ވިޔަވަތި ކޮންފަރެންސްގައި ރައީސް ވާހަކަފުޅު ދައްކަވަނީ--ފޮޓޯ/ ރައީސް އޮފީސް
ހަބަރު
12 Sep 2022 | 19:03
މި ސަރުކާރުގެ ޕްލޭނަކީ ޖަޒީރާ ތަރައްޤީގައި ރަށްރަށް ތަރައްޤީކޮށް ކުރިޔަށްގެންދިއުން: ރައީސް ޞާލިޙް

މިސަރުކާރުގެ ޕްލޭނަކީ ޖަޒީރާ ތަރައްގީގައި ރަށްރަށް ތަރައްގީކޮށް ކުރިއަށްގެންދިޔުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބިނާވެށި ޕްލޭން ހެދުމުގައި ކުރިމަތިވާ ދަތިތަކުގެ މައްސަލައަކީ އުކުޅަހުގައި ބޭއްވި ކޮންފަރެންސްގެ އެޖެންޑާގެ އެންމެ ކުރީގައި އޮތް މައްސަލަ ކަމުގައިވީނަމަވެސް ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ނިމުނު އިރު އެކަން ބަދަލުކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ.

އެގޮތުން އުކުޅަހު ކޮންފަރެންސުގައި ނިންމި ނިންމުންތަކަށްފަހު ކައުންސިލުތަކުން ބިނާވެށި ޕްލޭންތައް މިހާރު ހަދަމުން އަންނަކަމަށާއި މިހާރު ކުރަންޖެހޭކަމަކީ ބިނާވެށި ޕްލޭންތަކަށް ހުއްދަދެވޭނެ އަވަސް ގޮތްތަކެއް ހޯދުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

މި ކޮންފަރެންސްގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ދައުރު މިހާރަށްވުރެ ފުޅާކުރުމަށް ދެކެވުނު ވާހަކަތަކަކީ ވަރަށްބޮޑު ބުރަދަނެއް ހުރިވާހަކަތަކެއްކަން ފާހަގަކުރައްވައި އެ ކޮމެޓީތަކަށް މާލީގޮތުން ހުރި ދަތިތަކާއި ކޮމެޓީގެ މެންބަރުންނަށް މަސައްކަތްކުރެވޭނެ ރަނގަޅު މާހައުލެއް ޤާއިމްކޮށްދިނުމަށް އެދިވަޑައިގެންނެވިއެވެ.

އެމަނިކުފާނު ވިދާޅުވީ މަސައްކަތްކުރެވޭނެ ރަނގަޅު މާހައުލެއް ޤާއިމު ކޮށްދިނުމުން ވެސް، އ.ތ.މ. ކޮމެޓީތަކަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކަށް ޙައްލުތަކެއް ލިބިގެންދާނެކަމުގައެވެ. ހަމަ އެހެންމެ އ.ތ.މ ކޮމެޓީތަކަކީ ފުލްޓައިމްކޮށް މަސައްކަތްކުރާގޮތަށް މެންބަރުން އިންތިޚާބުކުރާ ތަނަކަށް ބަދަލުކުރުމުގެ ވިސްނުން ގެންގުޅުމަށާއި އަދި އެއީ ޤާނޫނަށް ބަދަލެއް ގެންނަންޖެހޭ ކަމެއްތޯ ބެލުމަށްފަހު އެކަން ޙައްލުކުރުމަކީ ވެސް އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމެއްކަން ފާހަގަކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.