ހަބަރު
07 Sep 2022 | 22:14
ދަރަންޏަށް ލުއި ހޯދަން ގައުމުތަކާ މަޝްވަރާކުރުމުގެ ވިސްނުން އަދި ނެތް: އަމީރު

ދަރަންޏަށް ލުއި ހޯދަން އެހެން ގައުމުތަކާ މަޝްވަރާކުރުމުގެ ވިސްނުމެއް ނެތް ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުޅުދުއްފުށީ އުތުުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއް ލަތީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ޔާސިރު ވަނީ ރާއްޖެއިން ދަރަނި ނަގާފައިވާ ގައުމުތަކަށް ދަރަނި ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދަން މަޝްވަރާކުރަމުންދޭތޯ މިނިސްޓަރާއި ސުވާލު ކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ، ދުނިޔޭގެ އިޤުތިސާދީ ޙާލަތާ ގުޅިގެން ރާއްޖޭގެ ޚަރަދުތައް ކުޑަކުރުމަށް މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށެވެ. އެގޮތުން ރާއްޖެއަކީ ޒަމާނުއްސުރެއް ބަރާބަރަށް ދަރަނި އަދާކުރަމުން އަންނަ ގައުމެއް ކަން ފާހަގަކުރައްވާ އަމީރު ވިދާޅުވީ އެއްވެސް އިރެއްގައި ދަރަނި ނުދެއްކިފައި ނެތް ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައިވެސް ރާއްޖެ ޑިފޯލްޓް ވާނެ ހާލަތެއް އަންނާނެ ކަމަށް އަންދާޒާ ނުކުރެއްވޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ކުރިއަށް އޮތް ތާނގައި ވެސް އަޅުގަނޑުމެން ޑިފޯލްޓްވާނެ ހާލަތެއް އަންނާނެކަމަށް އަޅުގަނޑުމެންނަށް އަންދާޒާއެއް ނުކުރެވޭ. އެހެންވީމާ ދަރަންޏަށް ލުއި ގޮތްތައް ހޯދުމަށްޓަކައި އެކިއެކި ފަރާތްތަކާއި ވާހަކަ ދައްކެމުގެ ވިސްނުމެއް އަދި އަޅުގަނޑުމެންގެ ނުގެންގުޅެން" މިނިސްޓަރ އަމީރު ވިދާޅުވި އެވެ.

އަމީރު މިހެން ވިދާޅުވި އިރު ރާއްޖޭގެ ދަރަނި މަތިވެ ދަރަނިވެރި ވެދާނެ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިދާނެ ކަމަށް ދުނިޔޭގެ މާލީ ބޮޑެތި އިންސްޓްޓިއުޝަންތަކުން ވަނީ ބުނެފަ އެވެ. އެގޮތުން ލޯނުތަކަށް ދައްކަން އޮތް ބޭރުގެ ދަރަނީގެ އަދަދު 94.35 މިލިއަން ޑޮލަރަށް އަރާ ކަމަށް ސަރުކާރުން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ
08 Sep 2026
ފިޒިއޮތެރަޕީގެ ދާއިރާ ކުރިއެރުވުމަށް އެމްއެންޔޫ އާއި އެމްޕީއޭ ދެމެދު އެމްއޯޔޫއެއް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް ފިޒިއޮތެރަޕީ އެސޯސިއޭޝަން (އެމްޕީއޭ) އާ ދެމެދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހާ ގުޅުވައިގެން، މިއަދުއެވެ.