ހަބަރު
08 Sep 2022 | 23:07
އިނގިރޭސިވިލާތުގެ ރާނީ އަވަހާރަވެއްޖެ: ލައިވް އަޕްޑޭޓްސް
10 Sep - 22:58

ޕްރިންސް ވިލިއަމް އާއި ޕްރިންސް ހެރީ އެއްކޮށް ބަކިންހަމް ގަނޑުވަރުގެ ބޭރުން ފެނިގެން ގޮސްފި. ދެ ޕްރިންސުންނާއި ދެ އަނބިކަބަލުން ވަނީ ގަނޑުވަރު ދޮށަށް އާންމުން އެއްކޮށްފައިވާ މެސެޖުތަކާއި މާބޮނޑިތައް ބައްލަވާލައްވާފަ

ޕްރިން ހެރީ އަދި އަނބިކަބަލުން މެގަން، އާއި ޕްރިންސް ވިލިއަމް އަދި އަނބިކަބަލުން ކެތެރިން އެކުއެކީގައި -- ފޮޓޯ: ރޮއިޓާސް

10 Sep - 22:51

ރާނީ އެލިޒަބަތުގެ ދެވަނައިގެ ޖަނާޒާ މި މަހު 19 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަން އިނގިރޭސި ޝާހީ އާއިލާއިން އިއުލާން ކޮށްފި

10 Sep - 18:26

ރަސްގެފާނު ޗާލްސް ތިންވަނަ ރަސްމީކޮށް ރަސްކަމާ ހަވާލުވެވަޑައިގެންފިއެވެ. ރަސްގެފާނު ޗާލްސް އާއި އެސެޝަން ކައުންސިލުން ރަސްކަން ހަވާލުކުރުމަށް ބޭއްވުނު ރަސްމިއްޔާތު ކުރިއަށް ގޮސްފައިވަނީ މިއަދު ލަންޑަންގައި ހުންނަ ސެއިންޓް ޖޭމްސް ގަނޑުވަރުގައެވެ. 

ރަސްގެފާނު ޗާލްސް ރަސްމީކޮށް ރަސްކަމާއި ހަވާލުވެވަޑައިގަތުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އޭބީސީ ނިއުސް

10 Sep - 01:37

އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދެވަނަ އަވަހާރަވުމާ ގުޅިގެން އެތައް ހާސް ބަޔަކު އިއްޔެ ބަކިންހަމް ޕެލަސް ކައިރިއަށް ޖަމާވެފައި. ފޮޓޯ: ޖަމީލް | ހުރިހާ

10 Sep - 01:36

އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދެވަނަ އަވަހާރަވުމާ ގުޅިގެން އެތައް ހާސް ބަޔަކު އިއްޔެ ބަކިންހަމް ޕެލަސް ކައިރިއަށް ޖަމާވެފައި. ފޮޓޯ: ޖަމީލް | ހުރިހާ

09 Sep - 23:30

އިނގިރޭސި އަސްކަރިއްޔާއިން ރާނީ އެލިޒަބަތުގެ ހަނދާނުގައި ބަޑީގެ ސަލާން އަރުވައިފި

09 Sep - 23:25

އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނަ އެގައުމުގެ ބޮޑުވަޒީރު ލިޒް ޓްރަސް އާއި ބައްދަލުކުރައްވައިފިއެވެ. މިއީ ރާނީ އަވަހާރަވުމަށްފަހު ގައުމު ހިންގުމުގައި ރަސްކަމާއި މައި ސަރުކާރާއި ގުޅިގެން ކުރިއަށް ދިއުމަށް މަޝްވަރާ ކުރެވިގެންދާނެ އެވެ.

