ޑރ މުއިއްޒު ކައުންސިލް ބައްދަލުވުމުގައި ވާހަކަދައްކަވަނީ.. ފޮޓޯ: މާލޭ ސިޓީ ކައުންސިލް
ހަބަރު
05 Sep 2022 | 16:46
ބިން ކަނޑާ ސާފުކުރަނީ ސަރުކާރުން، ކައުންސިލްގެ މަސައްކަތަކީ ޕާކިން ޒޯނު ހެދުން: މޭޔަރު މުއިއްޒު

ފުރަމާލޭގައި ދުއްވާއެއްޗެހި ޕާކުކުރުމަށް ޕާކިން ޒޯނުތައް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތަކީ ސަރުކާރުން ދައްކާ ބިންތަކުގައި އެފަދަ ޒޯނުތަކެއް ހެދުމުގެ މަސައްކަތްކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

މިނީ ބަހުގެ ޚިދުމަތް ފުރަމާލޭގައި ފެށުމަށް މާލޭގެ ބޮޑެތި މަގުތަކުގައި ހުރި ސައުކަލުތައް ނަގާ، އެ އެއްޗެހި ޕާކުކުރުމަށް ޕާކިން ޒޯނުތަކެއް ހެދުމުގެ މަސައްކަތް ސަރުކާރާއި ސިޓީ ކައުންސިލް ގުޅިގެން ވަނީ ފަށާފައެވެ. 

އެހެން ނަމަވެސް މި ގޮތަށް ކުރެވުނު މަސައްކަތުގެ ތެރެއިން މާފަންނު ސަހަރާގައި ހަދާ ޕާކިން ޒޯނާއި ގުޅިގެން ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ގެންދަނީ ސަހަރާގައި ޕާކިން ޒޯނު ހެދުމާއި ދެކޮޅަށް ޝުއޫރުފާޅުކޮށް އެއީ މާލޭ ސިޓީއިން ކުރާކަމެއްގެ ގޮތުގައި ފާހަގަކޮށް ފާޑިކިޔަމުންނެވެ. 

މާފަންނު ސަހަރާގައި ޕާކިން ޒޯނު ހެދުމަށް ނިންމާފައިވަނީ ޑރ. މުއިއްޒުކަމަށް ބުނެ އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ޝުއޫރު ފާޅުކުރަމުން ދިޔަނަމަވެސް ޕާކިން ޒޯނު ހެދުމަށް ބިން ކަނޑައަޅަނީ ސަރުކާރުންނެވެ. 

މާފަންނު ސަހަރާގައި ޕާކިން ޒޯނެއް ހެދުމުގެ ނިންމުމަކީވެސް ސަރުކާރުގެ ނިންމުމެކެވެ. އެކަމަށް އިސްލާމިކް މިނިސްޓްރީއިން ވަނީ ހުއްދަވެސް ދީފައެވެ. 

އެ މައްސަލައާއި ގުޅޭގޮތުން ޑރ. މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕާކިން ޒޯނު ހެދުމުގެ މަސައްކަތުގައި ސިޓީ ކައުންސިލުން އަދާކުރާ ޒިންމާއަކީ، ނުވަތަ ސިޓީ ކައުންސިލްގެ މަސްއޫލިއްޔަތަކީ ސަރުކާރުން ދައްކާ ބިންތަކުގައި ޕާކިން ޒޯނުތައް ހެދުމުގެ މަސައްކަތް ކަމަށެވެ. 

ބިން ކަނޑައަޅާ، އެތަންތަން ސާފުކުރާނީވެސް ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާއަކުންކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ. 

