ކުރީގެ ނޫސްވެރިޔާ އަބްދުﷲ ނަސީރު އިބްރާހިމް
ހަބަރު
16 Sep 2022 | 16:23
އެއްޖިންސުން ގުޅުން ހިންގި ތާރީޚް ނޭނގޭތީ ނަސީރު ގެ މައްސަލަ ބަލައެއްނުގަތް!

އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައިވާ ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ، ނަސީރު އިބްރާހިމް، އެ ކުށް ކުރި ތާރީޚް ނޭނގޭތީ، އެ މައްސަލަ ބަލައި ނުގަނެ އަނބުރާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ކްރިމިނަލް ކޯޓުން ފޮނުވާލައިފި އެވެ.

ނަސީރު ކަމަށް ތުހުމަތު ކުރެވޭ މީހަކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވީ ޖޫން މަހުގެ ތެރޭގަ އެވެ. އެހެން ނަމަވެސް އެއީ ކޮން އިރެއްގެ ވީޑިއޯ އެއް ކަމެއް ސާފެއް ނުވެއެވެ. 

އެ މައްސަލަ އާއި މިދިޔަ ޖުލައި މަހު ފުުލުހުން ނަސީރު ހައްޔަރުވެސް ކުރިއެވެ. އެހެން ނަމަވެސް ބަންދުގައި ދުވަސްކޮޅަކު ބެހެއްޓުމަށްފަހު ފުލުހުން އޭނާ ދޫކޮށްލީ ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް މައްސަލަ ފޮނުވުމަށްފަހު އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ނަސީރުގެ މައްސަލާގައި ދައުވާ ކޮށްދޭން އެދި ފޮނުވިއިރު އޭނާ ކުށްކުރި [އެއްޖިންސުން ގުޅުން ހިންގި] ތާރީހު އެނގެން ނެތުމުން ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާ ވަނީ އެމައްސަލަ ބަލައި ނުގަތުމަށް ނިންމާފަ އެވެ. އެގޮތުން ނަސީރުގެ މައްޗަށް އުފުލި ދައުވާ ބަލައިނުގަންނަން ރަޖިސްޓްރާ ނިންމެވީ ޖުނަހުގެ ކުށެއްގެ [މެދު މިނުމުގެ ކުށްތައް] ތުހުމަތުގައި ދައުވާ އުފުލާނަމަ އެކުށެއް ކުރި ތާރީހުން ފެށިގެން ތިން އަހަރުތެރޭ ދައުވާ ކުރަން ޖެހޭނެ ކަމަށް ގާނޫނުލްއުގޫބާތުގައި ކަނޑައަޅާފައިވާތީ މި މައްސަލާގައި ކުށްކުރި ތާރީހެއް އެނގެން ނެތުމުން ކަމަށްވެސް މައުލޫމާތު ލިބެއެވެ. 

އެހެންކަމުން އެނިންމުން ރިވިއުކޮށް ދިނުމަށް އެދި ޕީޖީ އޮފީހުން މިހާރު ވަނީ މައްސަލަ ކްރިމިނަލް ކޯޓުގެ ގާޒީންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ.

ނަސީރުގެ އިތުރުންވެސް ގިނަ ބަޔަކު ބަންގުލަދޭޝަށް ނިސްބަތްވާ އެމްޑީ އަލަމްގިރި ނަމަކަށް ކިޔާ ޒުވާނަކާއެކު އެއްޖިންސުން ގުޅުންހިންގާ ވީޑިއޯތައް މިދިޔަ ޖޫން މަހުގެ ތެރޭގައި އާންމުވި އެވެ. އެ މައްސަލަތަކުގައި ޝާމިލްވާ ބައެއް މީހުންނަށް ދައުވާ ކުރަން ޕީޖީ އޮފީހުން ފޮނުވާފައިވާއިރު، އެ އޮފީހުން އެ މީހުންގެ މައްޗަށް ދައުވާކުރީ ގާނޫނުލްއުގޫބާތުގެ ދަށުންނެވެ. އެގޮތަށް ދައުވާ ކުރުމުން ކުށުގެ އަސާސީ އަދަބީ 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.
އެގޮތުން ދައުވާ ކުރަން ފޮނުވި މީހުންގެ ތެރެއިން ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރާއި ބަންގްލަދޭޝްގެ އަލަމްގީރަށް ކުށްސާބިތުވެ މިހާރު ވަނީ ހުކުމްކޮށްފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.