ފޮޓޯ: އެމްޑީއޭ
ހަބަރު
14 Sep 2022 | 00:01
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެންމެ ރީތި، ސްމާޓް ކެންޑިޑޭޓަކީ ސިޔާމް: މައުރޫފް

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެންމެ ރީތި، އެންމެ ސްމާޓް ކެންޑިޑޭޓަކީ އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުހައްމަދު ކަމަށް އެ ޕާޓީގެ ނައިބު ރައީސް މައުރޫފް ވިދާޅުވެއްޖެއެވެ. 

މައުރޫފް މިހެން ވިދާޅުވެފައިވަނީ މިރޭ ސަންގު ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ. މައުރޫފް އިތުރަށް ވިދާޅުވެފައިވަނީ އެމްޑީއޭގެ ރައީސް ޝިޔާމްއަކީ ވަރަށް ޒުވާން ރީތި ބޭފުޅެއް ކަމަށާއި ރީތި ކަމަށްވެސް ވޯޓު ލިބޭ ކަމަށެވެ.

އެގޮތުން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޑރ. ހަސަން ސައީދަށް 25،000 ވޯޓު ލިބިފައިވަނީ އެބޭފުޅާގެ ރީތިކަމަށް ކަމުގައި މައުރޫފު ވިދާޅުވިއެވެ. އަދި ހަސަން ސައީދަކީ އެއްވެސް ވިޔަފާރިއެއްކޮށް މާލީ ތަނަވަސް ކަމެއް ނެތް ބޭފުޅެއް ކަމަށާއި އެބޭފުޅާ ފާހަގަވެގެން ދިޔައީ ރައީސް މައުމޫނާއި އެކީ ކުޑަދުވަސް ކޮޅެއްގައި އުޅުމުން ކަމަށް މައުރޫފް ވިދާޅުވިއެވެ.

"އަޅުގަނޑު ކައިރި އެތައް އަންހެން ކުދިންނެއް ބުނި ހަސަން ސައީދަށް ވޯޓުދިނީ ރީތިވެގެން ކަމަށް، އަދި އަޅުގަނޑުމެންގެ ރައީސް އަށްވުރެ ސްމާޓް ރީތި ބޭފުޅަކު ނެތް މިއަދު ރިޔާސީ ރޭހަކު" 

އެމްޑީއޭގެ ނައިބު ރައީސް މައުރޫފް

އެމްޑީއޭއިން ރަސްމީކޮށް މިހާތަނަށް އެ ޕާޓީގެ ރިޔާސީ ޓިކެޓު ސިޔާމަށް ހަވާލުކޮށްފައިނުވި ނަމަވެސް މި ފަހުން ބޭއްވި އެޕާޓީގެ ކޮންގްރެސްގައި ވަނީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ޓިކެޓު ސިޔާމަށް ދިނުމަށް ނިންމާފައެވެ.

ކޮމެންޓް
އިއްބެ
މައުރޫފުތުނބުޅިލައިފައިހުއްޓަސްމީހުންގެރީތިވަކިކުރާކަށްނޭގުނެވެ މީހުންރީތިވަނީ ތަޤުވާވެރިކަމާއި މަކާރިމުލްއަޚުލާޤުގެރިވެތިސިފަތައް އެމީހެއްގެކިބާގައިހުރުމުންނެވެ
14 Sep 2022
ޙިބަރު
ޢަނެއްކާ ތިވަރުން ދަންޔާް އަލާން ގިރި ކުޅިނުކުޅެ ދާނެބާ
14 Sep 2022
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.