ކުރީގެ ރައީސް މައުމޫނު.. ފޮޓޯ: މިހާރު
ހަބަރު
03 Sep 2022 | 10:49
ބައްޕަ ޖަލަށްލީ އަލީ އަލީ ރަމީޒު ލަވަކިޔުން ހުއްޓާލުމުން، ނަސޭހަތްތެރިވިކަމަށް ހަދާފަ: ޝެއިޚް އަބްދުﷲ

ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ޒައާމަތުގުގައި ޝެއިޚް އަބްދުﷲ ބިން މުހައްމަދު އިބްރާހިމްގެ ބައްޕަ ޖަލަށްލީ މަޝްރޫހު ލަވަކިޔުންތެރިޔާ އަލީ ރަމީޒު ލަވަކިޔުން ހުއްޓާލީ ޝެއިޚްގެ ބައްޕަ ނަސޭހަތްތެރިކަމަށް ހާދަފައިކަމަށް ޝެއިޚް ވިދާޅުވެއްޖެއެވެ. 

ޝެއިޚް އަބްދުﷲ މިފަދައިން ހާމަކުރައްވާފައިވަނީ މައުމޫނުގެ ދިގު 30 އަހަރުގެ ޒައާމަތުގައި ނުހައްގުން އެއްވެސް މީހަކަށް އަނިޔާއެއް ނުދޭ ކަމަށާއި، މީހުން ޖަލަށް ލީ ކުށްވެރިވެގެންކަމަށް ވިދާޅުވެ މައުމޫނު ޓީވީއަކަަށް ދެއްވި ބަސްދީގަތުމެއްގައި ވާހަކަދެއްކެވުމާއި ގުޅިގެންނެވެ. 

އެގޮތުން ޝެއިޚް އަބްދުﷲ ފޭސްބުކުގައި ލިޔުއްވާފައިވަނީ ޕޯސްޓެއްގައި ވަނީ މައުމޫނުގެ ޒައާމަތުގައި ނުހައްގުން މީހުންނަށް ދީފައިވާ އަނިޔާތައް ކޮންމެވެސް ވަރަކަށް ހިއްސާކުރައްވާފައެވެ. 

އޭނާ ވަނީ ތުނބުޅި ބަހައްޓާ ކޮންމެ ފިރިހެނަކާއި ބުރުގާއަޅާ ކޮންމެ އަންހެނަކީ ކުށްވެރިއެއް ކަމުގައި މަނިކުފާނު ވެރިކަމުގައި ހައްދަވައިގެން، ސަރުކާރުގެ ހުރިހާ ދިމާލަކުން ތުނބުޅިއާ، ބުރުގާ އާ ދެކޮޅަށް ހަނގުރާމަ ކުރެއްވީ ކޮން ސަބަބަކާއި ހުރެތޯ އައްސަވާފައެވެ. 

އެއާއެކު އަމިއްލަ ތަޖުރިބާގެ އަލީގައި ޝެއިޚް އަބްދުﷲ ވިދާޅުވީ އަލީ ރަމީޒު ލަވަކިޔުން ހުއްޓާލުމުން އޭނާއަށް ނަސޭހަތްތެރިވީ ޝެއިޚުގެ ބައްޕަކަމަށް ހަަދައި 2003 ވަނަ އަހަރު ބައްޕަ ޖަލަށް ލާފައިވާކަމަށެވެ. އޭރު އަދި ބައްޕަ އަލީ ރަމީޒާއި ބައްދަލުވެސް ނުވާކަމަށް ވިދާޅުވެ ޝެއިޚް އަބްދުﷲ ވަނީ ބައްޕައަށް އެވަރުގެ އަނިޔާއެއް ދިނީ ކޮން ހައްގަތުންތޯ އައްސަވާފައެވެ. 

ޝެއިޚްގެ ޕޯސްޓުގައި ވަނީ މައުމޫނުގެ ޒައާމަތުގައި ބުރުގާ އަޅައިގެން ސުކޫލަށް ދިއުމުން ދެ ކުއްޖަކު ސުކޫލުން ވަކިކޮށްފައިވާކަމަށާއި، އަދި ތުބުޅި ބަހައްޓާ މީހުން ހިފައި ހައްޔަރުކޮށް ސުންނަތަށް އުޅޭ ފަރާތްތަކާއި ދެކޮޅު ސިޔާސަތެއް ގެންގުޅުކަންވެސް ހާމަކުރައްވާފައެވެ. އަދި އެފަދައިން ސިޔާސަތުތައް އެކުލަވާލިއިރު، ތުބުޅި ބަހައްޓައިގެން އުޅޭ މީހުންގެ ކުށަކީ ކޮބައިތޯވެސް ޝެއިޚް އައްސަވާފައިވެއެވެ. 