ފޮޓޯ: އޭއައިޕީ

09 Sep - 23:15

ރާނީ އެލިޒަބަތުގެ ޖަނާޒާގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ބަައިވެރިވެވަޑައިގަންނަވާނެކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ

އެމެރިކާގެ ރައީސް ޖޯ ބައިޑަން -- ފޮޓޯ: ދަ ހިންދޫ

09 Sep - 23:00

ރާނީ އެލިޒަބަތުގެ ހަދާނުގައި ސެއިންޓް ޕައުލްސް ފައްޅީގައި ބޭއްވޭ ހާއްސަ ހަފްލާ ފަށައިފި

ސެއިންޓް ޕައުލްސް ފައްޅި

09 Sep - 22:53

ރަސްގެފާނު ޗާލްސް އެމަނިކުފާނުގެ ދަރިކަލުން ވިލިއަމް، ވޭލްސްގެ ޕްރިންސްކަމަށް ކަނޑައަޅުއްވައިފިއެވެ.

09 Sep - 22:19

ރަސްގެފާނު ޗާލްސް ރަސްކަމުގެ ފުރަތަމަ ތަގްރީރު ދެއްވައިފިއެވެ. 

ރަސްގެފާނު ޗާލްސް ވިދާޅުވެފައިވަނީ ރާނީ އެލިޒަބަތު ގެ ހަޔާތަކީ އެންމެ ފުރިހަމަ ހަޔާތެއް ކަމަށެވެ. އަދި އެމަނިކުފާނުގެ ހަޔާތުގައި ބާކީ އޮތްހާ ދުވަހެއް ހުސްކުރައްވާނީ އިނގިރޭސިވިލާތުގެ ރައްޔިތުންނަށް ހިދުމަތްކޮށްދިނުމުގައި ކަމަށް ރަސްގެފާނު ޗާލްސް ވިދާޅުވިއެވެ.

09 Sep - 17:40

އިނގިރޭސިވިލާތުގެ ރަސްކަމާއި ހަވާލުވި ފަހުން ފުރަތަމަ ފަހަރަށް ރަސްގެފާނު ޗާލްސް ތިންވަނަ ބަކިންހަމް ގަނޑުވަރަށް ވަޑައިގެންފިއެވެ.

ފޮޓޯ: ސީއެންއެން

09 Sep - 15:45

އިނގިރޭސި ވިލާތުގެ ރާނީ އަވަހާރަވުމާއި ގުޅިގެން މި ހަފްތާ ބަންދުގައި ޕްރިމިއާ ލީގު މެޗުތައް ކެންސަލް ކުރުމަށް ނިންމައިފިއެވެ.

09 Sep - 12:37

އިނގިރޭސި ރާނީ އަވަހާރަވިކަން އިއުލާންކޮށް ރަސްމީ ލިޔުން ގަނޑުވަރުގައި ޖެހުން

09 Sep - 12:31

ރާނީ އެލިޒަބަތު އަވަހާރަ ވުމާއި ގުޅިގެން އިނގިރޭސި ޝާހީ އާއިލާއަށް ރައީސް މައުމޫން ތައުޒިޔާ ވިދާޅުވެއްޖެއެވެ. 

09 Sep - 12:24

ރާނީ އެލިޒަބަތަކީ ދުނިޔެދުއް އެންމެ ވަރަގަދަ އަންހެން ވެރިޔާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ ރާނީ އެލިޒަބަތު ދެވަނަ، އަވަހާރަ ވުމާއި ގުޅިގެން އިނގިރޭސި ޝާހީ އާއިލާއަށް ތައުޒިޔާ ވިދާޅުވެ ކުރެއްވި ޓުވީޓެެއްގައެވެ.

09 Sep - 12:21

ރާނީ އެލިޒަބަތު އަވަހާރަ ވުމާއި ގުޅިގެން ތިން ދުވަހަށް ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކޮށްފިއެވެ. ރައީސް ޞާލިހް މިގޮތަށް ނިންމަވާފައިވާ ކަން އާންމުކުރައްވާފައިވަނީ ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން މިއުވާން މުހައްމަދު ކުރެއްވި ޓުވީޓެއްގައެވެ.

