މިނީ ބަސް މާލެ ގެ މަގުމަތީ---ފޮޓޯ: ވޮއިސް
ރިޕޯޓް
08 Sep 2022 | 11:39
މިނީބަހުން ހިތްފަސޭހަކަން ލިބޭނީ ރަނގަޅަށް ޓްރެފިކް ބެލެހެއްޓިގެން!

ތޮއްޖެހިފައިވާ މާލޭއަށް ތައާރަފު ކުރި މިނީ ބަސްތަކަކީ އެތެރޭގެ ދަތުރުތަކަަށް ލިބުނު ބޮޑު ފަސޭހައެކެވެ. ލުއިފަސޭހަކަމާއެކު އޮތް ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތަކީ ރައްޔިތުންގެ ޖީބުތަކަށްވެސް ލިއުކަން ގެނެސްދޭނެ ޚިދުމަތެކެވެ.

ޓެކްސީހޯދަން ކުރަން ޖެހޭ މަސައްކަތްތަކަށްވެސް ނިމުން އައީއެވެ. ޓެކްސީ ދަތުރުތަކަށް ކުރާ ބޮޑު ޚަރަދުވެސް ދެން ކުރަން ނުޖެހި ފަރުޖެހުނީއެވެ. އޭސީ ބަސްތަކުގައި ދަރިން ގޮވައިގެން ސުކޫލުތަކާއި ޓިއުޝަންތަކަށް ދިއުމުގެ ފުރުސަތު ލިބުމަކީ ބެލެނިވެރިންނަށް ލިބިގެންދިޔަ ކުޑަ ފަސޭހައެއް ނޫނެވެ. ބޭރަށް ނުނިކުމެވި ގެތަކުގައި ތިބެން ޖެހިފައިވާ ދޮށީ އުުމުރުގެ މީހުންނަށްވެސް މިނީ ބަހުގެ ޚިދުމަތަކީ އުފާވެރި ޚަބަރެކެވެ. ދަރިންނަށް ވަގުތުވަންދެން މިހާރު މަޑުކުރާކަށް ނުޖެހޭނެއެވެ. ގޭދޮށަށް ކައިރިކުރާ މިނީ ބަހަށް އަރައިގެން ރަސްފަންނަށް ގޮސް ހިތްހަމަޖައްސާލާ، ފިނިވައި ޖައްސާލައިގެން އަނބުރާ ގެއަށް އާދެވޭނެއެވެ. މިފަދަ އެތައް ފަސޭހައެއް މި ކުދި ކުދި ބަސްތަކާއެކު މާލޭގެ ރައްޔިތުންނަށް ގެނެސްދީފިއެވެ. 

މާލޭގައި އަލުން ބަހުގެ ޚިދުމަތް ފަށާފައިވަނީ 11 އަހަރުގެ މެދުކެނޑުމަކަށްފަހުގައެވެ. ޚިދުމަތް ފަށާފައި އަލުން ހުއްޓާލަން ޖެހުމަކީ ރައްޔިތުންނަށް ލިބުނު ލުއިފަސޭހަކަމަށް ނިމުންގެނުވާނެ ކަމެކެވެ. އެހެންކަމުން ބަސްތައް ހުއްޓުނަ ނުދީ، ދެމެހެއްޓެނިވި ގޮތެއްގައި މި ޚިދުމަތް ފޯރުކޮށްދިނުން ކޮންމެހެން ވާނި ކޮންމެހެން ބޭނުންތެރިކަމަކަށެވެ. 

އެެހެން ނަމަވެސް މާލެ އޮތީ ތޮއްޖެހިފައެވެ. މަގުތައްވެސް އޮތީ ފުރިބާރުވެފައެވެ. މާލެއަކީ ނިސްބަތުން ރާއްޖޭގައި އެންމެ ގިނަ އުޅަނދު އެއްރަށެއްގައި ދުއްވާ ރަށެވެ. އެއާއެކު ކާރުބާރު ބޮޑު މަގުތަކަށް ތައާރަފުކުރި މިނީބަހުގެ ފްލީޓާއެކު މަގުތައް އިތުރަށް ތޮއްޖެހިގެންދާނެއެވެ. އެހިސާބުން މިނީ ބަހުގެ ހަގީގީ ފޮނި މީރުކަމާއި، ލުއިފަސޭހަކަމުގެ އިހުސާސް ކުރަން އެ ޚިދުމަތް ހޯދާ ފަރާތްތަކަށް ދަތިވާނެއެވެ. 

ގަޑިއަށް ނުދެވުމާއި، ޓްރެފިކުގައި ޖެހިގެން އޮންނަން ޖެހުމުގެ ސަބަބުން މިނީ ބަހުގެ ޚިދުމަތް ކުރާ ފަރާތްތަކަށް އެއީ ތަކުލީފަކަށް ވުމަކީވެސް އެކަށީގެންވާކަމެކެވެ. 

