މޭޔަރު މުއިއްޒު ޚަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަދައްކަވަނީ/ ފޮޓޯ: ސަންގު
ހަބަރު
20 Sep 2022 | 10:58
ވެމްކޯ އާ އެކު ހަދާފައިވާ އެއްބަސްވުން އާ ނުކުރުމަކީ ދިވެހިންގެ ވަޒީފާ ގެއްލޭނެކަމެއް ނޫން: މޭޔަރު މުއިއްޒު

މާލޭގެ އާންމު ތަންތަނުގެ ސާފުތާހިރުކަން ބެލެހެއްޓުމަށާއި، އެ ތަންތަނުގައި ހުންނަ ކުނި ނެގުމަށް ސިޓީ ކައުންސިލުން ވޭސްޓް މެނޭޖުމަންޓު ކޯޕަރޭޝަން (ވެމްކޯ) އާއެކު ވެފައިވާ އެއްބަސްވުން އާ ނުކުރުމަށް ނިންމި ނިންމުމާއި ގުޅިގެން އެ ކުންފުނީގައި މަސައްކަތްކުރާ ދިވެހި ރައްޔިތުންގެ ވަޒީފާތަކަށް ބުރޫ އަރާނެކަމަށް ގަބޫލުނުކުރައްވާކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

މޭޔަރު މިފަދައިން ވިދާޅުވެފައިވަނީ ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ. 

ވެމްކޯއާއެކު ހެދި އެއްބަސްވުން އާ ނުކުރުމަށް ސިޓީ ކައުންސިލުން ނިންމި ނިންމުމާއި ގުޅިގެން، އެކަމުގެ ސަބަބުން ވެމްކޯގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުންގެ ވަޒީފާތައް ގެއްލިގެންދާނެކަމަށް ބުނެ ކުންފުނިން ވަނީ ބަޔާނެއް ނެރެފައެވެ. އެއާއި ގުޅިގެން ތަފާތު އެކި ގޮތް ގޮތަށް ސޯޝަލް މީޑިއާގައި ވަނީ ޚަބަރުތައް ފެތުރިފައެވެ. 

އެ ވާހަކަތަކަށް އަލިއަޅުވާލާ މޭޔަރު ވިދާޅުވީ، ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކައަކީ ހަގީގަތެއް ނޫންކަމަށެވެ. އާ ނުކުރުމަށް ސިޓީ ކައުންސިލުން ނިންމީ އާންމު ތަންތަނުގައި ހުންނަ ކުނި ނަގާ ސާފުކުރުމަށް ވެމްކޯއާއި ހަވާލުކޮށްފައިވާ މަސައްކަތުގެ ކޮންޓްރެކްޓުކަމަށެވެ. 

އެ ކޮންޓްރެކްޓ އުވާލިޔަސް، ގެތަކަށް ގޮސް ކުނިއުކުމުގެ ކަންކަން މިހާރުވެސް ކުރަމުންދާ ގޮތަށް ވެމްކޯއިން ކުރިއަށް ގެންދާނެކަމަށް މޭޔަރު ވިދާޅުވިއެވެ. 

ނޭޔަރު ވިދާޅުވީ ސިޓީ ކައުންސިލުން ގާތް ގަނޑަކަށް 30 މިލިއަން ރުފިޔާ އާންމު ސަރަހައްދުތައް ސާފުކުރުމަށް ޚަރަދުކުރަން ޖެހޭކަމަށެވެ. އެ މަސައްކަތް ކުރަނީ ވެމްކޯއާއި ހަވާލުކޮށްގެންކަމަށާއި، އެހެން ނަމަވެސް އެންމެ އެކަށީގެންވާ ގޮތުގައި ވެމްކޯއިން އެތަންތަން ސާފުކުރުމުގެ މަސައްކަތް ނުކުރާކަމަށް މޭޔަރު ވިދާޅުވިއެވެ. 

އެހެން ކަމުން ވެމްކޯއަށް ފައިސާ ދިނުމުގެ އިތުރުން ސިޓީ ކައުންސިލްގެ މުވައްޒަފުން ނެރެގެން މާލޭގެ މަގުތަކާއި އާންމުތަންތަން ސާފުކުރުމުގެ މަސައްކަތް ކުރަން ޖެހޭކަން މޭޔަރު ފާހަގަކުރެއްވިއެވެ. 

ކޮންޓްރެކްޓު އާ ނުކުރުމަށް ނިންމީ އެކި ފަހަރުމަތިން ވާހަކަ ދެއްކުމަށްފަހުވެސް އެ މައްސަލަ ހައްލު ނުވެ އޮތުމުގެ ސަބަބުންކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ. 

