ސަލަފް ރިހުލާ ޕްރޮގްރާމުގެ ޕޯސްޓަރެއް
ހަބަރު
05 Sep 2022 | 22:27
ޖަމްޢިއްޔަތުއްސަލަފުގެ ރިޙުލާ މިފަހަރު ރ.އަތޮޅުގައި

ދީނީ ހޭލުންތެރިކުރުމުގެ ޙަރަކާތްތަކުގެތެރެއިން ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ހިންގާ އެންމެ ބޮޑު އެއް ޙަރަކާތްކަމުގައިވާ "ސަލަފްރިޙްލާ" މިފަހަރު ރ.އަތޮޅުގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ދަޢުވާ ކޯޑިނޭޓަރު އައްޝައިޚް މުޖްތަބާ ޙަމީދު ވިދާޅުވި ގޮތުގައި ރ. އަތޮޅުގައި އެ ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ރާވާފައިަނީ އޮކްތޯބަރު މަހުގެ 6 ވަނަ ދުވަހުން 9 ވަނަ ދުވަހުގެ ނިޔަލަށެވެ. 

ދަތުރާއި ގުޅޭގޮތުން އިތުރު މައުލޫމާތު ދެއްވަމުން ޝެއިޚް މުޖްތަބާ ވިދާޅުވީ އެ ޕްރޮގްރާމު ރ. އަތޮޅުގައި ކުރިއަށް ގެންދިއުމަށް އެ އަތޮޅުގެ ކައުންސިލް އިދާރާއި މަދަނީ ޖަމުއިއްޔާތަކާއި މަޝްވަރާތައް ކުރެވިފައިވާކަމަށެވެ.

އެގޮތުން ރަށްރަށުގެ ފޯކަލް ޕޮއިންޓުތައް އައްޔަން ކުރެވިފައިވާކަމަށާއި މި ދަތުރުގައި ބައިވެރިވާނެ އިލްމުވެރިންވެސް ހަމަޖެހިފައިވާކަމަށް ޝެއިޚް ވިދާޅުވިއެވެ. އަދި އެކަން ފާހަގަކުރައްވާ ޝެއިޚު އިތުރަށް ވިދާޅުވީ ޕްރޮގްރާމަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް ތައްޔާރަށް ތިއްބިވެިކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.   

"ސަލަފްރިޙްލާ 2022 މި އަންނަ އޮކްޓޯބަރ މަހުގެ 6 ން 9 ށް ރ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށް ގެންދިޔުމުގެ މަޝްވަރާތައް އެއަތޮޅު ކައުންސިލާއި ރަށްރަށުގެ މަދަނީ ޖަމްޢިއްޔާތަކާއި އެކު މިހާރު ވަނީ ފެށިފަ. އިންޝާﷲ އޮކްޓޯބަރ މަހުގެ ފުރަތަމަ ހަފްތާތެރޭގައި ރިޙްލާ ބޭއްވޭތޯ މިދަނީ މަސައްކަތް ކުރަމުން. މިހާރު ރަށްރަށުގެ ފޯކަލް ޕޮއިންޓްތަކާއި ރިޙްލާގައި ބައިވެރިވާނެ ޢިލްމުވެރިންވަނީ ހަމަޖެހިފަ. އަދި އަތޮޅުކައުންސިލުންވެސް މިކަމުގައި އެއްބާރުލުންދެއްވާގޮތަށް އޮތީ. އުއްމީދަކީ އަޅުގަނޑުމެން ކަނޑައަޅާފައިވާ ތާރިޚުގައި މި ރިހްލާ ކުރިއަށްދިއުން" ޝައިޚް މުޖުތަބާ ވިދާޅުވިއެވެ.

ސަލަފު ރިޙްލާ އަކީ ދީނީ ޢިލްމުވެރިންނާއި ރާއްޖޭގެ ފާހަގަކުރެވޭ ޑޮކްޓަރުންނާއި އަދި އެކިއެކި ފަންނުތަކުގެ ތަޖުރިބާކާރު މާހިރުން ބައިވެރިވެގެން މުޅި އަތޮޅަށް ހުޅުވާލެވިގެން ބާއްވަމުން އަންނަ ދިނީ، ސީއްޙީ އަދި އިޖްތިމާޢީ ހޭލުންތެރިކަމުގެ ޕްރޮގްރާމެކެވެ.

