އެމްއެމްސީގައި ބޭއްވި ބައްދަލުވުމެއްގެ ތެރެއިން
ހަބަރު
20 Sep 2022 | 11:56
މީޑިއާ ކައުންސިލުންދޭ ގްރާންޓް ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭން ނިންމާފައިވާ ގްރާންޓް ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިއީ ވަކި ދާއިރާތަކުން ހަބަރާއި މައުލޫމާތާއި، ރިޕޯޓްތައް ގެނައުން އިތުރުކުރުމަށްޓަކައި، ނޫސްވެރިންނަށް އެ ކައިންސިލުން ދޭން ނިންމާފައިވާ ގްރާންޓް ސްކީމެކެވެ. އެގޮތުން ފަސް ދާއިރާއަކުން ގްރާން ދޭން އެމްއެމްސީން ވަނީ ނިންމާފައެވެ.

އެގޮތުން ކޮންމެ ދާއިރާތަކުން ދޭނީ ތިން ގްރާންޓް ނިންމާފައިވާއިރު، ދޭން ނިންމާފައިވާ އަދަދަކީ 4،000ރ. އެވެ. ގްރާންޓް ސްކީމްގެ ދަށުން ގްރާންޓް ދޭން ނިންމާފައިވާ ދާއިރާތައް

1- މޫސުމީ/ ތިމާވެށި

2- މިންތީގެ ހަމަހަމަކަން

3- ހެޔޮ ވެރިކަން

4- ފައިނޭންޝިއަލް

5- ފައިނޭޝިއަލް ރިޕޯޓިން، އަދި އިންވެސްޓިގޭޓިވް ޖާނަލިޒަމް

އެމްއެމްސީން ބުނީ މި ގްރާންޓަށް އެދި ޝައުގުވެރިވާ ފަރާތްތަކަށް އަންނަ މަހުގެ 2 ވަނަ ދުވަހާ ހަމައަށް ގްރާންޓަށް އެދި ހުށަހެޅޭނެ ކަމަށެވެ. ގްރާންޓަށް އެދި ހުށަހެޅޭނީ ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާއެއްގައި ޚިދުމަތްކުރާތާ އެއް އަހަރުވެފައިވާ ދާއިމީ ނޫސްވެރިންނަށެވެ.

އަދި އެ މީޑިއާއަކުން ނުވަތަ އެމީ ޑިއާއެއްގެ ރަޖިސްޓްރީކޮށްފައިވާ ކުންފުނިން ދައުލަތަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއްވާ ނަމަ ގަވައިދުން ފައިސާ ދައްކަމުން އަންނަ މީޑިތަކުގައި މަސައްކަތްކުރާ ނޫސްވެރިންނަށާއި ޕެންޝަނާ ބެހޭ ޤާނޫނުތަކާއި ޤަވާއިދުތަކުގެ ދަށުން އެ މީޑިއާއެއްގެ މުވައްޒަފުން ޕެންޝަން ސްކީމްގައި ބައިވެރިކޮށް ގަވައިދުން ފައިސާދައްކަމުންގެންދާ މީޑިއާއެއްގެ ނޫސްވެރިންނަށް ކަމަށްވެސް އެމްއެމްސީން ބުނެއެވެ.

މީގެ އިތުރުން ގްރާންޓް ލިބޭ ހުރިހާ ނޫސްވެތިން ގްރާންޓް ލިބޭތާ 45 ދުވަހުގެ ތެރޭގައި އެ މީހުންގެ ލިޔުން ނުވަތަ ރިޕޯޓްތައް ޝާއިއުކޮށް އެކަން އެ ކައުންސިލަށް އަންގަން ޖެހޭނެ ކަމަށްވެސް އެމްއެމްސީން ބުނެއެވެ. ގްރާންޓުގެ ދަށުން ޝާއިއުކުރާ ލިޔުންތައް ޝާއިއުކުރާ އިރު، ކައުންސިލުން ކަނޑައަޅާ ނިޝާނެއް ނުވަތަ ބެޖެޓެއް އެ ލިޔުމެއްގައި ހިމަނަން ޖެހެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.