އަސްލަމް މަޖިލީހުގެ ކޮމެޓީއެއްގައި ވާހަކަދައްކަވަނީ.. ފޮޓޯ: މަޖިލިސް
ހަބަރު
07 Sep 2022 | 15:54
ފެންނަމުން ދަނީ ފެނަކައާއި ސްޓެލްކޯ ދަރަމުންދާ މަންޒަރު: އަސްލަމް

ސަރުކާރުގެ ދެ ކުންފުނިކަމަށްވާ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން(އެސްޓީއޯ) އާއި ފެނަކަ ކޯޕަރޭޝަން ކުންފުނި ދަރަމުންދާ މަންޒަރު ފެންނަމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮންނަ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ޕީޖީ ލީޑަރު އަދި އައްޑޫ ހިތަދޫ ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. 

އަސްލަމު މިފަދައިން ވިދާޅުވެފައިވަނީ ސްޓެލްކޯ އަދި ފެނަކައިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން ގެންދާ މާލެއާއި، ރަށްރަށާއި ދެމެދު ވިޔަފާރިތަކަށް ބިލުކުރަމުން ގެންދާ ރޭޓާއި، ބޭންޑުކުރުމުގައި ތަފާތުކުރުންތައް ގެންގުޅޭތީ އެ ކަމުން ރަށްފުށުގެ ކުދި ވިޔަފާރީތައް ހިންގާ ފަރާތްތަކުގެ ވިޔަފާރީއަށާއި އެ ފަރާތްތަކަށް ބޮޑެތި ގެއްލުންތައް ވަމުންދާކަމުގެ ކަންބޮޑުވުންތައް އެފަރާތްތަކުން ފާޅުކުރަމުން ގެންދާކަން ބަޔާންކޮށް ހުށަހަޅާފައިވާ ގަރާރަށް ވާހަކަ ދައްކަވަމުންނެވެ. 

އޭނާ ވަނީ 2020 ވަނަ އަހަރުގެ ތަފާސް ހިސާބުތަކުގެ އަލީގައި ފެނަކަ އާއި ސްޓެލްކޯގެ ދަރަނި އިތުރުވަމުންދާކަން ހާމަކުރައްވާފައެވެ. އަދި ވިދާޅުވީ މިހާރު އެ ދެ ކުންފުނި ދަރާފައިވާ މިންވަރަށް ބަލާއިރު، ސްޓެލްކޯގެ ދަރަނި ދައްކަން 30 އަހަރު، އަދި ފެނަކައިގެ ދަރަނި ދައްކަން 20 އަހަރު ނަގާނެ ކަމަށެވެ.

"2020 ވަނަ އަހަރު ސްޓެލްކޯގެ ހިސާބުތަކަށް ބަލާއިރު 2 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި މި ލިބެނީ. ޓެކްސް ކަނޑާފައި 130 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ފެންނަން އޮންނަނީ. މިހެން މިކަން އޮތް އިރު، އެތަނުގެ ދަރަނި، ޓޯޓަލް ލައިބިލިޓީއޭ މިކިޔާ ބައި 3.9 ބިލިއަން ރުފިޔާގައި. 130 މިލިއަން ރުފިޔާއިން މި ދެންނެވި ދަރަނި ދެއްކޭނީ 30 އަހަރުން. ފެނަކަ ކުންފުންޏަށް ބަލާއިރު ފެނަކަ ކުންފުނިން އަހަރަކު ރެވެނިއުގެ ގޮތުގައި ލިބޭ ކަމަށް ބަޔާންކޮށްފައި މިވަނީ 1.7 ބިލިއަން ރުފިޔާ. ޓެކްސް ކަނޑާފައި ފައިދާގެ ގޮތުގައި އަހަރަކު 65 މިލިއަން ރުފިޔާ ލިބޭއިރު އެތަނުގެ ޖުމްލަ ދަރަނި 1.3 ބިލިއަން ރުފިޔާގައި. އެ ދަރަނި އެ ކުންފުނިން ދައްކާނަމަ 20 އަހަރުން އެ ދަރަނި އެ ކުންފުންޏަށް ދެއްކޭނީ" އަސްލަމް ވިދާޅުވިއެވެ. 

އަސްލަމްގެ ވާހަކައިގައި ވަނީ ސަރުކާރުގެ ބޮޑު ދެކުންފުނި ދަރަމުންދާ މަންޒަރު ފެންނަމުންދާކަން ފާހަގަކުރައްވާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.