ރައީސް ޞާލިހް ދިރާސާގެ ޓީމަށް ޒިޔާރަތް ކުރައްވަނީ -- ފޮޓޯ: ނެކްޓަން / ޓްވިޓާ
ހަބަރު
13 Sep 2022 | 00:03
ކަނޑުގެ ދިރާސާ ޓީމަށް ރައީސް ޞާލިހް ސަޕްރައިޒް ޒިޔާރަތެއް ކުރައްވައިފި

މިވަގުތު ލ. އަތޮޅުގައި ހަރަކާތްތެރިވަމުންދާ ކަނޑުގެ ދިރާސާ ޓީމަށް ރައީސް ޞާލިހް ސަޕްރައިޒް ޒިޔާރަތެއް ކުރައްވައިފިއެވެ.  

މޫސުމީ ބަދަލުގެ ސަބަބުން ރާއްޖޭގެ ކަނޑުތަކަށް ކުރަމުންދާ އަސަރުތައް ދެނެގަތުމަށް ކުރަމުންދާ ދިރާސާ އިއްޔެ ފަށާފައިވަނީ ލ. އަތޮޅުގެ ކަނޑުގެ ސަރަހައްދުންނެވެ.

މިހާރު ލ. ގަމުގައި ކުރިއަށްދާ 'ވިއަވަތި' ރާއްޖެ ކޮންފަރެންސުގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގެން ހުންނެވުމަށްފަހު ރައީސް ޞާލިހް މި ދިރާސާގެ މައި އުޅަނދައް ވަޑައިގެންފައިވަނީ މިއަދުގެ ވަގުތެއްގައެވެ. ރައީސް ޞާލިހްގެ އަރިހުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. 

މި ދިރާސާ ކުރިއަށް ގެންދާ ނެކްޓަން އިން ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުން ރައީސްގެ މި ޒިޔާރަތަކީ ސަޕްރައިޒް ޒިޔާރަތެކެވެ. މި ދިރާސާގައި ބައިވެރިވާ ސައިންސްވެރިން ވަނީ ލ. އަތޮޅު ކަނޑު ތަކުގެ 1400 ފޫޓު އަޑީގެ 3D ޗާޓެއްވެސް ރައީސް ޞާލިހަށް ދައްކާލާފައެވެ. ރައީސް ޞާލިހް ވަނީ މި ދިރާސާގެ ބައިވެރިންނާއި ބައްދަލުކޮށް ދިރާސާގެ މައުލޫމާތު ހޯއްދަވާ ހިއްވަރުދެއްވާފައި ކަމަށްވެސް ނެކްޓަން އިން ބުނެފައިވެއެވެ. 

ޖުމްލަ 40 މީހުންގެ ޓީމަކުން ބައިވެރިވާ މި ދިރާސާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުންނާއި ރާއްޖޭން އެކުލަވާލާފައިވާ ސައިންސްވެރިންނާއި ތަޖުރިބާކާރުންގެ ޓީމަކުން ސާވޭކުރާނެ ކަމަށް ނެކްޓަން އިން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މި މަހުގެ ހަތަރުވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައިވެ އެވެ.
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.
05 Aug 2026
ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް މި އަހަރު ވެސް ބާއްވަނީ
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީއެމްޖީސީ) މި އަހަރު ބާއްވާނެ ކަމަށާއި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށް ދިރާގުން އިއުލާނުކޮށްފިއެވެ.
05 Aug 2026
އއ.އުކުޅަހުގައި ތަރައްޤީކުރާ ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް ފަށައިފި
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މި މަޝްރޫޢުގެ ދަށުން އުކުޅަހުގައި 50 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.
05 Aug 2026
ސްޓޭޓް ފާމާއިން އެސްޓްރަޒެނިކާއާ ގުޅިގެން މަސައްކަތް ފަށައިފި
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ބޭސް ލިބުން ހަރުދަނާކުރުމާ ގުޅޭ ގޮތުން ސްޓޭޓް ފާމާއިން ޔޫރަޕްގެ ބޮޑު ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާގެ މަންދޫބުންނާ މިއަދު ބައްދަލުކޮށް މަޝްވަރާ ފަށައިފިއެވެ.
05 Aug 2026
ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ އިސްލާހެއް
ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކާއި ތަންތަން، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ސަރުކާރަށް ނެގޭގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.