އާރިޓީއެލް ބަހުގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
05 Sep 2022 | 21:34
މިނީ ބަހުގެ ޚިދުމަތް މިހާރަށްވުރެ ފުޅާކުރާނަން: ރައީސް ޞާލިހް

ފުރަމާލޭގައި ފަށާފައިވާ މިނީ ބަހުގެ ޚިދުމަތް މިހާރަށްވުރެ ފުޅާކުރައްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެއްވައިފިއެވެ. 

މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުމާއި ގުޅިގެން ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަހުގެ ޚިދުމަތް ފެށުމަކީ ބައިބޯ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ތަސައްލީއެއް ލިބިގެންދިޔަ ކަމެއްކަމަށެވެ. އަދި އެ ޚިދުމަތް އިތުރަށް ފުޅާކުރައްވާނެކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. 

ރައީސް ސޯލިހު ސިފަކުރެއްވި ގޮތުގައި އާރުޓީއެލް މިނީ ބަހުގެ ޚިދުމަތް ފެށިގެން ދިއުމަކީ ވަށާޖެހޭ އާންމު ދަތުރުފަތުރުގެ ނިޒާމު ފުރިހަމަ ކުރުމަށް ލިބުނު ކުރިއެރުމެކެވެ. 

"ވަށައިޖެހޭ އާންމު ދަތުރުފަތުރުގެ ނިޒާމެއްގެ ތެރެއިން އާރުޓީއެލް މިނީ ބަހުގެ ހިދުމަތް ފެށިގެން ދިޔުމަކީ، މި ނިޒާމު ފުރިހަމަކުރުމުގައި ލިބުނު ކުރިއެރުމެއް ބައިބޯ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭ ތަސައްލީއަކަށް މިޚިދުމަތްވެ އިތުރަށް ތަރައްޤީވެގެންދާނެ" ރައީސް ސޯލިހުގެ ޓްވީޓުގައި ލިޔުއްވާފައިވެއެވެ. 

މިނީ ބަހުގެ ޚިދުމަތް އަލުން އަނބުރާ ފުރަމާލޭގައި ފަށާފައިވަނީ 11 އަހަރުގެ މެދުކެނޑުމަކަށް ފަހުގައެވެ. 

މިނީ ބަހުގެ ޚިދުމަތް ދޭން ފެށުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދެކެވެ. އެކި ސަބަބުތަކާހުރެ މި ޚިދުމަތް ފެށުން ލަސްވެގެން ދިޔަނަމަވެސް، އަލުން އަނބުރާ އެ ޚިދުމަތް ފެށިގެން ދިއުމަކީ ރައްޔިތުންނަށް އެތައް ގޮތަކުން ލުއި ފަސޭހަކަން ލިބިގެންދާނެ ކަމެއްކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. 

