މޭޔަރު މުހައްމަދު މުއިއްޒު
ހަބަރު
20 Sep 2022 | 10:59
މޫސުން ތަންދޭނަމަ މިއަހަރު ނިމުމުގެކުރިން 3000 މަގުބައްތި ހަރުކޮށް ނިމޭނެ: މޭޔަރު މުޢިއްޒު

މޫސުން ތަންދޭނަމަ މިއަހަރު ނިމުމުގެކުރިން 3000 މަގުބައްތި ހަރުކޮށް ނިމޭނެ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސަންގު ޓިވީގެ "ޚަބަރަށްފަހު" ޕްރޮގްރާމްގައި މާލެ ސިޓީ ކައުންސިލްގެ މަސައްކަތްތަކުގެ ތަފްސީލް ހާމަކުރައްވަމުން ވިދާޅުވީ، މިއަހަރު ނިމެންވާއިރަށް މާލޭގެ މަގުތަކުގައި މަގުބައްތި ހަރުކޮށް ނިމޭނެ ކަމަށެވެ.

ޗައިނާ އިން ވަނީ މާލޭ ސިޓީ ކައުންސިލަށް 3000 ޒަމާނީ މަގުބައްތި ހަދިޔާކޮށްފައެވެ. މާލެ އާއި ވިލިމާލޭގެ މަގުތަކުގައި ހަރުކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާކަން ފާހަގަކުރައްވަމުން މޭޔަރު ވިދާޅުވީ މިހާތަނަށް 17 ބައްތި ހަރުކުރެވިފައިވާކަމަށާއި، އަދި މޫސުން ތަންދޭނަމަ މި އަހަރު ނިމުމުގެކުރިން ހުރިހާ މަގުބައްތިތައް ހަރުކޮށް ނިމޭނެ ކަމަށެވެ.

މަގު ބައްތިތައް ހަރުކުރުމުގައި މާލޭގެ ރިންގްރޯޑާއި، އެންމެފަހުން މާލޭގައި ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވިފައިވާ މަގުތައް ފިޔަވައި ބާކީ ހުރި ހުރިހާ މަގުތަކުގައިވާ ބައްތިތައްވެސް ބަދަލުކުރެވޭނެ ކަމުގައި މޭޔަރު ވިދާޅުވިއެވެ.

އަދި މި މަސައްކަތުގެ ސަބަބުން މާލެ އަދި ވިލިމާލޭގެ އަނދިރި މަގުތަކަށް އިތުރު އަލިކަމެއް ލިބިގެންދާނެކަން ފާހަގަކުރައްވަމުން މޭޔަރު ވަނީ މިއީ މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓްޖިކް އެކްޝަންޕްލޭންގައިވާ "ހިތްފަސޭހަ މަގުމަތި" އަމާޒަށް ވާސިލްވުމަށްޓަކައި އެޅިގެންދާނެ މުހިންމު ފިޔަވަޅެއްކަމުގައި ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ހިމަބިހި ޖެހޭ މީހުންގެ އަދަދު އަދިވެސް ދަނީ އިތުރުވަމުން
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސިއްހީ ވުޒާރާއާއި އެޗްޕީއޭ ގުޅިގެން ކުރިއަށްގެންދާ ހާއްސަ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން، މިހާތަނަށް 16،045 މީހުންނަށް ވަނީ ހިމަބިހީގެ ވެކްސިން ދީފައެވެ.
25 Aug 2026
ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން އިތުރު ރަށެއް ތަރައްޤީކުރަނީ
ރޮއިޓަރސްއިން ބުނާ ގޮތުގައި، މިއީ ޗައިނާއިން އެ ސަރަހައްދުގައި ބިނާކުރާ އެންމެ ބޮޑު އަސްކަރީ މަރުކަޒަށް ވެގެންދާނެކަމަށް މާހިރުން ލަފާކުރެއެވެ
25 Aug 2026
ވިނަރެސް ޓަވަރުތައް ހިމެނޭ މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް
މި އެކްސިޑެންޓްގައި އެކަކަށް އަނިޔާވެ އެމަޖެންސީގައިި އެމްބިއުލާންސް ގެނެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