މިނީ ބަހުގެ ޚިދުމަތް މާލޭގައި ފަށާފައިވާއިރު، މާލޭގެ ބޮޑެތި މަގުތައް ހުސްކޮށް ޕާކު ކުރެވޭނެ ތަންތަން ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ. މިހާރުވެސް އެކި ހިސާބުތަކުގައި ޕާކިން ޒޯނުތައް ވަނީ ހަދާ ނިންމާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Aug 2026
ނޭޕާލްގައި ހިނގި ފްލޭޝް ފްލަޑް ކާރިސާގައި ދިވެއްސަކަށް ގެއްލުމެއް ނުވޭ، 10 ގައުމެއްގެ 500 މީހަކު ގެއްލުނު
ފޮރިން މިނިސްޓްރީން މިރޭ ބުނީ އެ މިނިސްޓަރީން ގެންދަނީ އެކަން މޮނިޓަރ ކުރަމުން ކަމަށެވެ. އަދި ކާރިސާ ދިމާވި ސަރަހައްދުގައި އެއްވެސް ދިވެހި ރައްޔިތަކު ހުރިކަމަކަށް މިނިސްޓްރިއަށް އެއްވެސް ރިޕޯޓެއް ލިބިފައެއް ނުވާ ކަމަށެވެ
27 Aug 2026
ރައީސާ ބައްދަލުވުމުގެ ފުރުސަތު؛ އިތުރު 8 ދާއިރާއެއްގެ ރައްޔިތުންނަށް ހުޅުވާލައިފި
ހުޅުވައިލީ ހެންވޭރު އުތުރު ދާއިރާ އާއި މިލަންދޫ ދާއިރާ އާއި ވެލިދޫ ދާއިރާ އާއި ތުޅާދޫ ދާއިރާ އާއި ފެލިދޫ ދާއިރާ އާއި މުލަކު ދާއިރާ އާއި ނިލަންދޫ ދާއިރާގެ އިތުރަށް ގުރައިދޫ ދާއިރާގެ ރައްޔިތުންނަށެވެ
27 Aug 2026
ހަނދުގައި ފެން ހުރިތޯ ބަލަން ފޮނުވާ މިޝަން ޗައިނާއިން ފަސްކޮށްފި
27 Aug 2026
ތިނަދޫގެ އާބާދީ އޮޅުވައިލި މައްސަލަ: ޕީޖީއަށް ބަލައިގަނެ ދިރާސާކުރަނީ
ޕީޖީން ބުނީ ދަޢުވާކުރުމާމެދު ގޮތެއް ނިންމުމަށްޓަކައި މައްސަލަ ދިރާސާކުރަމުންދާ ކަމަށެވެ. މައްސަލާގައި އަޅާ ފިޔަވަޅުތައް ހާމަކުރަމުންދާނެ ކަމަަށް ވެސް ބުންޏެވެ
27 Aug 2026
މިދިޔަ އަހަރު ނިމުނުއިރު ޓޫރިޒަމް ޓްރަސްޓް ފަންޑުގައި 149.2 މިލިއަން ރުފިޔާ
އޮޑިޓް ރިޕޯޓުން ދައްކާގޮތުގައި މޯލްޑިވްސް ޓޫރިޒަމް ޓްރަސްޓް ފަންޑުން ހޭދަކޮށްފައިވަނީ އޮންނަ އުސޫލުގެ މަތިންނެވެ. އެގޮތުން ހަރަދު ކުރުމުގައި މައްސަލައެއް ނެތްކަން އޮޑިޓަރުގެ ރިޕޯޓުން ފާހަގަވެއެވެ
27 Aug 2026
ޕާކިސްތާނުގައި އަނެއްކާވެސް ހަމަލާދީ ބަޔަކު މަރާލައިފި، ހަމަލާތައް އިތުރުވަނީ
މި ހަމަލާ ދިން މީހުން ހޯދުމަށް ސަލާމަތީ ބާރުތަކުން މިހާރު ވަނީ ޚާއްޞަ އޮޕަރޭޝަނެއް ފަށާފައެވެ.
27 Aug 2026
ތިނަދޫ އާބާދީ އޮޅުވާލި ކަމުގެ ތުހުމަތުގައި ދައުވާކުރުމަށް ޕީޖީއަށް ފޮނުވައިފި
ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުالله ހިލްމީ 2024 ވަނަ އަހަރު މި މައްސަލަ މަޖިލީހަށާއި ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ވަނީ ހުށަހަޅުއްވާފައެވެ. އޭނާ ވިދާޅުވެފައިވާގޮތުން ތިނަދޫގެ އާބާދީގައި 10150 މީހުން ހަމަވާ ކަމަށް ބުނެފައިވަނީ އޮޅުވާލައިގެންނެވެ.
27 Aug 2026
އެމްޑީޕީގެ ނައިބު ރައީސް ކަމުގެ މަގާމުން ހިސާން އިސްތިއުފާ ދެއްވައިފި
ހިސާންގެ އިސްތިއުފާ ސިޓީގައި ވިދާޅުވެފައިވާ ގޮތުގައި އައު މެންޑޭޓެއް ނެތި ނައިބު ރައީސްގެ މަގާމުގައި ދެމިހުންނެވުމަކީ ޑިމޮކްރަސީގެ އަސާސްތަކާ ފުށުއަރާ ކަމެއް ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.