މޭޔަރު ޑރ މުއިއްޒު/ ފޮޓޯ: ސިޓީ ކައުންސިލް
ހަބަރު
17 Sep 2022 | 13:37
މިސްކިތަށް ބޮޑުކަމުދާ ކޮންމެ މީހަކީ ސިކުނޑި ހަމަނުޖެހޭ މީހަކަށް ހަދާފަ ނިންމާލުން ބަލައެއް ނުގަނެވޭ: މޭޔަރު މުއިއްޒު

އިސްލާމީ މަރުކަޒުގެ ގޯތިތެރެއަށް ބޮޑު ކަމުދިޔަ އިންޑިއާ މީހާގެ މައްސަލަ ބެލުމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ. 

ޑރ މުއިއްޒު މިފަދައިން ގޮވާލައްވާފައިވަނީ އިސްލާމީ މަރުކަޒުގެ ގޯތިތެރެއަށް އިންޑިއާ މީހަކު ބޮޑުކަމު ދިޔަ މައްސަލައެއް "ވޮއިސް" ނޫހުން ރިޕޯޓުކުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. 

އެ ޓްވީޓުގައި ޑރ. މުއިއްޒު ވިދާޅުވީ މިސްކިތަށް ކުޑަކަމު ގޮސް، ބޮޑުކަމުގޮސް، މިސްކިތުގެ ހުރުމަތް ކަނޑާ ކޮންމެ މީހަކީ ސިކުނޑި ހަމަނުޖެހޭ މީހަކަށް ހެދުމަށްފަހު އެމީހާއާއި ދޭތެރޭގައި ފިޔަވަޅު ނާޅާ ދޫކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. 

އަދި މިސްކިތްތަކުގެ ހުރުމަތް ކެނޑުން ނިނުމަކަށް ގެނައުމަށް، އެފަދަ ކަންތައްތައް ކުރާ މީހުންނާއި ދޭތެރޭ ހަރުކަށި ފިޔަވަޅު އެޅުމަށް މޭޔަރު ވަނީ ގޮވާލައްވާފައެވެ. 

އިސްލާމީ މަރުކަޒަށް ބޮޑުކަމު ދިޔަ މައްސަލައެއް ފެންމަތވެފައިވާއިރު، މީގެ ކުރިންވެސް ވަނީ މިފަދަ ގިނަ މައްސަލަތަކެއް ފެންމަތިވެފައެވެ.

އެގޮތުން މިސްކިތަށް ކުޑަކަމު ދިޔަ މައްސަލައަކާއި، ހަތިމަށް ކުޅު ޖެހި މައްސަލައެއްގެ އިތުރުން ބަރަހަނާ ހާލުގައި މިސްކިތަށް ބިދޭސީއަކު ވަތް މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ. 

އެހެން ނަމަވެސް މިފަދަ ކޮންމެ މައްސަލައެއްގައި އެކަމުގައި ޝާމިލުވާ ފަރާތް ހައްޔަރުކުރުމަށްފަހު އެއީ ސިކުނޑީގެ މައްސަލައެއް ހުންނަ މީހެއްކަމަށް ހަދާ ފުލުހުން އެމީހާ ދޫކޮށްލައެވެ. 

އެފަދަ ކަންކަން އިތުރުވަމުން ދާތީ، މާލޭ ސިޓީ ކައުންސލުން ވަނީ މާލޭގެ މިސްކިތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސީސީޓީވީ ހަރުކޮށް، އެ ނިޒާމުގެ ތެރެއިން މިސްކިތްތައް ބެލެހެއްޓުމުގެ މަސައްކަތްވެސް ފަށާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Aug 2026
ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުމަށް ޔޫއެފާއިން ބަދަލެއް ނުގެނައި
ފީފާގެ ވިޔަފާރި ޕްލޭން އަނބުރާ ގެންދިޔަ ނަމަވެސް، ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުން ދެމެހެއްޓުމަށް ޔުއެފާއިން ނިންމައި، އިންފަންޓީނޯގެ ރައީސް ކަމާ މެދު އިތުބާރު ނެތްކަން ހާމަކޮށްފި.
07 Aug 2026
ހޫތީންގެ ވަރުގަދަ ހަމަލާއެއް ސައުދީއަށް؛ 11 މީހަކު ޒަޚަމްވި
ޔަމަނުގެ ހޫތީން ސައޫދީ އަރަބިއްޔާގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ނަޖްރާންއަށް ދިން ހަމަލާތަކެއްގައި 11 އާންމުން ޒަޚަމްވެފައިވާ ކަމަށް ސައޫދީ އިސްވެ އޮންނަ ކޯލިޝަނުން ހާމަކޮށްފިއެވެ.
07 Aug 2026
ގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި؛ އަދިވެސް ނުފެނޭ
ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަނިކޮށް އަޑިއަށްދިޔަ "ފްރެންޑް 4" ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް، އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގާ އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ހާމަކޮށްފިއެވެ.
06 Aug 2026
ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި
އޭނާ ހައްޔަރުކޮށްފައިވަނީ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި މި އޮގަސްޓު މަހުގެ 5 ވަނަ ދުވަހު ކޯޓުއަމުރެއްގެ ދަށުންނެވެ.
06 Aug 2026
ދައުރުވާ ދިވެހި ފައިސާ މަދުކުރުމަށް މަރުކަޒީ ބޭންކުން އިތުރު ފިޔަވަޅެއް އަޅައިފި
އެމްއެމްއޭއިން ބުނީ މިދޔަ އަހަރުގެ ޖުލައިމަހު އޯޕަންމާކެޓް އޮޕަރޭޝަން އަލުން ފެށި ފަހުން ބޭންކިން ނިޒާމުގައި ހުރި ރުފިޔާގެ ޒާއިދު ލިކުއިޑިޓީގެ ތެރެއިން އެވެރެޖްކޮށް 2.7 ބިލިއަން ރުފިޔާ މިހިނގާ އަހަރުގެ ޖުލައިގެ ނިޔަލަށް ނެގިފައިވާކަމަށެވެ.
06 Aug 2026
ކަޕްވިނާސް ކަޕްގެ ފައިނަލަށް ނިއުރޭޑިއަންޓާއި މާޒިޔާ
ފައިނަލް މެޗްގެ ކުރިން މި މުބާރާތުަގައި މި ދެޓީމް ބައްދަލުކުރާ މެޗް އޮންނާނީ މިމަހުގެ މިމަހުގެ 15 ވަނަ ދުވަހެވެ
06 Aug 2026
ފޭސް ދޭއްގައި ހިންދޫންގެ އަޅުކަން ކުރި އަންހެން މީހާ ހައްޔަރު ކޮށްފި
ފުލުހުން ބުނި ގޮތުގައި އުމުރުން 44 އަހަރުގެ އެ އަންހެން މީހާ އަކީ ރާއްޖޭގައި ގަވާއިދާ ހިލާދަށް އުޅެމުންދިޔަ މީހެކެވެ. ރާއްޖެ އައީ 2024 ވަނަ އަހަރު އެވެ.
06 Aug 2026
މާޒިޔާ ކަޕްވިނާސްކަޕް ފައިނަލާ ގާތަށް ޖެހިލައިފި
ކަޕްވިނާސް ކަޕްގައި މިރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، އޮޑި ބައްދަލުކުރާ މެޗް އެއްވަރުވުން ނުވަތަ ނިއު ބަލިވެއްޖެނަމަ މާޒިޔާއަށް ފައިނަލިގެ ޖާގައެއް ކަށަވަރުވާނެއެވެ