ފޮޓޯ: ޔޫރޯސްޕޯޓް
ކުޅިވަރު
15 Sep 2022 | 12:07
ޗެމްޕިއަންސް ލީގު: ރެއާލް އިން ލެއިޕްޒުގް ބަލިކޮށް ގްރޫޕްގެ އެއްވަނައިގައި ހަމަޖެހިލައިފި

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި އެންމެ ފަހުގެ ޗެމްޕިއަނުން ސްޕެއިންގެ ރެއާލް މެޑްރިޑުން އިން ޖަރުމަނުގެ އާރްބީ ލެއިޕްޒުގް ބަލިކޮށް ގްރޫޕްގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ. މި މޮޅާއި އެކު މި ސީޒަނުގައި ރެއާލުން ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކޮށްފައެވެ. މި ވަގުތު ޔޫރަޕުގައި %100 ގެ މޮޅުވުމުގެ ރެކޯޑެއް އޮތް ހަމައެކަނި ޓީމަކީ ރެއާލް މެޑްރިޑް އެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ރެއާލްގެ ކޯޗު ކާލޯ އެންޖެލޯޓީ ބުނެފައިވަނީ ރޭގެ މެޗުގައި އޭނާގެ ޓީމުން ބޮޑަށް ކުޅުނީ ޑިފެންސިވް ކުޅުމެއް ކަމަށާއި ލެއިޕްޒިގެ ފަދަ އެޓޭކިން ރަނގަޅު ޓީމުތަކާއި ދެކޮޅަށް ކުޅެން ޖެހޭނީ އެގޮތަށް ކަމަށެވެ. އަދި އޭނާގެ ކުޅުންތެރިން ކައިރި އޭނާ އަބަދުވެސް ބުނަނީ މެޗުން މޮޅުވުމަށް ކަމަށް އެންޖެލޯޓީ ވަނީ ބުނެފައެވެ.

މި މެޗުގައި ދެ ޓީމުންވެސް ރަނގަޅު ކުޅުމެއް ދައްކާ ރަނގަޅު ފުރުސަތުތަކެއް އުފައްދާފައިވެއެވެ. މެޗުގެ ފުރަތަމަ ގޯލު ފެނިގެން ގޮސްފައިވަނީ މެޗުގެ 80 ވަނަ މިނަޓުގައެވެ. މި ގޯލު ރެއާލް އަށް ކާމިޔާބު ކޮށްދިނީ ފެޑެރިކޯ ވަލްވާޑޭ އެވެ. އެންމެ ފަހުން ސްޕެނިޝް ލަލީގާ ގައި ކުޅުނު މެޗުގައިވެސް ވަލްވާޑޭގެ ރީތި ގޯލެއް ފެނިގެން ގޮސްފައިވެއެވެ.

މެޗުގައި ރެއާލް އިން ޖެހި ދެވަނަ ގޯލު ފެނިގެން ގޮސްފައިވަނީ އިތުރު ވަގުތުގެ ތެރޭގައެވެ. އެ ޓީމަށް މި ގޯލު ޖަހައިދީފައިވަނީ މާކޯ އެސެންސިއޯއެވެ. 

ރެއާލް ހިމެނޭ ގްރޫޕް އެފް ގައި ދެން ހިމެނޭ ދެ ޓީމުކަމަށްވާ ސެލްޓިކް އަދި ޝަކްތަރު ކުޅުނު މެޗު ވަނީ 1-1 އިން އެއްވަރުވެފައެވެ. މި ނަތީޖާތަކާއި އެކު ދެ މެޗުން 6 ޕޮއިންޓާއި އެކު ރެއާލް އޮތީ ގްރޫޕްގެ އެއްވަނައިގައެވެ. ދެވަނައިގައި ދެ މެޗުން ހަތަރު ޕޮއިންޓު ހޯދައިގެން ޝަކްތަރު އޮތް އިރު އެއް ޕޮއިންޓާއި އެކު ތިންވަނައިގައި އޮތީ ސެލްޓިކް އެވެ. ގްރޫޕްގެ ފުލުގައި އޮތީ ދެމެޗުން ވެސް ބަލިވި ލެއިޕްޒިގް އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މި މަހުގެ ހަތަރުވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައިވެ އެވެ.
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.
05 Aug 2026
ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް މި އަހަރު ވެސް ބާއްވަނީ
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީއެމްޖީސީ) މި އަހަރު ބާއްވާނެ ކަމަށާއި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށް ދިރާގުން އިއުލާނުކޮށްފިއެވެ.
05 Aug 2026
އއ.އުކުޅަހުގައި ތަރައްޤީކުރާ ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް ފަށައިފި
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މި މަޝްރޫޢުގެ ދަށުން އުކުޅަހުގައި 50 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.
05 Aug 2026
ސްޓޭޓް ފާމާއިން އެސްޓްރަޒެނިކާއާ ގުޅިގެން މަސައްކަތް ފަށައިފި
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ބޭސް ލިބުން ހަރުދަނާކުރުމާ ގުޅޭ ގޮތުން ސްޓޭޓް ފާމާއިން ޔޫރަޕްގެ ބޮޑު ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާގެ މަންދޫބުންނާ މިއަދު ބައްދަލުކޮށް މަޝްވަރާ ފަށައިފިއެވެ.
05 Aug 2026
ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ އިސްލާހެއް
ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކާއި ތަންތަން، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ސަރުކާރަށް ނެގޭގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.