ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް-- ފޮޓޯ: ސްޓެލްކޯ
ވިޔަފާރި
19 Sep 2022 | 21:44
ސްޓެލްކޯ އަކީ ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމަށް ރައީސް ޞާލިހު އުފައްދާފައިވާ ކުންފުންޏެއް: ޝަރީފް

ސަރުކާރުގެ 100 އިންސައްތަ ހިއްސާވާ ކުންފުންޏެއް ކަމަށްވާ ސްޓެލްކޯ އަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު، ދިވެހި ރައްޔިތުންނަށް ޚިދުމަތް ކޮށްދެއްވުމަށް އުފެއްދެވި ކުންފުންޏެއް ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ، އއ. އަތޮޅާއި އދ. އަތޮޅުގައި ސްޓެލްކޯއިން ޚިދުމަތްދޭ ރަށްރަށުގެ މަގުބައްތިތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތާ ސްޓެލްކޯއިން ޙަވާލުވެ، އެކަމުގެ އެއްބަސްވުމުގެ އެ ރަށްރަށުގެ ކައުންސިލްތަކާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަކީ ލާމަރުކަޒީ ގޮތުން އިދާރީ ދާއިރާތައް ހިންގުމަށް ވަރަށް ހިކުމަތްތެރި ސިޔާސަތަކާއި ވިސްނުންފުޅެއް ގެންގުޅުއްވާ ބޭފުޅެއް ކަމަށެވެ.

"ތިބޭފުޅުންނަށް ހެއްކެއްގެ ގޮތުގައި ފުދޭނެ ކަންނޭގެ އެމަނިކުފާނު ރިޔާސަތާއި ހަވާލުވެ ވަޑައިގެން ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން އެންމެ ފުރަތަމަ ފާސްކުރި ބިލްތަކުގެ ތެރޭގައި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ބިލަށް ބޮޑެތި އިންގިލާބީ ބަދަލުތަކެއް. ރާއްޖޭގެ ކައުންސިލް ތަކާއި ރާއްޖޭގެ އަތޮޅުތަކުގެ ރައްޔިތުން ބާރުވެރި ވެގެންދާ ގާނޫނެއް، އަދި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން އަންހެން ކަނބަލުންނަށް ބާރުވެރިކަން އިހްސާސް ކޮށްދެވޭފަދަ ބަދަލުތަކެއް އެ ބަދަލަކީ." ޝަރީފް ވިދާޅުވިއެވެ. 

މިއާއެކު ޝަރީފް ވިދާޅުވީ، ސްޓެލްކޯގެ އެންމެ އަސާސީ މަގުސަދަކީ ރާއްޖޭގެ ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުން ކަމަށާއި، ރައީސް ޞާލިހު އެ ކުންފުނި އުފެއްދެވީވެސް ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމަށް ކަމަށެވެ.

"އަޅުގަނޑުމެންގެ މި ކުންފުންޏަކީ، ސްޓެލްކޯ އަކީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، މިއަދުގެ ސަރުކާރުން ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމަށްޓަކައި އުފައްދަވާފައިވާ ކުންފުންޏެއް."

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް

ޝަރީފް ވިދާޅުވީ، އަތޮޅުތަކުގެ ރަށްރަށުގެ އިޖްތިމާޢީ ކުރިއެރުމަށް ކުރާ މަސައްކަތްތަކުގައި ކުންފުނީގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ސްޓެލްކޯއިން ބައިވެރިވާނެކަމަށެވެ. އަދި ރައްޔިތުންގެ ބައިވެރިއަކަށްވާން އެކުންފުނި ބޭނުންވާކަމަށެވެ.

"ރަށްރަށުގެ އިޖްތިމާޢީ ކަންކަމުގައި ކައުންސިލްތަކުން ކުރައްވާ މަސައްކަތްތަކުގައިއާއި އަދި އާއްމު ރައްޔިތުން، ޖަމިއްޔާ ޖަމާޢަތްތަކުން ކުރާ ކަންކަމުގައި އަޅުގަނޑުމެން ސްޓެލްކޯއިން ބޭނުން ތިބޭފުޅުންގެ ބައިވެރިންގެގޮތުގައި ބަލައިގަންނަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ފުދުންތެރިކަން ހުރި މިންވަރަކުން ތިބޭފުޅުންގެ ކަންކަމުގައި، ރަށްރަށުގެ އިޖްތިމާޢީ ކަންކަމުގައި، ރައްޔިތުން ކުރާ ކަންކަމުގައި، ކައުންސިލުން ކުރާ ކަންކަމުގައި އަޅުގަނޑުމެން ބައިވެރިވާނަން" ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރީފު ވިދާޅުވީ، ރަށްރަށުގެ މަގުބައްތިތަައް މަރާމާތުކޮށް ބެލެހެއްޓުމާ ސްޓެލްކޯއިން ޙަވާލުވަނީ ހަމައެކަނި ނަމެއްގައި ކުރާގޮތަށްނޫންކަމަށެވެ. އަދި އެކުންފުނިން މިކަމާ ޙަވާލުވަނީ މަސައްކަތުގެ ތަޖުރިބާއާއި ޤާބިލުކަމާއެކު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އއ. އަތޮޅާއި، އދ. އަތޮޅުގެ މީހުން ދިރިއުޅޭ 14 ރަށެއްގެ މަގުބައްތިތައް މަރާމާތުކޮށް ބެލެހެއްޓުމާ ސްޓެލްކޯއިން ޙަވާލުވުމުގެ އެއްބަސްވުންތަކުގައި ވަކިވަކިން ވަނީ ސޮއިކޮށްފައެވެ. މި 14 ރަށުގެ ތެރޭގައި އއ. އަތޮޅުގެ 5 ރަށަކާއި، އދ. އަތޮޅުގެ 9 ރަށެއް ހިމެނެއެވެ. އެ ރަށްތަކަކީ އއ. މަތިވެރި، ބޮޑުފޮޅުދޫ، ފެރިދޫ، މާޅޮސް، ހިމެންދޫ، އދ. ހަންޏާމީދޫ، އޮމަދޫ، ކުނބުރުދޫ، މަހިބަދޫ، މަންދޫ، ދަނގެތި، ދިގުރަށް، ދިއްދޫގެ އިތުރުން އެއަތޮޅު ފެންފުއްޓެވެ.

ކޮމެންޓް
ސުން ސުނާ
ސްޓެލްކޯ އުފެއްދީ ރައީސްސޯލިހް ތޯ؟މިމީހުން މިތިބީ ބުރާންތިވެފަ؟ކިޔޭ ނުކިޔޭ އެއްޗެއް ނޭގެ.
19 Sep 2022
ރަޝީދު
ސާބަސް!މަގާމަކައްދަހިވެތިވިޔަސް ތީބޮޑުވަރު!😅
19 Sep 2022
ގުޅޭ ލިޔުންތައް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.