ރިޕޯޓް
20 Sep 2022 | 15:26
ހައްޔަރުކުރި އިންޑިއާ ޖާސޫސުންގެ ބޭނުމަކީ ކޮބާ؟

އިންޑިއާގެ ޖާސޫސުންތަކެއް ރާއްޖެގެ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އޯގަސްޓްމަހުގެ 28 ވަނަ ދުވަހުގެ ރޭ އަތުލައިގަނެ ކޯޓަށް ގެންގޮސް އެމީހުންގެ ބަންދުގެ މުއްދަތު ޖަހައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ޚަބަރު ރާއްޖޭގެ މީޑިއާތަކުން ފުލުހުންނާ ހަވާލާދީ ރިޕޯޓްކޮށްފައި ވެއެވެ. އޭގެފަހުން މި ޖާސޫސުންނާ ބެހޭ ވާހަކައެއް ނީވެއެވެ.

ފުލުހުން މިކަން ތަހްގީގުކުރަމުންދެއެވެ. ވޮއިސްއަށް އެކިގޮތްގޮތުން ލިބިފައިވާ މައުލޫމާތާއި, ފުލުހުންގެ މަސްދަރުތަކުން ފޯރުކޮށްފީފައިވާ މައުލޫމާތުތަކަށް ބަލާއިރު މިއީ އާދައިގެ މައްސަލައެއް ކަމަކަށް ފުލުހުން ނުބަލައެވެ.

އަތުލައިގަތް ދެމީހުންގެ އަތުން ފެނިފައިވާ ސަމާނުތަކަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޖާސޫސީ އާލާތްތަކެވެ. އެހެންކަމަށްވާނަމަ މިފަދަ އެއްޗެއް އިންޑިއާގެ ޖާސޫސުންތަކެއް ދިވެހި ރާއްޖެއަށް އެތެރެކުރުމުގެ ފަހަތުގައި ކޮންމެވެސް ކަމެއް ހިމެނޭނެއެވެ. 

ހައްޔަރުކުރެވުނު ދެމީހުންނަކީ މިބާވަތުގެ އާލާތްތަކެއް ގެންގުޅެފާނެކަމަށް ހީވެސް ނުކުރެވޭހާ އާދައިގެ ގޮތަކަށް އުޅުނު ބައެކެވެ. ވޮއިސްއަށް ފުލުހުންގެ މަސަދަރުތަކުން މައުލޫމާތު ދިންގޮތުގައި ފުލުހުން އެމީހުންނާ ސުވާލުކުރުމުން ބުނެފައިވަނީ އެމީހުންނަކީ އޭވިއޭޝަން ޓްރޭނިންގ އިންސްޓްރަކްޓަރުން ކަމަށެވެ.  ހައްޔަރުކުރެވުނު ދެމީހުންގެތެރެއިން އެކަކީ އޭގެ މީހެއް ކަމަށެވެ.

ތުހުމަތުކުރެވޭ މީހުންގެ އަތުން ފެނިފައިވާ ސްޕައި ކެމެރާއަކީ އެ އޮންކޮށްލުމުން އިންޓަރނެޓް ކަނެކްޝަން ހެދޭ ފަދަ އާލާތެކެވެ. މާނައަކީ ކެމެރާ ހަރުކޮށްގެން އެމީހުން ކުރާ ކަންކަން އިންޑިއާގައި ނަމަ އެމީހުން ގުޅިފައިވާ ބަޔަކަށް ލައިވްކޮށް ފެންނަމުންދާނެކަމެވެ. ކެމެރާއާއި ގުޅިފައިވާ އެހެން ޑިވައިޒްވެސް ހިމެނެއެވެ. މީގެ ސައިޒު ގަމީހުގެ ގޮށަކަށްވުރެންވެސް ކުޑަކަން ފާަހަގަކޮށްލަން ޖެހެއެވެ.

ކޮންމެއަކަސް ކުރިން ދެންނެވި ފަދައިން މިއީ އިންޑިއާގެ ޖާސޫސީ މިޝަނެއްކަމުގައިވާނަމަ މިމަޝަންގެ ފަހަތުފައިވަނީ ކޮންކަމެއްހެއްޔެވެ. އެއްކަމެއް ހާސިލުވެއްޖެއެވެ. އެއީ ރާއްޖޭގެ އެއަރޕޯޓްގެ ސެކިއުރިޓީ މެޝިންތަކަށް ނާރުވައި މިތަކެތި އެތެރެކުރެވިދާނެކަމެވެ. އެއޮތީ އެތެރެކޮށްފައެވެ. 

ދެން ކޮންކަމެއް ހެއްޔެވެ.

