ޒުވާނުން ހުޅުމާލެ ޕޮލިސް ސްޓޭޝަން ސަރަހައްދުގައި
ހަބަރު
16 Sep 2022 | 01:03
ޒުވާނުން ތަކެއް ހުޅުމާލެ ޕޮލިސް ސްޓޭޝަން ކައިރިއަށް އެއްވެއްޖެ
16 Sep - 01:49

ރޭސް ޖެހުމަށް ފުލުހުން ހުއްދަ ދިނުމާއި އެކު އިހުތިޖާޖު ނިންމާލައިފި

16 Sep - 01:45

މިި އެއްވުމާއި ބެހޭގޮތުން ޑްރިފްޓް އެސޯސިއޭޝަނުގެ ބަސް އިއްވައިފި

ޒުވާނުން ތަކެއް ހުޅުމާލެ ޕޮލިސް ސްޓޭޝަން ކައިރިއަށް އެއްވެއްޖެ އަޑު އުފުލަން ފަށައިފިއެވެ. 

އެއްވެފައިވަނީ ހުޅުމާލޭގައި އާންމުކޮށް ބުރާސްފަތި ދުވަހުގެ ރޭ އަދި ހުކުރު ދުވަހުގެ ރޭ ރޭސް ޖަހާ ޒުވާނުން ކަމަށް ބެލެވެއެވެ. އެ ސަރަހައްދަށް ޒުވާނުން އެއްވެފައިވަނީ ރޭސް ކާރުތަކާއި އެކުއެވެ. ޒުވާނުން ވަނީ އެ ކާރުތައް ޕޮލިސް ސްޓޭޝަން ކުރިމަތީ ޕާކް ކޮށްފައެވެ. 

މި މައްސަލައިގައި މޯލްޑިވްސް ޑްރިފްޓް އެސޯސިއޭޝަންގެ އޮފިޝަލަކު "ވޮއިސް" އަށް މައުލޫމާތު ދިން ގޮތުގައި މިއީ އެ ފަރާތުން އެޗްޑީސީ އިން ހުއްދަ ނަގައިގެން ހިންގާ "ތާޒްޑޭ ނައިޓް" ބޭއްވުމަށް ފުލުހުން ހުރަސްއަޅާ މަގު ހުސްކުރުމަށް އެންގުމުން އެ ޒުވާނުންގެ ހިތްހަމަ ނުޖެހުން ފާޅުކުރުމަށް އެއްވި އެއްވުމެއް ކަމަށެވެ.

އަދި ފުލުހުން އެންގި ގޮތަށް ޕޮލިސް ސްޓޭޝަން ކައިރި އާންމުންނަށާއި ދަތުރުކުރާ މީހުންނަށް އުނދަގޫ ނުވާނެ ހެން ކާރުތައް ޕާކް ކޮށްފައި ބެހެއްޓީ ކަމަށްވެސް އެފަރާތުން ވަނީ މައުލޫމާތު ދީފައެވެ. 

މީގެ އިތުރުން ރައީސް ޞާލިހް ހުރިހާ ކުޅިވަރަކަށް އެއްވަރަށް ފުރުސަތު ލިބޭނެ ކަމަށް ވިދާޅުވި ނަމަވެސް ޑްރިފްޓިން އަށް އެއްވެސް ވަރަކަށް ފުރުސަތު ނުލިބޭކަން އެފަރާތުން ވަނީ ފާހަގަ ކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.