ފޮޓޯ: ބަޔާން މިއުނިކް
ކުޅިވަރު
14 Sep 2022 | 07:07
ޗެމްޕިއަންސް ލީގު: ބާސާ އަނެއްކާވެސް ބަޔާންގެ އަތްދަށު ވެއްޖެ

ޗެމްޕިއަންސް ލީގުގައި ސްޕެއިންގެ ބާސެލޯނާއިން އަނެއްކާވެސް ޖަރުމަނުގެ ބަޔާން މިއުނިކްގެ އަތްދަށު ވެއްޖެއެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސީގައި ކުޅުނު މި މެޗު ބަޔާން އިން ކާމިޔާބު ކޮށްފައިވަނީ 0-2 ގެ ނަތީޖާއަކުންނެވެ. މިއާއި އެކު އެންމެ ފަހުން ބަޔާން އިން ބާސާއާއި ދެކޮޅަށް ކުޅުނު ހަތަރު މެޗުގައި އެ ޓީމުން ކާމިޔާބުކުރި ގޯލުގެ އަދަދު މިވަނީ 16 އަށް އަރާފައެވެ. މި ހަތަރު މެޗުގައި ބާސާއަށް ޖެހިފައިވަނީ އެންމެ ދެ ގޯލެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ބާސެލޯނާގެ ކޯޗު ޒަވީ ބުނެފައިވަނީ މެޗުން ބަލިވި ނަމަވެސް މޮޅަށް ކުޅުނީ އޭނާގެ ޓީމުން ކަމަށެވެ.

ބަޔާންގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ދަށް ކުޅުމެކެެވެ. ނަމަވެސް ވަރުގަދަކޮށް މެޗު ފެށި ބާސާއިން ވަނީ ފުލުފުލުގައި ބަޔާންގެ ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ހާއްސަކޮށް މި ސީޒަނަށް ބަޔާން ދޫކޮށް ބާސާއާއި ގުޅުނު ރޮބާޓް ލެވަނޑޮސްކީއަށް ވަނީ މެޗުގެ ފުރަތަމަ ހާފުގައި ހުސް ދެ ފުރުސަތެއް ލިބިފައެވެ. ނަމަވެސް ފުރުސަތުތަކުގެ ބޭނުން ނުހިފި މެޗުގެ ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ 0-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ދެވަނަ ހާފުގައި ބަޔާން އިން ވަނީ ކުޅުން ރަނގަޅުކޮށް 5 މިނަޓު ތެރޭ ދެ ގޯލުގެ ލީޑެއް ނަގާފައެވެ. ބަޔާންގެ ފުރަތަމަ ގޯލު މެޗުގެ 50 ވަނަ މިނަޓުގައި ކާމިޔާބުކޮށްދީފައިވަނީ ލޫކަސް ހަނާންޑޭޒްއެވެ. ދެވަނަ ގޯލު މެޗުގެ 54 ވަނަ މިނަޓުގައި ކާމިޔާބުކޮށްދީފައިވަނީ ސާނޭއެވެ. 

މި މޮޅާއި އެކު ބަޔާން ވަނީ ކުޅުނު ދެ މެޒު ކާމިޔާބުކޮށް ގުރޫޕުގެ އެއްވަނައިގައި ހަމަޖެހިލާފައެވެ. މި ގުރޫޕުގައި ދެން ހިމެނޭ އިންޓަ މިލާން އަދި ވިކްޓޯރިއާ ޕިޒެން ކުޅުނު މެޗު ކާމިޔާބު ކޮށްފައިވަނީ އިންޓަ މިލާނުންނެވެ. މިރޭގެ މެޗުން ބަލިވި ނަމަވެސް 0-5 އިން ފުރަތަމަ މެޗު ކާމިޔާބުކުރި ބާސާއިން ގްރޫޕުގެ ދެވަނައިގައި އޮތް އިރު ތިން ވަނައިގައި އޮތީ އިންޓަ މިލާންއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.