އެމްޑީ އަލަމްގިރި/ ފޮޓޯ: ސަން
ހަބަރު
18 Sep 2022 | 17:35
އަލަމްގިރީގެ މައްޗަށް އިތުރު 40 ދައުވާ އުފުލައިފި

އެއްޖިންސުން ގުޅުން ހިންގިކަން ސާބިތުވުމާއި ގުޅިގެން ޖަލު ހުކުމް ތަންފީޒުކުރަމުން އަންނަ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އެމްޑީ އަލަމްގިރީގެ މައްޗަށް އިތުރު 40 ދައުވާއެއް އުފުލައިފިއެވެ. 

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ އަލަމްގިރީގެ މައްޗަށް އުފުލާފައިވަނީ އެއްޖިންސުން ގުޅުން ހިންގާ އެކަން ކުރަމުން ދިޔަ ވަގުތު ވީޑިއޯތައް ހެދިކަމުގެ ދައުވާއެވެ.

ޕީޖީ އޮފީހުން ބުނީ ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ އަލަމްގިރްގެ މައްޗަށް ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 622 ވަނަ މާއްދާގެ (ހ) ގެ ހަތް ވަނަ ނަންބަރާ ހަވާލާދީ، އެ މާއްދާގެ (ބ) ގެ ދެ ވަނަ ނަންބަރުގެ ދަށުން އޮރިޔާން ކާޑު ހެދުމުގެ ކުށުގެ 40 ދައުވާ މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އަލަމްގިރީގެ މައްސަލަ ފުލުހުން ބަލަން ފަށާފައިވަނީ އޭނާ އެތައް ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެނިގެންދާ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވުމާއި ގުޅިގެންނެވެ. 

އެ ވީޑިއޯތަކުގައި އަލަމްގިރި ރާއްޖޭގެ މަޝްހޫރު ސިޔާސީ ފަރާތްތަކާއެކު އެއްޖިންސުން ގުޅުން ހިންގާތަން ފެނިގެންދެއެވެ.

އަލަމްގިރިއާއެކު އެއްޖިންސުން ގުޅުންހިންގި މީހުންގެ ތެރޭގައި ދިފާއީ ބާރުތަކުގައި މަސައްކަތް ކުރާ ފަތާތްތަކާއި، ސަރުކާރުގެ އެކި އިދާރާތަކުގެ އިތުރުން ބައެއް ސުކޫލުތަކުގެ މުދައްރިސުންވެސް ހިމެނެއެވެ. 

އެ މައްސަލައާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރުގެ މައްޗަށް ވަނީ 3 މަސް ދުވަހުގެ ޖަލު ހުކުމެއް ކޮށްފައެވެ. އަދި އެ މައްސަލައިގައި ޝާމިލުވާ އިތުރު ބައެއް މީހުންގެ މައްޗަށް ވަނީ ދައުވާކޮށްފައެވެ. 

އާންމު ވީޑިއޯތަކާއި ގުޅިގެން އަލަމްގިރި ފުލުހަށް ހާޒިރުކޮށް ހިންގި ތަހުގީގަށް ދިން ބަޔާނުގައި އޭނާވަނީ 50އަށްހުރެ ގިނަ މީހުންނާއެކު އެއްޖިންސުން ގުޅުން ހިންގިކަމަށާއި، އޭގެ ތެރެއިން 40 އަށް ވުރެ ގިނަ މީހުންނާއެކު އެއްޖިންސުން ގުޅުން ހިންގި ވަގުތު ވީޑިއޯކުރިކަމަށް އިއުތިރާފުވެފައެވެ. 

އެހެން ނަމަވެސް އެ ވީޑިއޯތައް ބޭނުންކޮށްގެން އެއްވެސް މީހަކު ބްލެކްމެއިލް ކުރަން މަސައްކަތްކޮށްފައި ނުވާނެކަމަށް އަލަމްގިރި ވަނީ ބުނެފައެވެ. އަދި އެ ވީޑިއޯތައް ހެދީ އޭނާ ގެންގުޅުނު ފޯނެއް ބޭނުންކޮށްގެންކަމަށާއި، އެފަހުން އެ ފޯނުގައި ހުރި ވީޑިއޯތައް ޑިލީޓުކޮށްފައިވާނެކަމަށް އަލަމް ގިރި ވަނީ ބުނެފައެވެ. 

އޭގެ އިތުރުން އަލަމްގިރި ބުނީ އޭނާ ނާޒިމް ސައްތާރާއެކު އެއްޖިންސުން ގުޅުން ހިންގާތަން ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވުމާއި ގުޅިގެން، އޭނާގެ ފޯނު އޮތްތޯ ބެލިއިރު، އެ ނެތް ކަމަށާއި، ވީޑިއޯތައް ބޭނުންކޮށްގެން ބަޔަކު ބްލެކްމެއިލްކުރީ ފޯނު ވަގަށް ނެގި ފަރާތުން ކަމަށް ބެލެވޭކަމަށެވެ. 

ބްލެކްމެއިލްކުރި މައްސަލައާއި ގުޅިގެން ފުލުހުންގެ އޮފިސަރެއްވެސް ވަނީ މުސާރަ ލިބޭގޮތަށް ސަސްޕެންޑުކޮށްފައެވެ. އެމީހާއަކީ އަލަމްގިރި ދިރިއުޅެމުން ދިޔަ ގޭގެ ވެރިފަރާތުގެ ކޮއްކޮގެ ފިރިމީހާކަމަށް މައުލޫމާތު ލިބެއެބެ. އެހެން ނަމަވެސް އަލަމްގރިީގެ ފޯނު ވަގަށް ނެތީ ސީދާ އެމީހާކަމެއް މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.