މިނިސްޓރަ އާއިޝަތު ނަހުލާ
ހަބަރު
19 Sep 2022 | 14:31
ކޮމިޓީއަށް ގަޑިއަށް ނާދެވުނު ސަބަބު މިނިސްޓަރ ނަހުލާ ވިދާޅުވެއްޖެ

ރައްޔިތުން މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއަށް ހާޒިރުވުން ލަސްވި ސަބަބު ޓްރާންސްޕޯޓް މިނިސްޓަރު ޢާއިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެއެވެ.

ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން މިދިޔަ ބުދަ ދުވަހުގައި ތާވަލުކުރި ބައްދަލުވުމަށް ނަހުލާ ހާޒިރުވެވަޑައިގަތީ ގަޑި ޖެހުނު ފަހުންނެވެ. މިނިސްޓަރ ނަހުލާ ވަޑައިނުގަތުމުން ކޮމިޓީ ހޫނުވެ ބައްދަލުވުން ވަނީ މެދުކަނޑާލާފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ބޭފުޅުން އޭރު ވިދާޅުވީ މިނިސްޓަރު ހާޒިރުވުން ލަސްވީ ކުއްލި ކަމެއް ދިމާވުމުން ކަމަށެވެ.
މިއަދު ކޮމިޓީއަށް ހާޒިރުވެވަޑައިގެން ކޮމިޓީ ނިންމައިލި ވަގުތު ނަހުލާ ވިދާޅުވީ ދިމާވި ހާލަތަކާ ގުޅިގެން ހާޒިރުވުން ލަސްވާނެކަމަށް އެ ދުވަހު އަންގާފައިވާނެ ކަމަށާއި, ހާޒިރުވުން ލަސްވީ މައްސަރު ކަންތައް ދިމާވުމުން ކަަމަށެވެ.

"އަޅުގަނޑު ގަޑިއަށް ހާޒިރުވާއިރު، ވަޒީރެއްގެ ކުރިން، އަޅުގަނޑަކީ އިންސާނަކަށް ވީތީ، އަންހެނަކަށް ވީތީ ދިމާވެދާނެ ހާލަތެއް އޮވެދާނެ. އެގޮތުން އަންހެނުންނަކީ ކޮންމެ މަހަކު އެއް ފަހަރު މައްސަރު ކަން ލައިގަންނަ ބައެއް ވީމާ، އެހެންވީމަ އަޅުގަނޑު ކުޑަކޮށްވެސް އިހުތިރާމު ކުޑަކުރުމުގެ ގޮތުން މަޖިލީހަށް ލަހުން އައީކީ ނޫން."މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ނަހުލާ ވަނީ ހާޒިރުވާން ލަސްވީތީ އެކަމަށް މައާފަށްވެސް އެދިފަ އެވެ. މިނިސްޓަރ ވިދާޅުވީ، އެވާހަކަ ހިއްސާކުރެއްވީ އެ ކޮމިޓީގެ ތެރޭގައި އެކަމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރުމުން ކަމަށެވެ. 

މިނިސްޓަރު ކޮމެޓީއަށް ގަޑިއަށް ވަޑައިނުގަތުމުން މިދިޔަ ބުދަ ދުވަހު ބޭއްވި ކޮމިޓީ ޖަލްސާގައި ބައެއް މެމްބަރުން ވަނީ ހާޒިރުކުރުމުގެ އަމުރެއް ނެރެގެން ނަމަވެސް ނަހުލާ ކޮމެޓީއަށް ހާޒިރު ކުރަންޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.