އަލްޒައިމާރސް ދުވަހާއި ގުޅިގެން ހަދާފައިވާ ޕޯސްޓަރެއް
ރިޕޯޓް
21 Sep 2022 | 11:03
މިއީ ބައިނަލްއަގުވާމީ 'އަލްޒައިމާރސް ދުވަސް'؛ މި ބަލި އެނގެނީ ކިހާ މިންވަރަކަށް؟

އަލްޒައިމާރސް ބަލި ނުވަތަ ދިވެހި ބަހުންނަމަ ހަނދާންނެތޭ ބައްޔަކީ، ދިވެހިންގެ ތެރޭގައިވެސް އާއްމު ބައްޔެކެވެ. ޚާއްސަކޮށް އުމުރުން ދުވަސްވީ މީހުންގެ ތެރޭގައި މި ބަލި ތަހައްމަލް ކުރަމުންދާ މީހުން ނުހަނު ގިނަ އިރު އެ ބަލީގެ ޢަލާމާތްތަކާއި ބައްޔާއި ގުޅުންހުރި އެހެނިހެން ކަންކަމާއި މެދު ހޭލުންތެރި މީހުން މި މުޖުތަމައުގައި މަދެވެ. ވުމާއެކު ބައިނަލްއަގުވާމީ ގޮތުން އަލްޒައިމާރސް ދުވަހެއް ފާހަގަ ކުރާއިރު މިއީ ކިހިނެއް ޖެހޭ ބައްްޔެއް ކަމާއި، މި ބަލިޖެހުމުން ވާނެ ގޮތާއި، މި ބަލިން ރައްކާތެރިވުމަށް ދުރާލާ ކުރެވޭނެ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު އެނގިފައި ހުރުމަކީ މުހިއްމު ކަމެކެވެ. 

އަލްޒައިމާރސް ބައްޔަކީ ކޮބާ؟

އަލްޒައިމާރސް ބައްޔަކީ ކޮބައިކަމުގެ ތަފްސީލަށް ދިއުމުގެ ކުރިން އެބައްޔާއި ގުޅުންހުރި އިތުރު ލަފުޒެއް ކަމަށް 'ޑިމެންޝިއާ' އަކީ ކޮންއެއްޗެއްކަން އެނގުމަކީ ނުހަނު މުހިއްމު ކަމެކެވެ. އެގޮތުން ބަލާއިރު، 'ޑިމެންޝިއާ' އަކީ ހަނދާން ކުރުމަށާއި، ވިސްނުމަށާއި، އަދި އާއްމު ދިރިއުޅުމުގައި ގޮތް ނިންމުމަށް ދަތިވާ ދަތިވުން ތަކަށް އިޝާރާތްކޮށް ބޭނުންކުރެވޭ އާއްމު ލަފްޒެކެވެ. އަލްޒައިމާރސް އަކީވެސް ޑިމެންޝިއާގެ ވައްތަރެކެވެ. އާއްމުކޮށް އަލްޒައިމާރސް ގެ ބަދަލުގައި ހަނދާން ނެތޭ ބަލީގެ ވާހަކަ ދައްކާއިރު ޑޮކްޓަރުން ބޭނުން ކޮށް އުޅޭ ލަފްޒަކީ ޑިމެންޝިއާއެވެ. 

ޑިމެންޝިއާގެ އާއްމު ވައްތަރުތައް:

1. އަލްޒައިމާރސް ބަލި (ޑިމެންޝިއާގެ އަލާމާތްތައް ފެންނަ 60-80 އިންސައްތައަކީ 'އަލްޒައިމާރސް' ބަލި ތަހައްމަލް ކުރަމުންދާ މީހުންނެވެ.

2. ވަސްކިއުލާ ޑިމެންޝިއާ

3. ލުވީ ބޮޑީ ޑިމެންޝިއާ

4. ފްރޮންޓޯ ޓެންޕުރަލް ޑިމެންޝިއާ 

5. މިކްސްޑް ޑިމެންޝިއާ - ތަފާތު ވައްތަރުތައް އެއްވުމުން ތަހައްމަލް ކުރަންޖެހޭ ޑިމެންޝިއާ

6. ރަނގަޅު ކުރެވޭ ޑިމެންޝިއާ ނުވަތަ ރިވާރސިބަލް ޑިމެންޝިއާ - މި ބަލި ޖެހޭ ސަބަބު ތަކުގެ ތެރޭގައި؛