ސިޔާސީ މަސްރަހަށް ބަލާނަމަ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވަފްދަކާއެކު ދާދިފަހުން އިންޑިއާއަށް ވަޑައިގެންފިއެވެ. އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިއުދިއްލީއަށް ގެންދަވައިފިއެވެ. މިނިސްޓަރ ޝާހިދުވެސް ގެންދަވައިފިއެވެ. މިބޭފުޅުންނަކީ އިންޑިއާގެ މަސްލަހަތުތަކަށް ވަރަށް މަތީ ދަރަޖައަކަށް ބައްލަވާ ބޭފުޅުންކަމަށް ރާއްޖޭގައި އަޑުފެތުރިފައި އޮވެއެވެ. ރާއްޖޭގެ ސަލާމަތީ އިދާރާތަކުން އޮތް ހުރަހެއް ފެންނާކަށެއް ނެތެވެ. އެހެންވީމާ ކޮންކަމެއް ހެއްޔެވެ?

ފާރަލާންވީ ކޮންކަމަކާ ހެއްޔެވެ?

ވިސްނާލީމާ ޖާސޫސީ ޓީމެއް ފޮނުވައިގެން ބަލަން އޮތީ އެންމެ ކަމެއްހޭ ބުނެވިދާނެއެވެ. އެއީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނެ މީހެކެވެ. އެމީހަކަށް ފާރަލައި ބެލުމެވެ. ފާރަލާންވީ ކޮންކަމަކާ ހެއްޔެވެ?

އިދިކޮޅު ކެންޑިޑޭޓެއްގެގޮތުގައި މިހާރު ފެންނަންހުރި ކުރީގެ ރައީސް ޔާމީން، އެމަނިކުފާނުގެ ގެކޮޅުން ޕާޓީ އޮފީހަށް ވަޑައިގަންނަވަން އެދެމެދުގައިވާ ސަތޭކަ ވަރަކަށް ފޫޓް ހުރަސްކުރައްވަނީ ސެކިއުރިޓީ ކާރުކޮޅުގައި ސިފައިންގެ ދެމީހުން ދެފަރާތުގައި ތިބެގެންނެވެ.

ކޮންމެވެސް ސަބަބަކާހެދި އެމަނިކުފާނަށް އޮތް ތްރެޓްލެވެލް ސިފައިން މައްޗަށް ޖައްސައިގެން އުޅެނީކަމަށް ވެދާނެއެވެ.

ރައީސް ޔާމީނަކީ މިފަހަރު ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވާނެކަމަށް އެންމެ ބޮޑަށް އަޑުއަރަމުންދާ ބޭފުޅާއެވެ.

މިޖާސޫސީ މީހުންނާގުޅޭ އެހެން ވާހަކައެއްވެސް އިވެއެވެ.

އެމީހުންނަކީ ރާއްޖެއަށް ޒިޔާރަތްކުރާ ކޮންމެވެސް ޕްރައިވެޓް ބައެއްގެ މަންޒަރުތައް ސިއްރުން ވީޑިއޯކުރަން ފޮނުވައިގެން އުޅޭ ބައެއްކަމަށްވެސް އަޑުއިވެއެވެ. އާއްމުކޮށް އިންޑިއާގެ މީޑިއާތަކުން އެންމެ ފޯރިހުންނަ އެކައްޗަކަށް މަޝްހޫރު ފިލްމް ސްޓާރުން ބިކިނީގައި އުޅޭމަންޒަރު ސިއްރުން ވީޑިއޯކޮށްގެން ދެއްކުން އޮވެއެވެ.

ކޮންމެއަކަސް މިއީ ޖާސޫސްކުރާ ސާމާނުތަކަކާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ބަޔަކު ގެންގޮސް ކޯޓް އަމުރެއްގެ ދަށުން ހިފަހައްޓައިގެން އުޅޭ މައްސަލައަކަށްވާތީ ސީރިއަސް މައްސަލައެއްކަމަށް ބަލަންޖެހެއެވެ.

ދިވެހި ރާއްޖެއަކީ ދުނިޔޭގެ ބޮޑެތި ވިޔަފާރި ވެރިން އިންވެސްޓްކުރަން އަންނަ ގައުމަކަށްވާއިރު ރާއްޖެއަކީ ރައްކާތެރި ތަނެއްގެ ގޮތުގައި ދަމަހައްޓަންޖެހެއެވެ.

އެޑިޓަރުގެ ނޯޓް
މި ސަރުކާރުން ހެއްކާއި ބެހޭ ޤާނޫނަށް ގެނައި ބަދަލާއެކު ނޫސްވެރިން ހާމަ ކުރާ މައުލޫމާތުގެ މަސްދަރު ހާމަ ކުރަން މަޖުބޫރުކޮށް ނޫސްވެރިޔާ ޖަލަށްލެވޭ ގޮތަށް ގާނޫނުވަނީ ހަދާފަ އެވެ. ފުލުހުންގެ ފަރާތުން މައުލޫމާތު ދިން ފަރާތް ހޯދަން މަސައްކަތް ކުރުމަކީ ކޮށްފާނެ ކަމެކެވެ.
ކޮމެންޓް
މަހުޖޫބް
މިވާހަކަ ނޫސްތަކުގަ ގިނައިން ލިޔަންވީ. ބިރުވެރި ކަމެއް މީ. ދިވެހިން މަޑުން ތިބެގެން ނުވާނެ
20 Sep 2022
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.