ޑްރިފްޓް އެސޯސިއޭޝަނުން ބޭއްވި އެއްވުން---ފޮޓޯ: ވޮއިސް
ހަބަރު
17 Sep 2022 | 13:42
ޑްރިފްޓް އެސޯސިއޭޝަންގެ އެއްވުމާއި ރޭސިން އެސޯސިއޭޝަން އިން ދެކޮޅު ހަދައިފި

ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ޑްރިފްޓް ކުރުމަށް ހުރަސް އަޅާކަމަށް ބުނެ މޯލްޑިވްސް ޑްރިފްޓް އެސޯސިއޭޝަނުން ބޭއްވި އެއްވުމާއި ރޭސިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރޭމް) އިން ދެކޮޅު ހަދައިފިއެވެ.

ރޭމް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ބުރާސްފަތި ދުވަހުގެރޭ ހުޅުމާލެގައި ހިނގާދިޔައީ މިހާރު ރާއްޖޭގައި މޮޓޯ ސްޕޯޓްސް އަށް ލޯބިކުރާނެ ބަޔަކު ހިންގާނެ ހަރަކާތެއް ނޫން ކަމަށާއި، މޮޓޯ ސްޕޯޓްސް ވަނީ ހުރިހާ ސަރުކާރަކުންވެސް ބަލައިގަނެ އެ ކުޅިވަރު ކުރިއެރުވުމަށް އެހީތެރިވެފައި ކަމަށެވެ. 

މީގެ އިތުރުން ރޭމް ގެ ބަޔާނުގައި ބުނެފައިވަނީ މޮޓޯ ސްޕޯޓްސްއަށް އެތަކެއް އެހީތެރިކަމެއް ވެދޭ ފުލުހުންނާއި އެ ކުޅިވަރަށް ލޯބިކުރާ ބަޔަކު ކުރިމަތި ނުލާނެ ކަމަށެވެ. އަދި ދަންވަރު ވަގުތަކީ ކުޅިވަރު ކުރިއެރުވުމަށް ރަނގަޅު ވަގުތެއް ނޫންކަމަށާއި އެކަން އެގޮތަށް ކުރުމުން ޒުވާނުންނަށް މަގުތަކުގެ ގާނޫނު ތަކުގެ މަތިން ހަދާންނެތި އެ ކުޅިވަރުގެ ހަމައިން ނެއްޓި ބާރު ސްޕީޑުގައި ދުއްވުން އިތުރުވާ ކަމަށްވެސް ރޭމް އިން ވަނީ ބުނެފައެވެ. 

އަދި ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ރޭމް އަށް ރޭސް ޖެހުމަށް ހުއްދަ ދެވިފައިވާ ވަގުތު ތަކުގެ ތެރެއިން ކޮންމެ ހުކުރު ދުވަހެއްގެ 2:00 އިން 6:00 އަށް ޑްރިފްޓް އެސޯސިއޭޝަން އަށް ވަގުތު ދީފައިވާނެ ކަމަށްވެސް ރޭމްއިން ވަނީ ބުނެފައެވެ. އަދި އެ ވަގުތު ތަކުގައި ޑްރިފްޓް އެސޯސިއޭޝަންގެ ހަރަކާތްތަކަށް ފުލުހުން ހުރަސް ނާޅާނެ ކަމަށްވެސް ރޭމްއިން ވަނީ ބުނެފައެވެ.  

ޑްރިފްޓް އެސޯސިއޭޝަންގެ އޮފިޝަލަކު "ވޮއިސް" އަށް މައުލޫމާތު ދިން ގޮތުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުނު އެއްވުމަކީ އެ ފަރާތުން އެޗްޑީސީ އިން ހުއްދަ ނަގައިގެން ހިންގާ "ތާޒްޑޭ ނައިޓް" ބޭއްވުމަށް ފުލުހުން ހުރަސްއަޅާ މަގު ހުސްކުރުމަށް އެންގުމުން އެއްވި އެއްވުމެއް ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.