މައުމޫނުގެ ޒައާމަތުގައި އެއްވެސް މީހަކަށް އަނިޔާވެރި ނުވާކަމަށް ވިދާޅުވުމާއި ގުޅިގެން ގިނަ ބަޔަކު ގެންދަނީ އެ ޒައާމަތުގައި މީހުންނަށް ނުހައްގުން ދީފައި ހުރި އަނިޔާތަކުގެ ހަނދާންތައް އާކުރަމުންނެވެ. އަދި މިހާރު އެއްވެސް މީހަކަށް އަނިޔާއެއް ކުރެވުނު ހަނދާން ނެތުނީތޯ އައްސަވާ މައުމޫނުގެ ފަރާތުން އަނިޔާ ލިބުނު ގިނަ ބަޔަކު ގެންދަނީ ސުވާލުކުރަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Aug 2026
ނޭޕާލްގައި ހިނގި ފްލޭޝް ފްލަޑް ކާރިސާގައި ދިވެއްސަކަށް ގެއްލުމެއް ނުވޭ، 10 ގައުމެއްގެ 500 މީހަކު ގެއްލުނު
ފޮރިން މިނިސްޓްރީން މިރޭ ބުނީ އެ މިނިސްޓަރީން ގެންދަނީ އެކަން މޮނިޓަރ ކުރަމުން ކަމަށެވެ. އަދި ކާރިސާ ދިމާވި ސަރަހައްދުގައި އެއްވެސް ދިވެހި ރައްޔިތަކު ހުރިކަމަކަށް މިނިސްޓްރިއަށް އެއްވެސް ރިޕޯޓެއް ލިބިފައެއް ނުވާ ކަމަށެވެ
27 Aug 2026
ރައީސާ ބައްދަލުވުމުގެ ފުރުސަތު؛ އިތުރު 8 ދާއިރާއެއްގެ ރައްޔިތުންނަށް ހުޅުވާލައިފި
ހުޅުވައިލީ ހެންވޭރު އުތުރު ދާއިރާ އާއި މިލަންދޫ ދާއިރާ އާއި ވެލިދޫ ދާއިރާ އާއި ތުޅާދޫ ދާއިރާ އާއި ފެލިދޫ ދާއިރާ އާއި މުލަކު ދާއިރާ އާއި ނިލަންދޫ ދާއިރާގެ އިތުރަށް ގުރައިދޫ ދާއިރާގެ ރައްޔިތުންނަށެވެ
27 Aug 2026
ހަނދުގައި ފެން ހުރިތޯ ބަލަން ފޮނުވާ މިޝަން ޗައިނާއިން ފަސްކޮށްފި
27 Aug 2026
ތިނަދޫގެ އާބާދީ އޮޅުވައިލި މައްސަލަ: ޕީޖީއަށް ބަލައިގަނެ ދިރާސާކުރަނީ
ޕީޖީން ބުނީ ދަޢުވާކުރުމާމެދު ގޮތެއް ނިންމުމަށްޓަކައި މައްސަލަ ދިރާސާކުރަމުންދާ ކަމަށެވެ. މައްސަލާގައި އަޅާ ފިޔަވަޅުތައް ހާމަކުރަމުންދާނެ ކަމަަށް ވެސް ބުންޏެވެ
27 Aug 2026
މިދިޔަ އަހަރު ނިމުނުއިރު ޓޫރިޒަމް ޓްރަސްޓް ފަންޑުގައި 149.2 މިލިއަން ރުފިޔާ
އޮޑިޓް ރިޕޯޓުން ދައްކާގޮތުގައި މޯލްޑިވްސް ޓޫރިޒަމް ޓްރަސްޓް ފަންޑުން ހޭދަކޮށްފައިވަނީ އޮންނަ އުސޫލުގެ މަތިންނެވެ. އެގޮތުން ހަރަދު ކުރުމުގައި މައްސަލައެއް ނެތްކަން އޮޑިޓަރުގެ ރިޕޯޓުން ފާހަގަވެއެވެ
27 Aug 2026
ޕާކިސްތާނުގައި އަނެއްކާވެސް ހަމަލާދީ ބަޔަކު މަރާލައިފި، ހަމަލާތައް އިތުރުވަނީ
މި ހަމަލާ ދިން މީހުން ހޯދުމަށް ސަލާމަތީ ބާރުތަކުން މިހާރު ވަނީ ޚާއްޞަ އޮޕަރޭޝަނެއް ފަށާފައެވެ.
27 Aug 2026
ތިނަދޫ އާބާދީ އޮޅުވާލި ކަމުގެ ތުހުމަތުގައި ދައުވާކުރުމަށް ޕީޖީއަށް ފޮނުވައިފި
ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުالله ހިލްމީ 2024 ވަނަ އަހަރު މި މައްސަލަ މަޖިލީހަށާއި ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ވަނީ ހުށަހަޅުއްވާފައެވެ. އޭނާ ވިދާޅުވެފައިވާގޮތުން ތިނަދޫގެ އާބާދީގައި 10150 މީހުން ހަމަވާ ކަމަށް ބުނެފައިވަނީ އޮޅުވާލައިގެންނެވެ.
27 Aug 2026
އެމްޑީޕީގެ ނައިބު ރައީސް ކަމުގެ މަގާމުން ހިސާން އިސްތިއުފާ ދެއްވައިފި
ހިސާންގެ އިސްތިއުފާ ސިޓީގައި ވިދާޅުވެފައިވާ ގޮތުގައި އައު މެންޑޭޓެއް ނެތި ނައިބު ރައީސްގެ މަގާމުގައި ދެމިހުންނެވުމަކީ ޑިމޮކްރަސީގެ އަސާސްތަކާ ފުށުއަރާ ކަމެއް ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.