މީގެ ކުރިން ސީއެމްޑީއޭ އިން ހިންގި ޕްރޮގްރާމުގެ ތެރެއިން -- ފޮޓޯ: ސީއެމްޑީއޭ
ހަބަރު
13 Sep 2022 | 21:42
ލޯކަލް އޮތޯރިޓީ ކުންފުނިތަކުގެ ޑިރެކްޓަރުން ތަމްރީންކުރުމަށް ބޭއްވި ޕްރޮގްރާމް ނިމިއްޖެ

ލޯކަލް އޮތޯރިޓީ ކުންފުނިތަކުގެ ޑިރެކްޓަރުން ތަމްރީންކުރުމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ބޭއްވި ޕްރޮގްރާމް ނިމިއްޖެއެވެ. 

މި ޕްރޮގްރާމަކީ ސީއެމްޑީއޭ އާއި އިކޮނޮމިކް މިނިސްޓްރީ އާއި އެ އޮތޯރިޓީގެ އިންސްޓިޓިއުޓް އޮފް ކޯޕަރޭޓް ޑައިރެކްޓާސް އެންޑް ސެކްރެޓަރީސް (އައިސީޑީއެސް) އާ ގުޅިގެން ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމު ތަކުގެ ތެރެއިން ތިންވަނަ ޕްރޮގްރާމެެވެ. 

މިފަހަރުގެ ޕްރޮގްރާމުގައި 20 ބައިވެރިން ހިމެނުނު އިރު މިފަހަރުގެ ޕްރޮގްރާމް ސީއެމްޑީއޭ އިން ކުރިއަށް ގެންގޮސްފައިވަނީ އޮންލައިން ކޮށެވެ. މި މަހުގެ 6 ވަނަ ދުވަހަކުން 8 ވަނަ ދުވަހަށް ކުރިއަށް ގެެންގޮސްފައިވާ މި ޕްރޮގްރާމުގައި ކޯޕަރޭޓް ގަވާނަންސްގައި ހިމެނޭ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސަސް ސްޓޭންޑަޑްތަކާއި ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދައި ހިންގުމުގައި އަމަލުކުރަންޖެހޭ ގާނޫނާއި ގަވާއިދުތަކުގެ މައުލޫމާތު ބައިވެރިންނަށް ދީފައިވެ އެވެ. 

މީގެ އިތުރުން ބިޒްނަސް އެތިކްސް އާއި ސަސްޓެއިނަބަލް އިންވެސްޓިންއާ ގުޅޭ މައުލޫމާތާއި، ބޯޑުގެ ސްޓެރެޓެޖީތައް ކަނޑައެޅުމުގައި ޑިރެކްޓަރުން ބަލަންޖެހޭ މުހިންމު ކަންތައްތަކުގެ މައުލޫމާތު ދިނުމުގެ އިތުރުން ރާއްޖޭގެ ޓެކްސް ނިޒާމާއި، އެންޓިކޮރަޕްޝަނާއި ޕްރޮކިއުމަންޓްގެ މައުލޫމާތާއި، ފައިނޭންޝަލް ސްޓޭޓްމަންޓްއާއި އަހަރީ ރިޕޯޓުގެ މަފްހޫމްތަކާގުޅޭ ސެޝަނެއް ވެސް މި ޕްރޮގްރާމުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

މީގެ އިތުރު ޕްރޮގްރާމެއް އަންނަ މަހުގެ ތެރޭގައިވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ސީއެމްޑީއޭ އިން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.