09 Sep - 12:12

ރާނީ އެލިޒަބަތު އަވަހާރަ ވުމާއި އެކު ފޮރިންގ މިނިސްޓާ ޝާހިދު އިނގިރޭސި ޝާހީ އާއިލާއަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

09 Sep - 02:26

ރަސްގެފާނު ޗާލްސް ތިންވަނަ މިއަދު ލަންޑަނަށް އެނބުރި ލަންޑަނަށް ވަޑައިގަންނަވާއިރު، މއަދު ކުރިއަށް ދާނެ ކަމަށް ބެލެވޭ ކަންކަން ފާހަގަ ކޮށްލާނަމެވެ. 

- ރަސްގެފާނު ޗާލްސް ލަންޑަނަށް ވަޑައިގަތުން 

- ރަސްކަމުގެ އިސްވެރިން އިނގިރޭސިވިލާތުގެ ބޮޑުވަޒީރާއި ބައްދަލުކުރުން 

- އިނގިރޭސިވިލާތުގެ ފައްޅިތަކުގައި ހިތާމައިގެ ރަނގަބީލު ޖެހުން

- ގާނޫނުހަދާ މަޖިލީހުގެ މެންބަރުންގެ ހާއްސަ ޖަލްސާއެއް ބޭއްވުން

- ރާނީގެ ޝަރަފުގައި ބަޑިޖެހުން

- ރަސްގެފާނު ޗާލްސް ތިންވަނަ ގައުމާ މުހާތަބުކުރެއްވުން 

09 Sep - 02:19

މަންމާފުޅު ރާނީ އެލިޒަބަތު ދެވަނަ، އަވަހާރަވުމާއި އެކު އިނގިރޭސިވިލާތުގެ ތަހުތާއި އެކަމަނާގެ ދަރިކަލުން ޗާލްސް ހަވާލުވެވަޑައިގެންފިއެވެ. އެމަނިކުފާނުގެ ރަސްކަމުގެ ނަންފުޅަކަށް ވެގެންދާނީ ރަސްގެފާނު ޗާލްސް ތިންވަނައެވެ. 

09 Sep - 02:16

މި ހިތާމަވެރި ދަނޑިވަޅުގައި އިނގިރޭސި ޝާހީ އާއިލާ އަށް އެމަނިކުފާނު އަދި އަނބިކަބަލުންގެ ނަމުގައި ތައުޒިޔާ ދަންނަވާކަމަށް ޓްރަމްޕް ވިދާޅުވި.

09 Sep - 02:14

އިނގިރޭސި ރާނީ އަވަހާރަވުމުގެ ހިތާމައިގައި ފްރާންސްގެ އެއިފެލް ޓަވަރު ރޭ ނިއްވާލައިފިއެވެ.

09 Sep - 02:11

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އިނގިރޭސި ޝާހީ އާއިލާއަށް ތައުޒިޔާ ވިދާޅުވެއްޖެ. އޮބާމާ އަދި އަނބިކަނބަލުން މިޝެލް ވަނީ ތައުޒިޔާގެ ބަޔާނެއް އާންމު ކޮށްފައެވެ.

08 Sep - 11:44

ރާނީ އެލިޒަބަތު ދެވަނަ އަވަހާރަ ވުމާއި ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑަން ނެރުއްވި ބަޔާނެއްގައި އެމަނިކުފާނު، އަނބިކަބަލުން އަދި އެމެރިކާގެ ރައްޔިތުންގެ ނަމުގައި އިނގިރޭސިވިލާތުގެ ޝާހީ އާއިލާއަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

08 Sep - 11:40

މިއީ އިނގިރޭސިިވިލާތުގެ ތާރީހު ދުށް އެންމެ ހިތާމަވެރި ދުވަސް ކަމަށް އެ ގައުމުގެ ކުރީގެ ޕްރައިމް މިނިސްޓަރ ބޯރިސް ޖޯންސަން ވިދާޅުވެއްޖެއެވެ. ބޯރިސް މިހެން ވިދާޅުވެފައިވަނީ ރާނީ އެލިޒަބަތު އަވަހާރަ ވުމާއި ގުޅިގެން ނެރުއްވި ނޫސް ބަޔާނެއްގައެވެ.