2009 ވަނަ އަހަރު ފެށި މި ޕްރޮގްރާމު މިހާތަނަށް ރާއްޖޭގެ ފަސް އަތޮޅެއްގައިވަނީ ކުރިއަށް ގެންގޮސްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Aug 2026
ނޭޕާލްގައި ހިނގި ފްލޭޝް ފްލަޑް ކާރިސާގައި ދިވެއްސަކަށް ގެއްލުމެއް ނުވޭ، 10 ގައުމެއްގެ 500 މީހަކު ގެއްލުނު
ފޮރިން މިނިސްޓްރީން މިރޭ ބުނީ އެ މިނިސްޓަރީން ގެންދަނީ އެކަން މޮނިޓަރ ކުރަމުން ކަމަށެވެ. އަދި ކާރިސާ ދިމާވި ސަރަހައްދުގައި އެއްވެސް ދިވެހި ރައްޔިތަކު ހުރިކަމަކަށް މިނިސްޓްރިއަށް އެއްވެސް ރިޕޯޓެއް ލިބިފައެއް ނުވާ ކަމަށެވެ
27 Aug 2026
ރައީސާ ބައްދަލުވުމުގެ ފުރުސަތު؛ އިތުރު 8 ދާއިރާއެއްގެ ރައްޔިތުންނަށް ހުޅުވާލައިފި
ހުޅުވައިލީ ހެންވޭރު އުތުރު ދާއިރާ އާއި މިލަންދޫ ދާއިރާ އާއި ވެލިދޫ ދާއިރާ އާއި ތުޅާދޫ ދާއިރާ އާއި ފެލިދޫ ދާއިރާ އާއި މުލަކު ދާއިރާ އާއި ނިލަންދޫ ދާއިރާގެ އިތުރަށް ގުރައިދޫ ދާއިރާގެ ރައްޔިތުންނަށެވެ
27 Aug 2026
ހަނދުގައި ފެން ހުރިތޯ ބަލަން ފޮނުވާ މިޝަން ޗައިނާއިން ފަސްކޮށްފި
27 Aug 2026
ތިނަދޫގެ އާބާދީ އޮޅުވައިލި މައްސަލަ: ޕީޖީއަށް ބަލައިގަނެ ދިރާސާކުރަނީ
ޕީޖީން ބުނީ ދަޢުވާކުރުމާމެދު ގޮތެއް ނިންމުމަށްޓަކައި މައްސަލަ ދިރާސާކުރަމުންދާ ކަމަށެވެ. މައްސަލާގައި އަޅާ ފިޔަވަޅުތައް ހާމަކުރަމުންދާނެ ކަމަަށް ވެސް ބުންޏެވެ
27 Aug 2026
މިދިޔަ އަހަރު ނިމުނުއިރު ޓޫރިޒަމް ޓްރަސްޓް ފަންޑުގައި 149.2 މިލިއަން ރުފިޔާ
އޮޑިޓް ރިޕޯޓުން ދައްކާގޮތުގައި މޯލްޑިވްސް ޓޫރިޒަމް ޓްރަސްޓް ފަންޑުން ހޭދަކޮށްފައިވަނީ އޮންނަ އުސޫލުގެ މަތިންނެވެ. އެގޮތުން ހަރަދު ކުރުމުގައި މައްސަލައެއް ނެތްކަން އޮޑިޓަރުގެ ރިޕޯޓުން ފާހަގަވެއެވެ
27 Aug 2026
ޕާކިސްތާނުގައި އަނެއްކާވެސް ހަމަލާދީ ބަޔަކު މަރާލައިފި، ހަމަލާތައް އިތުރުވަނީ
މި ހަމަލާ ދިން މީހުން ހޯދުމަށް ސަލާމަތީ ބާރުތަކުން މިހާރު ވަނީ ޚާއްޞަ އޮޕަރޭޝަނެއް ފަށާފައެވެ.
27 Aug 2026
ތިނަދޫ އާބާދީ އޮޅުވާލި ކަމުގެ ތުހުމަތުގައި ދައުވާކުރުމަށް ޕީޖީއަށް ފޮނުވައިފި
ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުالله ހިލްމީ 2024 ވަނަ އަހަރު މި މައްސަލަ މަޖިލީހަށާއި ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ވަނީ ހުށަހަޅުއްވާފައެވެ. އޭނާ ވިދާޅުވެފައިވާގޮތުން ތިނަދޫގެ އާބާދީގައި 10150 މީހުން ހަމަވާ ކަމަށް ބުނެފައިވަނީ އޮޅުވާލައިގެންނެވެ.
27 Aug 2026
އެމްޑީޕީގެ ނައިބު ރައީސް ކަމުގެ މަގާމުން ހިސާން އިސްތިއުފާ ދެއްވައިފި
ހިސާންގެ އިސްތިއުފާ ސިޓީގައި ވިދާޅުވެފައިވާ ގޮތުގައި އައު މެންޑޭޓެއް ނެތި ނައިބު ރައީސްގެ މަގާމުގައި ދެމިހުންނެވުމަކީ ޑިމޮކްރަސީގެ އަސާސްތަކާ ފުށުއަރާ ކަމެއް ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.