  • ބޭނުން ކުރާ ބޭހެއްގެ ސައިޑް އިފެކްޓްސް 

  •ސިކުނޑީގައި ފެން އުފެދުމުގެ

  • ވިޓަމިން ބީ ދަށްވުން

  • ތައިރޮއިޑް ހޯރމޯން ދަށްވުން

ޑިމެންޝިއާ އަށް މަގުފަހިވެދާނެ ބައެއް ކަންކަން 

ތިމާ އުޅޭ މާހައުލާއި، ތިމާގެ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުންނާއި، އަދި ސިއްހީ ގޮތުންވެސް ޑިމެންޝިއާ އަށް ތިމާ ހުށަހެޅުމުގެ ފުރުސަތު ތަނަވަސް ވެގެންދެއެވެ. އެގޮތުން ޑިމެންޝިއާ ޖެހުމަށް މަގުފަހިވާ ބައެއް ސިއްހީ ސަބަބު ތަކުގެ ތެރޭގައި، ލޭމައްޗަށްދިއުން، ހަކުރު ބަލި، ބޮލަށް ގެއްލުން ލިބުން، ބަރުދަން އިތުރުވުން، ޑިޕްރެޝަން އަދި އަޑުއިވުމުގެ މައްސަލަތައް ހިމެނެއެވެ. 

މީގެ އިތުރުން، ތިމާ އުޅޭ މާހައުލުގައި ވައި ނުސާފުވުމުވެ ސަބަބުން މި ބައްޔަށް މީހާ ހުށަހެޅުން ގާތްވާއިރު، ތިމާގެ އާއްމު ދިރިއުޅުމުގެ އާދަކާދައިގައި ހެލިފެލިވެ އުޅުން މަދުވެ، ދުންފަތުގެ އިސްތިއުމާލް ކުރުމާއި، އިޖުތިމާއީ ކަންކަމުގައި ބައިވެރިނުވުމަކީވެސް ޑިމެންޝިއާ އަށް ތިމާ ހުށަހެޅިދާނެ ސަބަބުތަކެވެ. 

ބަޔާންވެ ދެވުނު ސަބަބުތަކުގެ އިތުރުން އުމުރުން ދުވަސް ވުމާއި، ޢާއިލާގެ ވާރުތަ ވުމާއި، ޑައުންސިންޑްރޯމްގެ ސަބަބުން ވެސް ޑިމެންޝިއާ އަށް ތިމާ ހުށަހެޅިދާނެއެވެ. އެގޮތުން، އުމުރުން 65 އަށް މަތީ މީހުން ޑިމެންޝިއާ އަށް ހުށަހެޅުމުގެ ފުރުސަތު ބޮޑު އިރު, އެއަށްވުރެ ކުރިން ޑިމެންޝިއާ ޖެހޭ ވޭދަނަތަކުގެ އަދަދަކީ ޖުމުލަ ޑިމެންޝިއާ ވޭދަނަ ތަކުގެ ނިސްބަތުން އެންމެ 9 އިންސައްތައެވެ.

ތިމާގެ އާއިލާގައި ޑިމެންޝިއާ ޖެހިފައިވާ މީހަކު ހުރި ނަމަ އެކަން ވާރުތަ ވުމުގެ ފުރުސަތު އޮތް ނަމަވެސް، އެ އާއިލާގެ އެންމެނަށް ޑިމެންޝިއާ ނުޖެހިދާނެއެވެ. ވުމާއެކު އާއިލީ ގޮތުން މިބަލި ތިމާއަށް ވާރުތަ ވެފައިވެތޯ ޔަގީން ކުރުމަށް ޖެނެޓިކް ޓެސްޓެއް ހަދާލުމަކީ މުހިއްމު ކަމެކެވެ. 

ޑިމެންޝިއާ އާއި ނަފްސާނީ ދުޅަހެޔޮކަމާއި ހުރި ގުޅުން

ޑިމެންޝިއާ އަކީ ސިކުނޑި އާއި ގުޅުން ހުރި ކަމަކަށްވީއިރު، ނަފްސާނީ ގޮތުން ފެންނަ އެކިއެކި ޢަލާމާތްތައް ޑިމެންޝިއާގެ ކޮންމެ  ސްޓޭޖެއް ގައިވެސް ފެނުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން ޑިމެންޝިއާގެ ސަބަބުން ހަނދާންނެތުމާއި ތިމާގެ އުޅުމަށް އަންނަ ބަދަލުތަކުގެ ކުރިންް، މީހާ މާޔޫސްވުމާއި، ކަންކަމާ ދެރަވުމާއި، ނޫނީ އެހެންމީހުންނާ އާއްމުކޮށް މުއާމަލާތް ކުރާގޮތަށް ނުކުރުމާއި އަދި ކުދިކުދި ކަންކަމުގައި ހާސްވުމަކީ ޑިމެންޝިއާ ގެ ކުރީކޮޅު ނުވަތަ އާލީ ސްޓޭޖް ގައި ފެނިދާނެ އަލާމާތްތަކެކެވެ. 