08 Sep - 11:21

ރައްޔިތުން ރަސްގެފާނާއި އެކު އެއްބައިވަންތަކަން ދެއްކުމަށް އިނގިރޭސިވިލާތުގެ ޕްރައިމް މިނިސްޓާ ލިޒް ޓްރަސް ގޮވާލައްވައިފިއެވެ. 

ޓްރަސް މިހެން ވިދާޅުވެފައިވަނީ ރާނީ އަވަހާރަވުމާއި ގުޅިގެން ދެއްވި ބަޔާނެއްގައެވެ. ޓްރަސް އިތުރަށް ވިދާޅުވެފައިވަނީ އިނގިރޭސިވިލާތް މިއަދު މިދެކޭ ތަރައްގީއާއި ތަހުޒީބީ ދުވަހަށް އައިސްފައިވަނީ ރާނީ އެލިޒަބަތުގެ މަސައްކަތުން ކަމަށެވެ. 

08 Sep - 11:18

މިއީ އިނގިރޭސި ޝާހީ އާއިލާއަށް ކުރިމަތިވި އެންމެ ހިތާމަވެރި ދަނޑިވަޅު ކަމަށް އެގައުމުގެ ރަސްކަމާއި ދެން ހަވާލުވެވަޑައިގަންނަވާނެ ރަސްގެފާނު ޗާލްސް ތިންވަނަ ވިދާޅުވެއްޖެއެވެ. ރަސްގެފާނު މިހެން ވިދާޅުވެފައިވަނީ ޝާހީ އާއިލާއިން ނެރުއްވި ބަޔާނެއްގައެވެ.

08 Sep - 11:16

އިނގިރޭސިވިލާތުގެ ރާނީ، ރާނީ އެލިޒަބަތު ދެވަނަ، އަވަހާރަވުމާއި އެކު ދިވެހި ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރާނީ އެލިޒަބަތު އަވަހާރި ހަބަރު އެމަނިކުފާނަށް ލިބިވަޑައިގަތީ ފުން ހިތާމަޔާއި އެކު ކަމަށެވެ. އަދި އެކަމަނާ އަކީ އިޖުތިމާއި ހިދުމަތާއި، ހިންގުންތެރިކަމާއި، އެކަމަނާގެ އަމިއްލަ ގައުމު އަދިި ދުނިޔޭގެ ގައުމު ތަކުގެ ޖަމާއަށްތަކަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ފަރާތެއް ކަމަށް ރައީސް ޞާލިހް ވަނީ ވިދާޅުވެފައެވެ.

އިނގިރޭސިވިލާތުގެ ރާނީ، ރާނީ އެލިޒަބަތު ދެ ވަނަ އަވަހާރަ ވެއްޖެ

ރާނީ އެލިޒަބަތު އަވަހާރަ ވެފައިވަނީ މިއަދު އެކަމަނާގެ ޑޮކްޓަރުން ހެދި އިވެލުއޭޝަނަކަށް ފަހު އެކަމަނާގެ ސިއްހީ ހާލުކޮޅާ މެދު ކަންބޮޑުވާ ކަމަށް ބުނުމުން އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށެވެ. ބީބީސީއިން އާންމުކުރި ގޮތުގައި އެކަމަނާ އަވަހާރަ ވެފައިވަނީ އިނގިރޭސި ވިލާތުގެ ގަޑިން މިއަދު މެންދުރު ފަހުގެ ވަގުތެއްގައި އެވެ.

އިނގިރޭސިވިލާތުގެ ބަލްމޯރަލް ކާސަލްގައި އެކަމަނާ އަވަހާރަވި އިރު އިނގިރޭސި ޝާހީ އާއިލާގެ ގިނަ މެންބަރުން އެކަމަނާގެ އަރިހުގައި ތިއްބެވިއެވެ. އެގޮތުން ދިމާވި ދެބަސްވުންތަކަކާއި ގުޅިގެން ޝާހީ އާއިލާ އާއި ވަކިވެފައިވާ ޕްރިންސް ހެރީ އަދި އަނބިކަނބަލުން މެގަން ވެސް ވަނީ އެކަމަނާގެ އަރިހަށް ދުރުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.