އިސްލާމީ މަރުކަޒު
ހަބަރު
17 Sep 2022 | 12:00
އިސްލާމީ މަރުކަޒުގެ ގޯތިތެރެއަށް އިންޑިއާ މީހެއް ބޮޑުކަމުގޮސްފި

އިސްލާމީ މަރުކަޒުގެ ގޯތިތެރެއަށް އިންޑިއާ މީހެއް ބޮޑުކަމުގޮސްފިއެވެ.

އިންޑިއާ މީހާ މިސްކިތައް ބޮޑު ކަމުގޮސްފައިވަނީ ރޭ 22:00 ހާއިރުއެވެ. 

"ވޮއިސް" އަށް މައުލޫމާތު ލިިބިފައިވާ ގޮތުގައި މިސްކިތައް ބޮޑު ކަމުދިޔަ އިންޑިއާ މީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފައެވެ.

މިކަން ފުލުހުން ކަށަވަރުކޮށްދީފައިވާއިރު, މި މައްސަލާގައި 40 އަހަރުގެ ފިރިހެނެއް ހަޔަރުކުރެވިފައިވާކަމަށް ފުލުހުން "ވޮއިސް" އަށް މައުލޫމާތު ދީފައިވެއެވެ.

މިސްކިތުގެ ހުރުމަތް ކެނޑޭގޮތައް މިސްކިތައް ކުޑަ ކަމުދިޔުމާއި, ބޮޑު ކަމުދިޔުމުގެ މައްސަލަތައް މިހާރަކަށް އައިސް ފެންމަތިވަމުން އަންނަ އިރު އެފަދަ ފަރާތްތަކަށް އެދެވޭ ފިޔަވަޅުތައް ނޭޅޭކަން ފާހަގަކޮށްލަން ޖެހެއެވެ. 

މިފަދަ އަމަލު ހިންގާ އެންމެނަކީ ނަފްސާނީ ބަލި މީހުންކަމަށް ފުލުހުން ބުނެ އެ ފަރާތްތައް މުޖުތަމައުއަށް ދޫކުރުމުން އެއަމަލު ތަކުރާރުކޮށް ކުރާކަން ވެސް ފާހަގަކުރެވިފައިވެއެވެ.

ދީނަށް ފުރައްސާރަ ކުރުމާއި, ހިންދޫ ދީނުގެ ހަރަކާތްތައް ރާއްޖޭގައި ދިރިއުޅެމުން އަންނަ އިންޑިއާ ރައްޔިތުންގެ ކިބައިން ގިނަ ވަމުން އަންނަ އިރު މިފަދަ ކަންކަމުގައިވެސް އެދެވޭ ފިޔަވަޅުތައް ނާޅާކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ސަރުކާރާއި ފުލުހުންނަށް ނުރުހުން ފާޅުކުރަމުންނެވެ. 

ކޮމެންޓް
މަބުރޫކު
ތިވާނީ ނަފްސާނީ މީހަކަށް. ތިކަން ނުބަލާނެ. މަބުނީތީ ވެސް ބަލާތި
17 Sep 2022
ތަސްމީން ޢަލީ
ތީ އެމީހުންގެ ބުދު އީދު ދުވަހާ ގުޅިގެން އިންޑިޔާ ބަޔަކު ހައްޔަރު ކުރުމުން އޭގެ ބަދަލުގައި ކުރިކަމެއް ކަމަށް ވާނީ.
17 Sep 2022
ކަނބުލޮ
އެއީ ބަލިކުދިން
17 Sep 2022
ވެނަ ކުއްދާ
ޝަފްރާޒް ފިތުނަ އުފައްދަން ނޫޅޭ! އިންޑިއާ މީހުން ނޫޅޭނެ އެހެން.
17 Sep 2022
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.