މީގެ އިތުރުން ޑިމެންޝިއާގެ ކުރީކޮޅު އާއްމުކޮށް ދިމާވާ ކަންކަމުގެ ތެރޭގައި، އަލަށް ދަސްވެފައި ހުންނަ ކަންކަން ހަނދާންނެތުމާއި، މުހިއްމު ތާރިޚް ތަކާއި ހާދިސާތައް ހަނދާން ނެތުމުގެ އިތުރުން އެއް ސުވާލެއް ތަކުރާރު ކުރުން ހިމެނެއެވެ. އަދި ހަމައެހެންމެ، ކަންކަން ހަނދާން ކުރުމަށް އެހެން ވަސީލަތްތައް ( ނޯޓް ކަރުދާސް، ފޯނު އަދި އެހެނިހެން އިލެކްޓްރޯނިކް އާލާތްތަކަށް) ބަރޯސާވުން ނުވަތަ އާއްމުކޮށް އަމިއްލައަށް ކޮށް އުޅުނު ކަންކަން ކުރުމަށް އެހެން މީހުންނަށް ބަރޯސާ ވުމަކީވެސް މި ބަލީގެ ކުރީކޮޅުގައި ފެނިދާނެ އަލާމާތް ތަކެކެވެ.

މި ބަލި ބޮޑުވެގެންދާއިރު، ބަލި މީހާގެ ބުއްދިއަށް ކުރާ އަސަރު ތަކުގެ ސަބަބުން ތަފާތު އެކި ޢަލާމާތްތައް ފެނުން އެކަށީގެންވެއެވެ. އެގޮތުން، އާއްމުގޮތެއްގައި މީހާ ހުންނަ ތަނުގައި، ތިބި އެހެން މީހުންނަށް ނުފެންނަ ތަކެތި ބަލި މީހާއަށް ފެނުމާއި، އެހެން މީހުންނަށް އަޑު ނީވޭ އެއްޗެހި ބަލި މީހާއަށް އަޑު އިވުން އެކަށީގެންވެއެވެ.

އޭގެ ސަބަބުން ބަލި މީހާ ކުއްލިއަކަށް ބިރުގަނެ، އެ ކަންކަމަށް ފަރުވާ ނުކުރެވި ދިގު މުއްދަތަކަށް ދެމިގެން ގޮސްފިނަމަ، އެއާއި ގުޅިގެން އެމީހާއަށް ގަބޫލު ކުރެވޭ ގަބޫލު ކުރެވުންތައް ނުވަތަ ޑިލޫޝަން ފަދަ ކަންކަމަކީ އައިސްދާނެ ކަންކަމެވެ. އެގޮތުން ތަޅުދަނޑި ނުވަތަ އެހެން އެއްޗެއްވެސް ބޭއްވުނު ތަން ހަނދާން ނެތް ނަމަ، އެތަކެތި މީހަކު ވަގަށް ނެގި ކަމަށް ގަބޫލު ކުރެވުންފަދަ ޚިޔާލީ ގަބޫލުކުރެވުންތައް އެމީހާގެ ކިބައިން ފެނިގެންދެއެވެ. 

އަދި މި ބަލީގެ އެންމެ ފަހު ސްޓޭޖަށް ދާއިރު، މީހާގެ ސިކުނޑި އަށް ކޮށްފައިވާ އަސަރުގެ ސަބަބުން މީހުންގެ މޫނާއި، މީހުންގެ ނަންވެސް ވަކިނުވެ، މީހާގެ އެންމެ ކުރީގެ ހަނދާންތައް ވެސް ސިކުނޑިން ފޮހެވިގެން ދިއުން އެކަށީގެންވެއެވެ. އެފަދައިން އެ ދިމާވަނީ މީހާގެ ސިކުނޑިއަށް އަންނަ ކެމިކަލް ބަދަލު ތަކާއި، އޭނާ ދިރިއުޅޭ މާހައުލުގެ ސަބަބުންނެވެ. 

