ފޮޓޯ: ޕްރިމިއާ ލީގު
ކުޅިވަރު
18 Sep 2022 | 08:29
ޕްރިމިއާ ލީގު: ސަން ގެ ހެޓްރިކާއި އެކު ޓޮޓެންހަމްއަށް ބޮޑު މޮޅެއް

ސަން ގެ ހެޓްރިކާއި އެކު އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމްއަށް ބޮޑު މޮޅެއް ލިބިއްޖެއެވެ. 

އަމިއްލަ ދަނޑުގައި ލެސްޓާ ސިޓީއާއި ދެކޮޅަށް ކުޅުނު މި މެޗު ޓޮޓެންހަމް އިން ކާމިޔާބު ކޮށްފައިވަނީ 2-6 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޓޮޓެންހަމްގެ ތަރިއަކަށް ވެގެން ދިޔައީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރާ ތިން ގޯލު ކާމިޔާބު ކުރި ދެކުނު ކޮރެއާގެ ސަން ހުން މިން އެވެ. ސަން އަށް މި ސީޒަނުގައި ރަނގަޅު ކުޅުމެއް ނުދެއްކި މި މެޗުގައި ފުރަތަމަ 11 އިންވެސް ޖާގަ ނުލިބިފައިވަނިކޮށް ކާމިޔާބުކުރި ހެޓްރިކާއި އެކު އޭނާ ވަނީ ފާޑުކިޔުންތަކަށް ވަރުގަދަ ޖަވާބެއް ދީފައެވެ. 

މި މެޗުގައި ލިބުނު ޕެނަލްޓީއަކުން ލީޑު ނެގީ ބަލިވި ލެސްޓާ ސިޓީއިންނެވެ. މެޗުގެ 6 ވަނަ މިނަޓުގައި ޓިއެލެމެންސް މި ގޯލު އެ ޓީމަށް ޖަހައިދިންތާ ދެ މިނެޓުގެ ތެރޭގައި ޓޮޓެންހަމްގެ ހެރީ ކޭން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެ ގޯލަށްފަހު ކުޅުން ރަނގަޅުކޮށް ޓޮޓެންހަމްއިން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 21 ވަނަ މިނަޓުގައި އެރިކް ޑައާ މި ގޯލު ޖަހައިދިން އިރު ފުރަތަމަ ހާފު ނިމުމުގެ ކުރިން ލެސްޓާގެ ޖޭމްސް މެޑިސަން ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. 

ދެވަނަ ހާފުގެ ދެވަނަ މިނަޓުގައި ޓޮޓެންހަމްގެ ބެންޓަންކަރ އެ ޓީމަށް ލީޑު ނަގައިދިން ނަމަވެސް ގޯލަށްފަހު ދެ ޓީމުންވެސް ވާދަވެރި ކުޅުމެއް ކުޅެމުންގޮސް ލެސްޓާއިން ވަނީ ނަތީޖާ ހަމަހަމަ ކުރެވޭ ވަރުގެ ފުރުސަތުތައްވެސް އުފައްދާފައެވެ. މިއީ މި ސީޒަނުގައި ލެސްޓާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ މެޗެއް ނަމަވެސް ސަން ކުޅެން ނުކުތުމާއި އެކު އެ ޓީމަށް ވަނީ މެޗު ގެއްލިފައެވެ. ޓޮޓެންހަމްގެ ފަހު ތިން ގޯލު ސަން ކާމިޔާބު ކޮށްފައިވަނީ 14 މިނަޓުގެ ތެރޭގައެވެ.

މި ނަތީޖާ އާއި އެކު ޓޮޓެންހަމް އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއާއި ޕޮއިންޓުގެ އެއްވަރު ކުރިއިރު މެޗަކުން މޮޅު ނުވެ ލެސްޓާ އޮތީ ތާވަލުގެ ފުލުގައެވެ. 2016 ވަނަ އަހަރުގެ ޕްރިމިއާ ލީގު ކާމިޔާބު ކުރި ލެސްޓާ ރެލިގޭޓް ވުމުގެ ބިރު ބޮޑުވެފައި އޮތް އިރު އެ ޓީމުގެ ކޯޗު ބްރޭންޑަން ރޮޖާސް މަގާމުން ވަކިކޮށްފާނެ ކަމަށް ބުނެ ދެކެވޭ ވާހަކަތައް މިވަގުތު ވަނީ އިތުރު ވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.