ފޮޓޯ: ޓެލެގްރާފް
ކުޅިވަރު
16 Sep 2022 | 08:16
ޔޫރަޕާ ލީގު: ޝެރިފް ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން ގްރޫޕުގައި ހަމަޖެހިލައިފި

ޔޫރަޕާ ލީގު ގެ ގްރޫޕް އީ ގައި ކުޅުނު މެޗުގައި މޮލްޑޯވާގެ އެފްސީ ޝެރިފް ބަލިކޮށް އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑުން ގްރޫޕުގައި ހަމަޖެހިލައިފިއެވެ.

މެންޗެސްޓާ ޔުނައިޓެޑުން މިރޭގެ މެޗަށް ނުކުތީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން އަމިއްލަ ދަނޑުގައި ސްޕެއިންގެ ރެއާލް ސްސެޑައިޑާއި ކުޅުނު މެޗުން ބަލިވެ ނުތަނަވަސް ކަމެއްގެ ތެރޭގައި އޮވެއެވެ. ނަމަވެސް އެ މެޗަށްފަހު ޕްރިމިއާ ލީގުގައި ކުޅެން އޮތް މެޗު ކެންސަލް ވުމާއި އެކު ޝެރިފް އާއި ދެކޮޅަށް ނުކުތުމުގެ ކުރިން ތައްޔާރުވުމަށް އެ ޓީމަށް ލިބުނު ދުވަސްތަކުގެ ބޭނުން ހިފައިފާވާކަން މި މެޗުން ފެނިގެން ގޮސްފައިވެއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް ބުނެފައިވަނީ މެޗު ފެށުނު ކޮޅު އުނދަގޫވި ކަމަށާއި ނަމަވެސް އޭނާގެ ކުޅުންތެރިން ވަނީ ފަހުން ކުޅުން ރަނގަޅުކޮށް ލީޑު ނަގާފައި ކަމަށެވެ. 

އިނގިރޭސި ރާނީ އަވަހާރަވުމާއި ގުޅިގެން ޕްރިމިއާ ލީގުގައި އަންނަ ހަފްތާގައި ޔުނައިޓެޑު ކުޅެން އޮތް މެޗުވެސް ކެންސަލް ވުމާއި އެކު ދެން އެ ޓީމުން ނިކުންނާނީ ވާދަވެރި މެންޗެސްޓާ ސިޓީއާއި ދެކޮޅަށް އަންނަ މަހުގެ ދެވަނަ ދުވަހުއެވެ.

މި މެޗުގައި މެންޗެސްޓާ ޔުނައިޓެޑުން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓާ ތަފާތު ކުޅުމެއް ދައްކާފައެވެ. އެގޮތުން ޔުނައިޓެޑުގެ މެދުތެރެއަށް ކުޅޭ ޑެންމާކްގެ އެރިކްސަން ވަނީ މި މެޗުގައި ތަފާތު ކުޅުމެއް ދައްކާފައެވެ. މެޗުގެ 17 ވަނަ މިނަޓުގައި ޖޭޑަން ސަންޗޯ ޔުނައިޓެޑަށް ލީޑު ނަގައިދިން އިރު މެޗުގެ 39 ވަނަ މިނަޓުގައި ލިބުނު ޕެނަލްޓީއަކުން ޔުނައިޓެޑުގެ ލީޑު ފުޅާކޮށްދީފައިވަނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިއީ މި ސީޒަނުގައި ރޮނާލްޑޯ ކާމިޔާބުކުރި ފުރަތަމަ ގޯލެވެ. 

ގްރޫޕް އީ ގައި ދެން ހިމެނޭ ދެ ޓީމު ކަމަށްވާ ރެއާލް ސޮސައިޑެޑް އަދި އޮމޯނިއާ ކުޅުނު މެޗު ސޮސައިޑެޑް އިން ކާމިޔާބު ކޮށްފައިވަނީ 1-2 ގެ ނަތީޖާއަކުންނެވެ. މިއާއި އެކު މި ގްރޫޕްގެ އެއްވަނައިގައި ދެ މެޗު ކާމިޔާބުކޮށްގެން ސޮސައިޑެޑް އޮތް އިރު ޔުނައިޓެޑް އަދި ޝެރިފް އަށްވެސް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ގްރޫޕްގެ ފުލުގައި ދެ މެޗުން ބަލިވެގެން އޮތީ އޮމޯނިއާ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.