ވިނިސަސް އަދި ރޮޑްރިގޯ ގޯލު ފާހަގަ ކުރުމަށް ނަށަނީ -- ފޮޓޯ: ލަލީގާ
ކުޅިވަރު
19 Sep 2022 | 14:02
ލަލީގާ: ރެއާލް އިން އެތުލެޓިކޯ ބަލިކޮށް ލީގުގައި ކުޅުނު 6 ވަނަ މެޗުވެސް ކާމިޔާބުކޮށްފި

ސްޕެނިޝް ލަލީގާގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން އިން ވާދަވެރި އެތުލެޓިކޯ މެ ބަލިކޮށް މިހާތަނަށް ލީގުގައި ކުޅުނު 6 ވަނަ މެޗުވެސް ކާމިޔާބުކޮށްފިއެވެ.

އެތުލެޓިކޯގެ ދަނޑުގައި ކުޅުނު މި މެޗު 1-2 ގެ ނަތީޖާއަކުން ރެއާލް އިން ކާމިޔާބުކުރި އިރު މި މެޗު ވެގެން ގޮސްފައިވަނީ މި ސީޒަނުގައި ކުޅެވިގެން ގޮސްފައިވާ އެންމެ ވާދަވެރި އެއް މެޗަށެވެ.

ފާހަގަ ކޮށްލެވޭ ގޮތުގައި މެޗުގެ ކުރިން މިދިޔަ ހަފްތާގެ ތެރޭގައި އެތުލެޓިކޯގެ ކެޕްޓަން ކޮކޭ ވަނީ ރެއާލްގެ ބްރެޒިލް އަށް ނިސްބަތްވާ ތަރި ވިނިސަސް ޖޫނިއާ ގޯލު ޖެހުމަށްފަހު އުފާފާޅުކުރާ ގޮތާއިމެދު ފާޑުކިޔާފައެވެ. އެގޮތުން އެތުލެޓިކޯގެ ދަނޑުގައި ގޯލުގެ އުފާފާޅުކުރުމަށް ނަށައިފި ނަމަ އޭގެ ނަތީޖާ ނުބައި ވާނެ ކަމަށް ކޮކޭ ވަނީ ބުނެފައެވެ. 

ނެށުމުން ގޯލު ފާހަގަކުރުމަކީ ބްރެޒިލް ކުޅުންތެރިން އާންމުކޮށް ކުރާ ކަމެއް ކަމުން ކޮކޭގެ ވާހަކަ ތަކަކީ ނަސްލީގޮތުން ވިނިސަސް އާއި ދެކޮޅަށް ދެކެވުނު ވާހަކަތަކެއް ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. އެގޮތުން ބްރެޒިލް ގިނަ ފުޓްބޯޅަ ތަރިންނާއި ޔޫރަޕުގެ ބޮޑެތި ޓީމު ތަކުން ވަނީ ވިނީސަސް އަށް އެއްބާރުލުންދޭކަން ފާޅުކޮށްފައެވެ. ރޭގެ މެޗުގައި ރެއާލްއިން ޖެހި ފުރަތަމަ ގޯލާއި އެކު ވިނިސަސް ވަނީ ރޮޑްރިގޯއާއި އެކު ގޯލު ފާހަގަ ކުރުމުގެ ގޮތުން އެތުލެޓިކޯގެ ސަޕޯޓަރުން ކުރިމަތީ ނަށާފައެވެ. 

ރޭގެ މެޗުގައި ފުރަތަމަ ރެއާލްއަށް ލީޑު ނަގައިދިން ގޯލު މެޗުގެ 18 ވަނަ މިނަޓުގައި ރޮޑްރިގޯ ޖަހައިދިން އިރު މެޗުގެ ފުރަތަމ ހާފު ނިމުމުގެ ކުރިން ރެއާލްގެ ވަލްވާޑޭ ވަނީ އެ ޓީމަށް ލީޑު ފުޅާ ކޮށްދީފައެވެ. މެޗުގައި އެތުލެޓިކޯއިން ޖެހި ގޯލު ފެނިގެން ގޮސްފައިވަނީ މެޗު ނިމެން 8 މިނެޓަށް ވެފައި ވަނިކޮށެވެ. އެ ޓީމަށް މި ގޯލު ކާމިޔާބު ކޮށްދީފައިވަނީ މާރިއޯ ހަމޯސޯ އެވެ. ދެވަނަ ހާފުގެ އިތުރު ވަގުތުގައި ހަމޯސޯ ބޯޅަ ނެތި ކުރި ފައުލަކާއި ގުޅިގެން އޭނާއަށް ވަނީ ދެވަނަ ރީނދޫ ކާޑާއި އެކު ރަތް ކާޑު ދައްކާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.