މީރާގެ ޚިދުމަތްދޭ މަރުކަޒު
ހަބަރު
13 Sep 2022 | 12:54
ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަންތައް މި މަހު ހާމަކުރަނީ

ޖީއެސްޓީ ހިމެނޭހެން، ހުށަހަޅަން ޖެހޭ ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކާއި ޓެކުހާއި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައް ހާމަކުރާނެ ކަމަށް، މޯލްޑިވްސް އިންލެންޑް ރިވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.

މީރާއިން މިއަދު ކުރި އިއުލާނެއްގައި ބުނީ ޓެކްސް ބަޔާން ހުށަނާޅާ އަދި ޓެކުހާއި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރާ އުސޫލުގެ ދަށުން، މިދިޔަ އަހަރުގެ ނިޔަލަށް ހިނގާފައިވާ މުއްދަތުތަކަށް ނިސްބަތްވާ ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކާއި، ޓެކުހާއި ފައިސާ ދައްކާފައިވާ ނުވާ ފަރާތްތަކުގެ ނަންތައް ހާމަކުރާނެ ކަމަށެވެ.

އެގޮތުން އިންކަމް ޓެކްސް ފިޔަވައި، ޖީއެސްޓީ އާއި ގްރީން ޓެކްސްގެ އިތުރުން ވިތުހޯލްޑިން ޓެކްސްގެ ބަޔާން ހުށަނާޅާ ފަރާތްތަކާއި ޓެކުހާއި ފައިސާ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު މިމަހުގެ ތެރޭގައި ހާމަކުރާނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި އިންކަމް ޓެކްސް ބަޔާން ހުށަނާޅާ، ދައްކާފައިނުވާ ފަރާތްތަކުގެ މައުލޫމާތު އަންނަ މަހުގައި ހާމަކުރާނެ ކަމަށްވެސް މީރާއިން ބުނެ އެވެ.

ހަމަ އެހެންމެ، ދައުލަތަށް ދައްކަން ޖެހޭ ފައިސާ އާއި ޓެކްސް ނުދައްކާ ތިބި ފަރާތްތަކުގެ އަތުން ފައިސާ ހޯދުމުގެ ގޮތުން، އެ އިދާރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް މީރާ އިން ބުންޏެވެ. މީރާ އިން ވަނީ ޓެކުހާއި ފައިސާ ނުދައްކާ، އަދި ބަޔާން ހުށަނާޅާ ފަރާތްތަކަށް ދެ އިހުތިޔާރެއް ދީފައެވެ. އެގޮތުން ލަސްނުވެ ފައިސާ ދައްކުމާއި، ބަޔާން ހުށަހެޅުމަށް ވަނީ އެދިފައެވެ. އަދި މީރާ އަށް ޓެކްސް ދެއްކުމުގެ އެއްބަސްވުމަކަށް އައުމަށްވެސް ވަނީ އެދިފައެވެ.

ކޮމެންޓް
ދިވެހި މީހާ.
އެއްމެ ގިނަ އިން ޓެކްސް ނުދައްކާ އުޅެނީ ފައްޔާޒް ގެ ބަންގާޅު ދަރިން، އަވަހައް ބަންގާޅީންގެ ނަން ނޯޓް ކޮއްލަ.
13 Sep 2022
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.