ފޮޓޯ: ޕީއޭ އިމޭޖެސް
ކުޅިވަރު
18 Sep 2022 | 08:36
ޕްރިމިއާ ލީގު: ސިޓީއިން ވުލްވްސް ބަލިކޮށް ތާވަލުގެ އެއްވަނަ އަށް

ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަނުން މެންޗެސްޓާ ސިޓީއިން 0-3 ގެ ނަތީޖާއަކުން ވުލްވްސް ބަލިކޮށް ތާވަލުގެ އެއްވަނަ އަށް ޖެހިލައިފިއެވެ. 

މިހާތަނަށް މި ސީޒަނުގައި ސިޓީއިން ލީގުގައި ބަލިވެފައި ނުވާއިރު، އެ ޓީމުން ވަނީ ކުޅުނު 7 މެޗުގެ ތެރެއިން 5 މެޗު ކާމިޔާބުކޮށްފައެެވެ. ނަމަވެސް ސިޓީއަށް އެއްވަނައިގައި ހަމަޖެހިލުމުގެ ފުރުސަތު ލިބޭނީ އާސެނަލް އާއި ބްރެންޓްފޯޑް ބައްދަލުކުރާ މެޗުގެ ނަތީޖާ ނިކުންނަ ގޮތަކުންނެވެ. އެގޮތުން އާސެނަލް މޮޅުވެއްޖެ ނަމަ އެ ޓީމުން އެއްވަނަ އަށް އަރާ އިރު އާސެނަލް އެއްވަރުވެ ނުވަތަ ބަލިވެއްޖެ ނަމަ ސިޓީ އެއްވަނައިގައި ދެމި އޮންނާނެއެވެ. 

ވުލްވްސްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ މިނަޓުގައި ސިޓީއިން ވަނީ ލީޑު ނަގާފައެވެ. އެގޮތުން އެ ޓީމުން ކުރި ފުރަތަމަ އެޓޭކުގައި މި ގޯލު ކާމިޔާބު ކޮށްދީފައިވަނީ ޖެކް ގްރީލިޝްއެވެ. މި ފަހުން ގްރީލިޝް ގެ ފަރާތުން ގޯލެއް ނުފެނި ގިނަ ދުވަސްތަކެއް ވެފައިވާތީ އޭނާއަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާކަންވެސް ފާހަގަ ކޮށްލެވެއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ގްރީލިޝް ބުނެފައިވަނީ ގޯލު ނުޖެހުމުން އޭނާއަށް ކުރިމަތިވާ ފާޑުކިޔުންތަކަށް އޭނާ ގަބޫލު ކުރާ ކަމަށާއި އޭނާއަށް މިއަށްވުރެ ގިނައިން ގޯލު ޖެހެން ޖެހޭނެ ކަމަށެވެ.

ސިޓީއިން ވަނީ މެޗުގެ 16 ވަނަ މިނަޓުގައި ލީޑު ފުޅާކޮށްފައެވެ. މި ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މި ސީޒަނުގައި އެ ޓީމުގައި އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ އާލިން ހާލަންޑެވެ. މިއީ ހާލަންޑު މިހާތަނަށް ކުޅުނު 7 ލީގު މެޗުގައި ޖަހައިދިން 11 ވަނަ ގޯލެވެ. ސިޓީގެ ފަހު ގޯލު މެޗުގެ ދެވަނަ ހާފުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ފިލް ފޯޑެން އެވެ. 

މެޗުގެ 33 ވަނަ މިނަޓުގައި ވުލްވްސްގެ ނެތަން ކޮލިންސް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ އޭނާއަށް ރަތް ކާޑު ދައްކާފައެވެ. 

ސިޓީއިން ދެން ލީގުގައި ނުކުންނާނީ އެ ޓީމާއި އެންމެ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.