އެމްޑީއޭގެ ލީޑަރ އަޙްމަދު ސިޔާމް-- ފޮޓޯ: މަޖިލިސް
ހަބަރު
15 Sep 2022 | 06:47
އެމްޑީއޭއިން ޑިސެމްބަރު މަހު ބޮޑު ޖަލްސާއެއް ބާއްވަނީ

މޯލްޑިވިއަން ޑިވޮލަޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން އަންނަ ޑިސެމްބަރު މަހު ބޮޑު ޖަލްސާއެއް ބާއްވާނެކަން އިއުލާންކޮށްފިއެވެ. 

އެމްޑީއޭގެ އަހަރީ ދުވަހާއި ދިމާކޮށް ޑިސެމްބަރު 20 ވަނަ ދުވަހު ބޮޑު ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާކަން އިއުލާން ކުރައްވާފައިވަނީ އެ ޕާޓީގެ ނައިބު ރައީސް އަލީ މައުރޫފްއެވެ. މައުރޫފް މިހެންވިދާޅުވެފައިވަނީ އިއްޔެ ކުރިއަށްދިޔަ އެޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާ ނިންމަވާލެއްވުމަށް ފަހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ. 

މައުރޫފް އިތުރަށް ވިދާޅުވެފައިވަނީ އެމްޑީއޭއިން މިވަގުތު މަސައްކަތް ކުރަމުންދާ މައިގަނޑު އަމާޒަކީ ޕާޓީގެ ރައީސް އަށް ރިޔާސީ ޓިކެޓު ހަވާލުކުރާއިރު، ޕާޓީއަށް 30،000 މެންބަރުން ހަމަކުރުން ކަމަށެވެ. އަދި ރިޔާސީ އިންތިހާބަށް ދާއިރު ރާއްޖޭގެ ވަރުގަދަ ޕާޓީއަކަށް އެމްޑީއޭ ހެދުމުގެ އުންމީދުގައި މަސައްކަތް ކުރައްވާ ކަމަށް ވެސް މައުރޫފް ވިދާޅުވިއެވެ.

"މި ފުރުސަތުގައި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެން ދިވެހިރާއްޖޭގެ ތާރީހު ބަދަލުކުރާނަމޭ، މާތް ރަސްކަލާނގެ އިރާދަފުޅާއިއެކީގާ." 

އެމްޑީއޭގެ ނައިބު ރައީސް ރައީސް އަލީ މައުރޫފު 

މީގެ އިތުރުން ޕާޓީއަށް މެންބަރުން އިތުރުކުރުމަށް ރާއްޖޭގެ ރަށްރަށަށް ޒިޔާރަތް ކުރުމުން ސިޔާމަށް ތާއީދު އޮތް މިންވަރު ހާމަވެގެން ގޮސްފައިވާ ކަމަށާއި އެހެންވެ، ޕާޓީގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް އިތުރު ހިތްވަރެއް ލިބިއްޖެ ކަމަށްވެސް މައުރޫފް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.