08 Sep 2022 | 22:50
އެއްވެސް ސަރުކާރެއް ވައްޓާލަން މަސައްކަތް ނުކުރަން: ޗަމްޕާ މުހައްމަދު

އެއްވެސް ސަރުުކާރެއް ވައްޓާލަން އެއްވެސް އިރެއްގައި މަސައްކަތް ކުރައްވާފައިނުވާނެ ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ވިދާޅުވެއްޖެެއެެވެ.

ދައުލަތުގެ މީޑިޔާ، ޓީވީއެމްގެ "ރަންއަކުރު" ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ވިދާޅުވީ ސަރުކާރެއް ވައްޓާލުމަށް މަސައްކަތް ކުރަށްވާފައިނުވާނެ ކަމަށެވެ. އެހެން ނަމަވެސް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބަލިކުރައްވާ ވެރިކަމަށް ވަޑައިގަތުމުން ދެ ބޭފުޅަކަށް އިނާމެއް ދެއްވިކަމަށް އުއްޗު ވިދާޅުވިއެވެ.

އުއްޗު ވިދާޅުވީ ދިޓީވީ ހިނގަމުންދަނިކޮށް އޭރުގެ ރައީސް އަލްއުސްތާޒު މައުމޫނު އަބުދުލްގައްޔޫމުގެ ސަރުކާރު ވައްޓާލަން ބަޔަކު އުޅުނު ދުވަސްވަރެއް އައި ކަމަށާއި، އަދި އެމަނިކުފާނުގެ ވެރިކަން ވައްޓާލަން ބަޔަކު އެހީއަށް އެދުނު ކަމަށެވެ. އެހެންނަމަވެސް ސަރުކާރެއް ވައްޓާލަން އެހީނުވާނެ ކަމަށް ވިދާޅުވެ އެކަމާ އިންކާރު ކުރެެއްވި ކަަަމަށް އުއްޗު ވިދާޅުވިއެެވެ.

" އަޅުގަނޑު ބުނިން އެހީއެއް ނުވާނަމޭ ސަރުކާރު ވައްޓާލާކަށް. އެހެންނަމަވެސް ކަލޭމެން ތަށި ހޯދައިގެން އަންނާށޭ އިނާމު ދޭނަމޭ ލިބިއްޖެއްޔާ. ދެން އެބޭފުޅުންނަށް ވެރިކަން ލިބިގެން ދެބޭފުޅަކު ދިޔަ އަޅުގަނޑު އޮފީހަށް. ބުނި މިއައީ އިނާމު ބަލައޭ" އޭނާ ވިދާޅުވިއެވެ.

އުއްޗު ވިދާޅުވީ، ދެބޭފުޅަކަށް 10 މިލިއަން ރުފިޔާ ދެއްވި ކަމަށާއި، އެވަރު މަދުވެގެން ވެސް އެ ދެ ބޭފުޅުން ޝަކުވާ ކުރެއްވި ކަމަށެވެ. އެހެން ނަމަވެސް އިތުރު ފައިސާއެއް ނުދެއްވަން ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ، (އުއްޗު)އަކީ ރާއްޖޭގެ އެންމެ ކާމިޔާބު ވިޔަފާރިވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެެއްކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.