ޑިމެންޝިއާ އަށް ފަރުވާ ކުރާނީ ކިހިނެއް؟ 

ޑިމެންޝިއާއަށް ފަރުވާ ކުރެވޭނެ އެކި ގޮތްތައް ހުރެއެވެ. މިއީ ތިމާގެ ނަފްސާއި އަދި ޖިސްމާއިވެސް ގުޅުން ހުރި ބައްޔަކަށްވާއިރު އެންމެ އެދެވޭ ނަތީޖާ ނެރެވޭނީ، ޑޮކްޓަރީ ބޭހުގެ އިތުރުން ތިމާގެ ނަފްސަށްވެސް ގިނަ ފަރުވާތަކެއް ކޮށްގެންނެވެ. އެގޮތުން ސައިކޯ ސޯޝަލް އިންޓަވެންޝަން އާއި, އެކި ކަހަލަ ތެރަޕީތައް ކުރިއަށް ގެންދިޔުމާއި، ތިމާ އުޅޭ މާހައުލުވެސް ރަނގަޅު ކުރުމަކީ މުހިއްމު ކަމެކެވެ. 

އުމުރު މައްޗަށް ދާ ވަރަށް އިންސާނުންނަށް ތަފާތު އެކި ބަލިތައް ޖެހެއެވެ. އެގޮތުން ހިތުގެ ބަލިތަކާއި، ހަކުރު ބައްޔާއި، ލޭ މައްޗަށް ދާ ބަލި ފަދަ ބަލިތައް ހިމެނެއެވެ. މިފަދަ ބަލި ތަކުގެ ސަބަބުން ވެސް ޑިމެންޝިއާ ބަލި އިތުރަށް ބޮޑު ވެގެންދާ ކަމަށް ދިރާސާތަކުން ދައްކާއިރު، ޑިމެންޝިއާ ގެ އަލާމާތްތައް ކުޑަ ކުރުމަށް އެ ބަލިތަކަށް ފަރުވާ ކޮށް ކޮންޓްރޯލް ކުރުމަކީވެސް މުހިއްމު ކަމެކެވެ. 

މީގެ އިތުރުން، ދުޅަހެޔޮ ސިއްހަތަކަށް ތިމާގެ ދިރިއުޅުމުގެ ވައްޓަފާޅި ބައްޓަންކޮށް, ޖިސްމާނީގޮތުންނާއޖ ނަފްސާނީ ގޮތުންވެސް، ހަރަކާތްތެރިވެ، ކަންކަމުގައި ފައްސި ވިސްނުމެއް ގެންގުޅުމަކީ ޑިމެންޝިއާ ކުޑަ ކުރުމަށް ކުރެވިދާނެ ކަންކަމެވެ. އަދި ހަމަ އެހެންމެ، ދުންފަތުގެ އިސްތިއުމާލް ކުރުމުން ދުރުވެ، އިޖުތިމާއީ އަދި އުފެއްދުންތެރި ކަންތައްތަކުގައި ބައިވެރިވެ އުޅުމަކީވެސް އުމުރުން ދުވަސް ވާވަރަށް ޑިމެންޝިއާގެ ނުރައްކާ ކުޑަ ކުރުމަށް ކުރެވިދާނެ ކަންކަމެވެ. 

ޑިމެންޝިއާ އާއި ގުޅޭގޮތުން ހަދާފައިވާ ދިރާސާތަކުން ދައްކާ ގޮތުން، އެކަމުގެ ސަބަބުން މަރުވާ މީހުންގެ ތެރެއިން 60 އިންސައްތަ އަކީ އަންހެނުންނެވެ. ޑިމެންޝިއާގެ އަލާމާތްތަކާއި އަސަރު ތަޖުރިބާ އެކި މީހުން އެކި ގޮތަށް ކުރާއިރު، ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކޮންމެ 10 މީހަކުން 1 އަށް ޑިމެންޝިއާ ގެ އަސަރުކުރެއެވެ. އެހެންކަމުން، ޑިމެންޝިއާ އަށް ޝައްކުވާނަމަ ނާރުގެ ޚާއްސަ ޑޮކްޓަރެއް، ޖެރިއާޓްރިޝަނެއް ނުވަތަ އެތެރެ ހަށީގެ ޑޮކްޓަރަކަށް ދައްކައިގެން އެކަން ޔަގީންކޮށް ފަރުވާ ކުރުމަކީ މުހިއްމުކަމެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