މިނީ ބަހުގެ ޚިދުމަތް އެންމެ ފުރަތަމަ ދެ ހަފްތާގައި ހިލޭ ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި މި މުއްދަތުގައި ވީހާވެސް ގިނައިން އެ ޚިދުމަތް ހޯދާ، ޚިދުމަތަށް އަހުލުވެރިވުމަށްވެސް ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Aug 2026
ނޭޕާލްގައި ހިނގި ފްލޭޝް ފްލަޑް ކާރިސާގައި ދިވެއްސަކަށް ގެއްލުމެއް ނުވޭ، 10 ގައުމެއްގެ 500 މީހަކު ގެއްލުނު
ފޮރިން މިނިސްޓްރީން މިރޭ ބުނީ އެ މިނިސްޓަރީން ގެންދަނީ އެކަން މޮނިޓަރ ކުރަމުން ކަމަށެވެ. އަދި ކާރިސާ ދިމާވި ސަރަހައްދުގައި އެއްވެސް ދިވެހި ރައްޔިތަކު ހުރިކަމަކަށް މިނިސްޓްރިއަށް އެއްވެސް ރިޕޯޓެއް ލިބިފައެއް ނުވާ ކަމަށެވެ
27 Aug 2026
ރައީސާ ބައްދަލުވުމުގެ ފުރުސަތު؛ އިތުރު 8 ދާއިރާއެއްގެ ރައްޔިތުންނަށް ހުޅުވާލައިފި
ހުޅުވައިލީ ހެންވޭރު އުތުރު ދާއިރާ އާއި މިލަންދޫ ދާއިރާ އާއި ވެލިދޫ ދާއިރާ އާއި ތުޅާދޫ ދާއިރާ އާއި ފެލިދޫ ދާއިރާ އާއި މުލަކު ދާއިރާ އާއި ނިލަންދޫ ދާއިރާގެ އިތުރަށް ގުރައިދޫ ދާއިރާގެ ރައްޔިތުންނަށެވެ
27 Aug 2026
ހަނދުގައި ފެން ހުރިތޯ ބަލަން ފޮނުވާ މިޝަން ޗައިނާއިން ފަސްކޮށްފި
27 Aug 2026
ތިނަދޫގެ އާބާދީ އޮޅުވައިލި މައްސަލަ: ޕީޖީއަށް ބަލައިގަނެ ދިރާސާކުރަނީ
ޕީޖީން ބުނީ ދަޢުވާކުރުމާމެދު ގޮތެއް ނިންމުމަށްޓަކައި މައްސަލަ ދިރާސާކުރަމުންދާ ކަމަށެވެ. މައްސަލާގައި އަޅާ ފިޔަވަޅުތައް ހާމަކުރަމުންދާނެ ކަމަަށް ވެސް ބުންޏެވެ
27 Aug 2026
މިދިޔަ އަހަރު ނިމުނުއިރު ޓޫރިޒަމް ޓްރަސްޓް ފަންޑުގައި 149.2 މިލިއަން ރުފިޔާ
އޮޑިޓް ރިޕޯޓުން ދައްކާގޮތުގައި މޯލްޑިވްސް ޓޫރިޒަމް ޓްރަސްޓް ފަންޑުން ހޭދަކޮށްފައިވަނީ އޮންނަ އުސޫލުގެ މަތިންނެވެ. އެގޮތުން ހަރަދު ކުރުމުގައި މައްސަލައެއް ނެތްކަން އޮޑިޓަރުގެ ރިޕޯޓުން ފާހަގަވެއެވެ
27 Aug 2026
ޕާކިސްތާނުގައި އަނެއްކާވެސް ހަމަލާދީ ބަޔަކު މަރާލައިފި، ހަމަލާތައް އިތުރުވަނީ
މި ހަމަލާ ދިން މީހުން ހޯދުމަށް ސަލާމަތީ ބާރުތަކުން މިހާރު ވަނީ ޚާއްޞަ އޮޕަރޭޝަނެއް ފަށާފައެވެ.
27 Aug 2026
ތިނަދޫ އާބާދީ އޮޅުވާލި ކަމުގެ ތުހުމަތުގައި ދައުވާކުރުމަށް ޕީޖީއަށް ފޮނުވައިފި
ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުالله ހިލްމީ 2024 ވަނަ އަހަރު މި މައްސަލަ މަޖިލީހަށާއި ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ވަނީ ހުށަހަޅުއްވާފައެވެ. އޭނާ ވިދާޅުވެފައިވާގޮތުން ތިނަދޫގެ އާބާދީގައި 10150 މީހުން ހަމަވާ ކަމަށް ބުނެފައިވަނީ އޮޅުވާލައިގެންނެވެ.
27 Aug 2026
އެމްޑީޕީގެ ނައިބު ރައީސް ކަމުގެ މަގާމުން ހިސާން އިސްތިއުފާ ދެއްވައިފި
ހިސާންގެ އިސްތިއުފާ ސިޓީގައި ވިދާޅުވެފައިވާ ގޮތުގައި އައު މެންޑޭޓެއް ނެތި ނައިބު ރައީސްގެ މަގާމުގައި ދެމިހުންނެވުމަކީ ޑިމޮކްރަސީގެ އަސާސްތަކާ ފުށުއަރާ ކަމެއް ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.