"މަގުތައް ސާފުކުރުމަކީ ލާމަރުކަޒީ ގާނޫނުގައި ސިޓީ ކައުންސިލްގެ ޒިންމާއެއް. އެހެން ނަމަވެސް މި އޮތީ އައުޓްސޯސް ކުރެވިފައި މާލޭގައި. އެވްރެޖުކޮށް މަހަކު 2.5 މިލިއަން ދެން ވެމްކޯއަށް އާންމު ތަންތަން ސާފުކުރުމަށް. ކުނި ނުނެގިޔަސް އެފައިސާ ޑިމާންޑުކުރޭ. މި ދިޔަ ދޮޅު އަހަރެއްހާ ދުވަސް ތެރޭގައި 49 ބިލިއަން ރުފިޔާއަށް ބިލުކުރީ، އޭގެ ތެރެއިން 38 މިލިއަން ދެވިއްޖެ. އެހެން ނަމަވެސް ހަމަ އެ މަސައްކަތް ކުރަން އަޅުގަނޑުމެންގެ މުވައްޒަފުން އެބަ ނިކުމޭ ކޮންމެ ދުވަހަކު"

މާލޭ ސިޓީގެ މޭޔަރު ޑރ. މުއިއްޒު 

ޑރ. މުއިއްޒު ވިދާޅުވީ އާންމު ތަންތަން ސާފުކުރުމަށް ވެމްކޯއާއެކު ހަދާފައިވާ އެއްބަސްވުން އުވާލިޔަސް މުވައްޒަފުންގެ ވަޒީފާތައް ގެއްލިގެން ދާނެކަމަށް ގަބޫލު ނުކުރައްވާކަމަށެވެ. 

އެގޮތުން ވެމްކޯގައި މިހާރު ގިނަ އަދަދެއްގެ ބިދޭސީން ތިބިއިރު، ދިވެހިންނަށް އަބަދުވެސް އިސްކަން ދެވޭނެކަން ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ވެމްކޯއިން ވަޒީފާތަކުން މީހުން ކެނޑިކަމުގައި ވީނަމަވެސް، ސިޓީ ކައުންސިލުން ހުޅުވާލާ ފުރުސަތުގައި ބައިވެރިވެވޭނެކަމަށާއި، އޭގެތެރެއިން އެ އޮންނަ އުސޫލުގެ ދަށުން ވަޒީފާތައް ލިބިގެންދާނެކަމަށެވެ. 

"ކޮންޓްރެކްޓު އާ ނުކޮށްގެންނޭ ކިޔާފަ މުވައްޒަފުންތަކެއް މަގުމަތިކުރުމަކީ ވެމްކޯގެ ޑިޒިޝަންއަަކަށް ވާނީ. އެކަން ކޮށްގެން ނުވާނެ. އެއީ ވެމްކޯ އުފެދިގެން ދިޔައިރުފައި ތިބޭނީ 100 އިންސައްތަ ދިވެހިން. އެހެން ވީމަ ބޭރު މީހުން ދޫކޮށްލާފަ، ދިވެހިން ނެގޭނެ، އެއީ ވަރަށް ފަސޭހައިން ކުރެވޭނެ ކަމެއް. އަނެއްކަ މިހާރު ހުޅުމާލޭގެ މަސައްކަތް އެބޭފުޅުންނަށް ލިބިއްޖެ. ދެން މި ސާލަކަށް ދިވެހިންގެ ތެރެއިން ބަޔަކު ވަޒީފާއިން ކުރަނިއްޔޯ، ކުރިޔަސް އަޅުގަނޑުމެން މިކަން ކުރަން ފަށާއިރު އިއުލާނުކުރާ ބުރުގައި އެ ބޭފުޅުންނަށް ކުރިމަތިވެސް ލެވޭނެ، އަދި އެ އޮންނަ އުސޫލުގެ ތެރެއިން ފުރުސަތު އޮންނާނެ"

މާލޭ ސިޓީގެ މޭޔަރު ޑރ. މުއިއްޒު 

ޑރ. މުއިއްޒު ވިދާޅުވީ އެ ކައުންސިލުން އިސްކަން ދެނީ ރައްޔިތުންގެ ޝަކުވާތައް އަހައި އެކަންކަމަށް ހައްލު ހޯދުމަށްކަމަށެވެ. 

މާލޭގެ އާންމު ތަންތަނާއި މަގުމަތީގައި ކުނި ގިނަވުމުގެ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ލިބެމުންދާއިރު، އެކަން ހައްލު ކުރެވޭނީ ސީދާ އެ ކައުންސިލުން އެ މަސައްކަތް ކޮށްގެންކަމަށާއި، އެއީ އެކަމުގައި އޮތް އެންމެ ރަނގަޅު ގޮތްކަމަށް ކައުންސިލްއަށް ގަބޫލުކުރެވޭނީ އެ ނިންމުން ނިންމެވީކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ހިމަބިހި ޖެހޭ މީހުންގެ އަދަދު އަދިވެސް ދަނީ އިތުރުވަމުން
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސިއްހީ ވުޒާރާއާއި އެޗްޕީއޭ ގުޅިގެން ކުރިއަށްގެންދާ ހާއްސަ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން، މިހާތަނަށް 16،045 މީހުންނަށް ވަނީ ހިމަބިހީގެ ވެކްސިން ދީފައެވެ.
25 Aug 2026
ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން އިތުރު ރަށެއް ތަރައްޤީކުރަނީ
ރޮއިޓަރސްއިން ބުނާ ގޮތުގައި، މިއީ ޗައިނާއިން އެ ސަރަހައްދުގައި ބިނާކުރާ އެންމެ ބޮޑު އަސްކަރީ މަރުކަޒަށް ވެގެންދާނެކަމަށް މާހިރުން ލަފާކުރެއެވެ
25 Aug 2026
ވިނަރެސް ޓަވަރުތައް ހިމެނޭ މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް
މި އެކްސިޑެންޓްގައި އެކަކަށް އަނިޔާވެ އެމަޖެންސީގައިި އެމްބިއުލާންސް ގެނެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