އާރްޓީއެލް ފެރީގެ ދަތުރުތައް ކުރުމަށް ބޭނުންކުރާ ލޯންޗެއް
ހަބަރު
18 Sep 2022 | 12:40
ޚަރަދު ކުޑަކުރުމުގެ ގޮތުން ށ. އަތޮޅު ކައުންސިލްގެ ދަތުރުތައް އާރުޓީއެލް ފެރީން

ފައިސާ ޚަރަދުވާ މިންވަރު ކުޑަކުރުމުގެ ގޮތުން ށ. އަތޮޅު ކައުންސިލުން ކުރަންޖެހޭ ރަސްމީ ދަތުރުތައް ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީ މެދުވެރިކޮށް ކުރަން ނިންމައިފިއެވެ.

ދައުލަތުގެ މާލިއްޔަތަށް ލުއި ހޯދައިދިނުމުގެ ގޮތުން އެ ކައުންސިލުގެ ދަތުރުތައް ކުރަން ނިންމާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެކައުންސިލް ބައްދަލުވުމުގައެވެ.

ށ.އަތޮޅު ކައުންސިލުން ވިދާޅުވާ ގޮތުގައި އެކައުންސިލް މެންބަރުންގެ އިއްތިފާގުން މިގޮތަށް ނިންމީ ދައުލަތުގެ މާލިއްޔަތަށް ލުއި ހޯދައިދީ، ރައްޔިތުންގެ ފައިސާ ޚަރަދުވާ މިންވަރުކުޑަކުކޮށް، އަދި ރަށްތަކުގައި ހިންގާ ތަރައްގީގެ ހަރަކާތްތަކަށް ބާކީ ކުރެވޭ ފައިސާއިން އެހީތެރިކަން ފޯރުކޮށް ދިނުމުގެ ބޭނުމުގައި ކަމަށެވެ.

އެގޮތުން އެކައުންސިލުން ކުރަންޖެހޭ ހުރިހާ ދަތުރުތަކެއްވެސް އާރްޓީއެލް ފެރީ މެދުވެރިކޮށް ކުރަން ނިންމާފައިވާ ކަމަށްވެސް އެކައުންސިލުން ވިދާޅުވެއެވެ.

ށ. އަތޮޅު ކައުންސިލުން އެ ކައުންސިލުގެ ރަސްމީ ދަތުރުތައް އާރްޓީއެލް ފެރީ މެދުވެރިކޮށް ކުރަން ނިންމާފައިވާއިރު، ސަރުކާރުން ވަނީ، ރާއްޖޭގެ އެންމެ އުތުރުން ބޮޑު ތިލަދުންމަތީގައި ހިމެނޭ ހއ.، ހދ. އަދި ށ. އަތޮޅުގައި އާރުޓީއެލްގެ ޚިދުމަތް ފަށާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.