މިކަން މިހެން ވިޔަނުދިނުމަށް އެންމެ މުހިންމީ މަގުތަކުގެ ޓްރެފިކް ކޮންޓްރޯލުކުރުމެވެ. މަގުތަށް ތޮއްޖެހުނަ ނުދީ، ޓްރެފިކް މައްސަލަތަކަށް އަވަސް ހައްލުތަކެއް ލިބިގެންދިއުމެވެ. 

ދުނިޔޭގެ ގައުމުތަކުގައި ކަން ހިނގާ ގޮތަށް ބަލާއިރު، ވަރަށް ގިނަ ސިޓީތަކުގައި މަގުމަތީގެ ޓްރެފިކް ބަލަހައްޓަމުން ދަނީ ޓްރެފިކް ފުލުހުންނެވެ. ދުއްވާއެއްޗެހި މަގުތަކުގައި ދުއްވާއިރު، ގަވައިދާއި އެއްގޮތަށް ދުއްވާކަން ކަށަވަރުކުރުމަށް، އަދި ތޮއްޖެހުނަ ނުދީ ޓްރެފިކް ބެލެހެއްޓުމަށް، މަގުތަކުގައި ޓްރފިކް ފުލުހުން ހަރަކާތްތެރިވެއެވެ.

އެހެން ނަމަވެސް ރާއްޖޭގައި ޓްރެފިކް ފުލުހުންގެ ބޭނުން ހިފަމުންދަނީ އެންމެ އެދެވޭ ގޮތަށްކަމަށް ދެންނެވޭކަށް ނެތެވެ. އާންމު އުސޫލެއްގެ ގޮތުން ޓްރެފިކް ފުލުހުންގެ މައިގަނޑު މަސައްކަތަކަށް ވެފައި އޮންނަނީ ސައިކަލުތައް ޖޫރިމަނާކުރުމެވެ. ލައިސެންސު ޗެކު ކުރުމާއި، އުޅަނދުތަކުގައި ފުރިހަމަވާން ޖެހޭ ކަންކަން ބަލާ ފާސްކުރުމެވެ. އަދި ގަވައިދާއި ޚިލާފުވާ ފަރާތްތައް ޖޫރިމަނާކުރުމެވެ. 

ފަހަރެއްގައިވެސް މިއީ ކުރަން ނުޖެހޭ ކަމެއްކަމުގައި ދަންނަވަނީއެއް ނޫނެވެ. އެހެން ނަމަވެސް، އާންމުކޮށް ޓްރފިކް ބާރުބޮޑުވާ ސަރަހައްދުތަކާއި، ގަޑިތަކުގައި ޓްރެފިކް ފުލުހުން ނުތިބޭ މައްސަލަ ފާހަގަކުރެވެއެވެ. މަގުތައް ތޮއްޖެހި ބާރު ބޮޑުވެ، އެތައް އިރެއްވާއިރުވެސް އެ މައްސަލަތައް ހައްލުކުރުމަށް ފުލުހުން އެޓެންޑު ނުވާކަންވެސް ފާހަގަކުރެވެއެވެ. 

މާލެއަށް ތައާރަފްކުރެވޭނެ މިނީ ބަހާއެކު މަގުތައް ތޮއްޖެހުމުގެ ފުރުސަތު އޮތް އިރު އެކަމަށް އޮތް ފަރުވާއަކީވެސް މިހާރަށްވުރެ ބޮޑަށް ޓްރެފިކް ފުލުހުންގެ ދައުރު ފުޅާކުރުމެވެ. މިނީ ބަސް ތައާރަފްކުރުމާއެކު، އެ ބަސްތަކަށް ފުރައްސާރަކުރުމުގެ މައްސަލަތަކެއްވެސް ފެންމަތިވެގެން ދިޔައެވެ. ބަސްތަކަށް ދަތިވާގޮތަށް ބައެއް ކާރުތަކާއި ސައިކަލުތައް ދުއްވަމުން ދިއުމާއި ގުޅިގެން ފުލުހުން ވަނީ އެފަދައިން އަމަލުކުރާ ފަރާތްތަކާއި މެދު ފިޔަވަޅުއަޅާނެކަމުގެ އިންޒާރުވެސް ދީފައެވެ.

އެހެން ނަމަވެސް، އިންޒާރަކީ އެ މައްސަލައަށް އޮތް ދާއިމީ ހައްލެއް ނޫނެވެ. އެކަން ހައްލުކުރެވޭނީ ޓްރެފިކް ފުލުހުން މަގުތަކުގައި ހަރަކާތްތެރިވާ މިންވަރު އިތުރުކޮށްގެންނެވެ. ޓްރެފިކް ކޮންޓްރޯލުކުރުމަށް ފުލުހުން ކުރާ މަސައްކަތްތައް އިތުރުކޮށްގެންނެވެ. މަގުތައް ބެލެހެއްޓުމަށް އެކި ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުކުރެވިގެންނެވެ. 

މިނީ ބަހުގެ ފޮނިމީރުކަން ޓްރފިކް ކޮންޓްރޯލު ނުކުރެވި ނުލިބޭނެކަން ޔަގީނެވެ. ބަހުގެ ލުއިފަސޭކަން ރައްޔިތުންނަށް ލިބޭނީ ޓްރިފިކް ކޮންޓްރޯލުކުރެވިފައިވާ މަގުތަކަށް މާލޭގެ މަގުތައް ބަދަލުކުރެވިގެންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Aug 2026
ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުމަށް ޔޫއެފާއިން ބަދަލެއް ނުގެނައި
ފީފާގެ ވިޔަފާރި ޕްލޭން އަނބުރާ ގެންދިޔަ ނަމަވެސް، ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުން ދެމެހެއްޓުމަށް ޔުއެފާއިން ނިންމައި، އިންފަންޓީނޯގެ ރައީސް ކަމާ މެދު އިތުބާރު ނެތްކަން ހާމަކޮށްފި.
07 Aug 2026
ހޫތީންގެ ވަރުގަދަ ހަމަލާއެއް ސައުދީއަށް؛ 11 މީހަކު ޒަޚަމްވި
ޔަމަނުގެ ހޫތީން ސައޫދީ އަރަބިއްޔާގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ނަޖްރާންއަށް ދިން ހަމަލާތަކެއްގައި 11 އާންމުން ޒަޚަމްވެފައިވާ ކަމަށް ސައޫދީ އިސްވެ އޮންނަ ކޯލިޝަނުން ހާމަކޮށްފިއެވެ.
07 Aug 2026
ގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި؛ އަދިވެސް ނުފެނޭ
ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަނިކޮށް އަޑިއަށްދިޔަ "ފްރެންޑް 4" ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް، އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގާ އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ހާމަކޮށްފިއެވެ.
06 Aug 2026
ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި
އޭނާ ހައްޔަރުކޮށްފައިވަނީ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި މި އޮގަސްޓު މަހުގެ 5 ވަނަ ދުވަހު ކޯޓުއަމުރެއްގެ ދަށުންނެވެ.
06 Aug 2026
ދައުރުވާ ދިވެހި ފައިސާ މަދުކުރުމަށް މަރުކަޒީ ބޭންކުން އިތުރު ފިޔަވަޅެއް އަޅައިފި
އެމްއެމްއޭއިން ބުނީ މިދޔަ އަހަރުގެ ޖުލައިމަހު އޯޕަންމާކެޓް އޮޕަރޭޝަން އަލުން ފެށި ފަހުން ބޭންކިން ނިޒާމުގައި ހުރި ރުފިޔާގެ ޒާއިދު ލިކުއިޑިޓީގެ ތެރެއިން އެވެރެޖްކޮށް 2.7 ބިލިއަން ރުފިޔާ މިހިނގާ އަހަރުގެ ޖުލައިގެ ނިޔަލަށް ނެގިފައިވާކަމަށެވެ.
06 Aug 2026
ކަޕްވިނާސް ކަޕްގެ ފައިނަލަށް ނިއުރޭޑިއަންޓާއި މާޒިޔާ
ފައިނަލް މެޗްގެ ކުރިން މި މުބާރާތުަގައި މި ދެޓީމް ބައްދަލުކުރާ މެޗް އޮންނާނީ މިމަހުގެ މިމަހުގެ 15 ވަނަ ދުވަހެވެ
06 Aug 2026
ފޭސް ދޭއްގައި ހިންދޫންގެ އަޅުކަން ކުރި އަންހެން މީހާ ހައްޔަރު ކޮށްފި
ފުލުހުން ބުނި ގޮތުގައި އުމުރުން 44 އަހަރުގެ އެ އަންހެން މީހާ އަކީ ރާއްޖޭގައި ގަވާއިދާ ހިލާދަށް އުޅެމުންދިޔަ މީހެކެވެ. ރާއްޖެ އައީ 2024 ވަނަ އަހަރު އެވެ.
06 Aug 2026
މާޒިޔާ ކަޕްވިނާސްކަޕް ފައިނަލާ ގާތަށް ޖެހިލައިފި
ކަޕްވިނާސް ކަޕްގައި މިރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، އޮޑި ބައްދަލުކުރާ މެޗް އެއްވަރުވުން ނުވަތަ ނިއު ބަލިވެއްޖެނަމަ މާޒިޔާއަށް ފައިނަލިގެ ޖާގައެއް ކަށަވަރުވާނެއެވެ