ހަބަރު
07 Sep 2022 | 22:12
ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ސައުދުﷲ

ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.

އެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވަނީ ކުރިން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ ޗެއާމަނުގެ މަޤާމުގައި ހުންނެވި ސައުދުﷲ އަލީއެވެ. ނަމަވެސް ވަކި ހިސާބަކުން އެ ކުންފުނި އުވައިލުމުން ދެން އޭނާ ހުންނެވީ ރީޖަނަލް އެއާޕޯޓްސްގެ ރީޖަނަލް ޑައިރެކްޓަރުގެ މަގާމުގަ އެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ޖީއެމްއައިޒެޑްއެލްގެ ޗެއާމަންގެ މަގާމުގައި ސައުދުﷲ ހުންނެވި ދުވަސްވަރު އެ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަދި ޓޫރިޒަމް މިނިސްޓްރީގެ މިހާރުގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ) ހިންގި ކަމަށް ބުނާ ކޮރަޕްޝަނާއި ބައެއް އެހެން ކަންކަމާ މެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ސަބަބުން އެބޭފުޅާ ވަނީ އިސްތިއުފާ ދެއްވާފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގައި ސައުދުﷲ އާ އެކު މިހާރު ހަތަރު ޑެޕިއުޓީ މިނިސްޓަރުން ތިއްބަވަ އެވެ. އެއީ ހިދާޔާ ނަސީރާއި ހަމަދު އަބްދުލް ޣަނީ އަދި ޝިމާޒް އަލީ އެވެ. ސްޓޭޓް މިނިސްޓަރުންނަށް ތިއްބެވީ ދެ ބޭފުޅެކެވެ. އެއީ އަހުމަދު ޒުހައިރާއި އަހުމަދު އަފްޒަލް އިބްރާހިމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
31 Jul 2026
މޮރޯކޯއިން އެތައްހާސް ރެފިއުޖީންނެއް ސްޕެއިންގެ ސެއުޓާއަށް ވަދެގަނެއްޖެ
ސެއުޓާ ސަރަހައްދުގެ ކަމާބެހޭ ފަރާތްތަކުން އިންޒާރު ދޭ ގޮތުގައި ހިޖުރަވެރިން ބަލައިގަންނަ ނިޒާމަށް މިހާރު ވަނީ އޮބިނޯންނަ ވަރަށް ބާރުބޮޑުވެފައެވެ.
31 Jul 2026
އެސްޓީއޯ ޓަވަރު އެޕާޓްމަންޓުގައި އަލިފާނުގެ ހާދިސާ ހިނގީ އެގްޒޯސްޓެއްގައި ރޯވެގެން
މިހާދިސާގެ ސަބަބުން ފާޚާނާގެ ސީލިންގަށް ގެއްލުންތަކެއް ލިބިފައިވީނަމަވެސް އެއްވެސް މީހަކަށް އަދި އިތުރު އެއްްޗަކަށްވެސް ގެއްލުމެއް ލިބިފައެއްނުވާކަމަށް ޑިޒާސްޓާއިން ބުންޏެވެ
31 Jul 2026
މޫސުން ރަނގަޅެއް ނުވޭ؛ ރީނދޫ ސަމާލު ދަންމާލައިފި
މެޓް އޮފީހުން ބުނި ގޮތުގައި، މި ވަގުތުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިގަދަވާނެއެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށްގަދަވާނެއެވެ.
31 Jul 2026
މޫސުން ގޯސްވެ، ކަނޑުމަތީގެ ހާދިސާތައް އިތުރުވަމުންދާތީ ފުލުހުންގެ އިލްތިމާސެއް
މޫސުން މިގޮތަށް ހުރުމުގެ ސަބަބުން ކަނޑުމަތީގެ ތަފާތު ހާދިސާތައް ހިނގަމުންދާތީ، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، މޫސުން ގޯސްނަމަ ދަތުރު ނުކުރުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތަކުގައި ސަލާމަތީ ހުރިހާ ފިޔަވަޅުތަކެއް ފުރިހަމަކުރުމަށާއި، ދަތުރުގެ ތަފުސީލު ކަމާބެހޭ އިދާރާތަކާ ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
31 Jul 2026
ގަދަވަޔާއެކު ވެއްޓިފައިވާ ގަސްތައް އެޗްޑީސީން ނަގަން ފަށައިފި
އާންމު ރައްޔިތުން މަގުމައްޗަށް ނިކުމެ އުޅޭއިރު، މޫސުމަށް ސަމާލުވުމަށާއި، ހުޅުމާލޭގައި މޫސުން ގޯސްވުމުގެ ސަބަބުން އެއްވެސް އެހީތެރިކަމެއް ނުވަތަ ކުއްލި ހާލަތެއް ދިމާވެއްޖެނަމަ، ލަސްނުކުރައްވައި އެޗްޑީސީގެ ކޯލް ސެންޓަރު 1516 އަށް ގުޅުއްވުމަށް އެ ކޯޕަރޭޝަނުން އެދެއެވެ.
31 Jul 2026
އީމާންވެ ހެއު ޢަމަލުކުޅަ މީހުންނަށް، ޤިޔާމަތް ދުވަހުގައި ބިރެއް ނެތް: ޚުތުބާ
ޤިޔާމަތްދުވަހުގެ ބިރުވެރިކަމާއި އެދުވަހުގެ ނާމާންކަމުން ސަލާމަތްވުމަށް އޮތް މަގަކީ އީމާންވެ ހެއު ޢަމަލުކުރުންކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
31 Jul 2026
ފާއިތުވި 24 ގަޑިއިރުތެރޭ އެންމެ ގިނަ ވާރޭ ދަރަވަންދޫއަށް
މެޓް އޮފީހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އިއްޔެ ހެނދުނު 08:00 އިން މިއަދު ހެނދުނު 08:00 އާ ހަމައަށް އެންމެ ގިނަ އަދަދަކަށް ވާރޭ ވެހިފައިވަނީ ބ. ދަރަވަންދޫ އަދި ހުޅުމާލެއަށެވެ. މި ދެ ސަރަހައްދަށް 84 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރިކޯޑުކުރެވިފައިވެއެވެ.
31 Jul 2026
ތިލަފުށިން ފުރި ލޭންޑިން ކްރާފްޓެއް އަޑިއަށް ގޮސް ދެ މީހަކު ގެއްލިއްޖެ
މިއަދު ހެނދުނު 8:48 ހާއިރު ފުލުހުންނަށް ރިޕޯޓު ކުރެވުނު މި ހާދިސާ ހިނގި ވަގުތު އެ ލޭންޑިން ކްރާފްޓުގައި ޖުމްލަ 10 މީހުން ދަތުރުކުރަމުން ދިޔަ ކަމަށް ފުލުހުން ބުނެއެވެ. އެ މީހުންގެ ތެރެއިން އަށް މީހަކު މިހާރު ވަނީ ފެނިފައެވެ. ނަމަވެސް ބާކީ ތިބި ދެ މީހުން އަދިވެސް ނުފެންނާތީ އެ ދެ މީހުން ހޯދުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް އެބަ ގެންދެއެވެ.