާގެ އާބާދީގެ 14.2 ޕަސަންޓެވެ. އެއީ، 204 މިލިއަން މުސްލިމުންނެވެ. މިއީ ދުނިޔޭގެ މުސްލިމުންގެ އާބާދީގެ 10.9 ޕަސަންޓެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ނިސްބަތްވާ ބީޖޭޕީއަށް މިފަހުން އެންމެ ބޮޑު ފާޑުކިޔުންތަކެއް އަމާޒުވީ، އެ ޕާޓީގެ އިސް ތަރުޖަމާނު ނުޕުރު ޝަރުމާ ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް، ތައުހީނުކުރުމާ ގުޅިގެންނެވެ. ރަސޫލާގެ އަނބިކަނބަލުންނާއި ގުޅޭ ބުހުތާނު ދޮގު ހަދައި، ރަސޫލާގެ ޝަހްސިއްޔަތަށް އުނިކަން ލިބޭ ފަދަ ވާހަކަތައް އިސް ތަރުޖަމާނު ދެއްކީ، އިންޑިއާގެ ޓީވީ ޗެނަލެއްގައެވެ. އެތައް މިލިއަން ބައެއްގެ ކުރިމަތީގައެވެ. ނުފުރު ޝަރުމާ، ރަސޫލާއަށް ފުރައްސާރަކުރުމުން، އިސްލާމީ ގައުމުތަކާއި މުސްލިމުންނަށް ވާގިވެރިވާ ޖަމާއަތްތަކުގެ ލޭ ކެކުނެވެ.

ނުރުހުމުގެ ބަސްތައް، ބީޖޭޕީއަށް އަމާޒުކުރަން ފެށިއެވެ. ބަޔާންތައް ނެރި، ބީޖޭޕީގެ އިސް ތަރުޖަމާނުގެ ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކުރިއެވެ. ހާއްސަކޮށް، އިންޑިއާގައި ދިިރިއުޅޭ މުސްލިމުންގެ ލޭ ކެކި، ނުހުރުމުގެ ޝުއޫރުތައް އިންޑިއާގެ ސަރުކާރަށާއި ބީޖޭޕީއަށް އަމާޒު ކުރިއެވެ. ބީޖޭޕީއަށް ޖަވާބުދާރީވާން މަޖުބޫރުކުރުވިއެވެ.

ބީޖޭޕީގެ ބަޔާން މުސްލިމު ގައުމުތަކުން ކުށްވެރިކުރިއިރު، އިންޑިއާއާ ގާތްގުޅުމެއް ބާއްވަމުން އަންނަ ރާއްޖޭގެ ސަރުކާރުންވެސް ވަނީ އެ މައްސަލަ ކުށްވެރިކޮށްފައެވެ. ނަމަވެސް، މުސްލިމު އެހެން ގައުމުތަކާއި އަޅައިބަލާއިރު، އެ މައްސަލައިގައި ރާއްޖޭގެ ސަރުކާރުގެ ލޮނުމަޑެވެ. ފޮރިން މިނިސްޓްރީ މެދުވެރިކޮށް ސަރުކާރުން ބަޔާނެއްވެސް ނެރުނީ، އެ މައްސަލައިގައި ބަޔާނެއް ނުނެރިގެން އެކަމުގެ ޕްރެޝަރު ސަރުކާރަށް އަމާޒުވަމުން ދަނިކޮށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.