ފޮޓޯ: ޕްރިމިއާ ލީގު
ކުޅިވަރު
12 Sep 2022 | 22:30
ރާނީ އެލިޒަބަތުގެ ޖަނަޒާ އާއި ގުޅިގެން އަންނަ ހަފްތާގެ ޕްރިމިއާ ލީގުގެ ތިން މެޗެއް ކެންސަލް ކޮށްފި

ރާނީ އެލިޒަބަތުގެ ޖަނަޒާ އާއި ގުޅިގެން އަންނަ ހަފްތާ ކުޅުމަށް ހަމަޖެހިފައިވާ ޕްރިމިއާ ލީގުގެ ތިން މެޗެއް ކެންސަލް ކޮށްފިއެވެ. 

ޕްރިމިއާ ލީގުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަންނަ ހަފްތާ ކުޅުމަށް ހަމަޖެހިފައިވާ ޕްރިމިއާ ލީގުގެ 10 މެޗުގެ ތެރެއިން ތިން މެޗެއް ކެންސަލްކޮށް ފަހުގެ ތާރީހެއްގައި ކުޅުމަށް ނިންމާފައިވާ ކަމަށެވެ. 

އަންނަ ހަފްތާގެ މެޗުތަކުގެ ތެރެއިން ކެންސަލް ކުރުމަށް ނިންމާފައިވަނީ މެންޗެސްޓާ ޔުނައިޓެޑާއި ލީޑްސް ޔުނައިޓެޑު ވާދަކުރާއި މެޗާއި، ލިވަޕޫލާއި ޗެލްސީ ވާދަކުރާ މެޗުގެ އިތުރުން ބްރައިޓަން އާއި ކްރިސްޓަލް ޕެލެސް ވާދަކުރާ މެޗެވެ. މި މެޗުތައް ދެން ކުޅޭނެ ތާރީހެއް ފަހުގެ ތާރީހެއްގައި އިއުލާން ކުރެވޭނެ ކަމަށް ޕްރިމިއާ ލީގުގެ ބަޔާނުގައި ވަނީ ބުނެފައެވެ. 

ޕްރިމިއާ ލީގުން ބުނެފައިވަނީ މި ތިން މެޗު ކެންސަލް ކުރުމަށް ނިންމާފައިވަނީ ރާނީގެ ޖަނާޒާއަށް އެހީތެރިވުމުގައި އެ ގައުމުގެ ފުލުހުން ހަރަކާތްތެރިވަމުން ދިއުމާއި ގުޅިގެން މި މެޗުތަކުގެ ހަމަޖެހުން ބެލެހެއްޓޭ ވަރަށް ފުލުހުން ލިބެން ނެތުމުން ކަމަށެވެ. އަދި މިކަމާއި ގުޅިގެން ޓީމު ތަކާއި، ފުލުހުންނާއި، ކަމާބެހޭ އިދާރާތަކުގެ ވެރިންނާއި މިކަމުގައި މަޝްވަރާކޮށްފައިވާ ކަމަށްވެސް ޕްރިމިއާ ލީގުން ބުނެފައިވެއެވެ. 

އަންނަ ހަފްތާ އަށް ރޭވިފައިވާ އަނެއް ހަތް މެޗު ކުރިއަށްދާނެ ކަމަށްވެސް ޕްރިމިއާ ލީގުން ވަނީ ބުނެފައެވެ. ރާނީ އަވަހާރަ ވުމާއި ގުޅިގެން މި ހަފްތާގެ ޕްރިމިއާ ލީގުގެ ހުރިހާ މެޗުތަކެއްވެސް ވަނީ ކެންސަލް ކޮށްފައެވެ. 

ރާނީ އެލިޒަބަތު ދެވަނައިގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 19 ވަނަ ދުވަހު އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަން ގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