Advertisement

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާންގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން މިއަދު 1:00ގައި

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދުގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން މިއަދު ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މި ބައްދަލުކުރެއްވުން އޮންނާނީ މިއަދު މެންދުރު 1:00 ގައި ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

މިއީ މިއުވާން މި މަގާމާއި ހަވާލުވެވަޑައިގެންނެވި ފަހުން ބާއްވާ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމެވެ. އޭނާ މަގާމާއި ހަވާލުވީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ.

މި ބައްދަލުވުމުގައި މިވަގުތު ރާއްޖޭގައި ހިނގަމުންދާ ކަންކަމާއި ގުޅޭގޮތުން ނޫސްވެރިން ކުރަން ބޭނުންވާ ސުވާލުތައް ކުރުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވެ އެވެ.

Advertisement

ކޮމެންޓް