ފިޔޯރީ ކައިރި ބައެއް ފަޅުރަށްތައް- ފޮޓޯ/ ހުވަދޫ ނިއުސް
ހަބަރު
20 Sep 2022 | 14:03
މަޝްރޫއުތައް ހިންގުމަށް ގިނަ ރަށްތަކަކަށް އެއް ރިޕޯޓެއް ހުށަހަޅާ މައްސަލަ ބޮޑުވެއްޖެ

ތިމާވެށީގެ މަޝްރޫއުތައް ހިންގުމަށްޓަކައި، ތިމާވެއްޓަށް އަސަރު ފޯރާނެ ވަރު ބަޔާންކުރާ ރިޕޯޓް (އީއައިއޭ) ހުށަހަޅާއިރު، ގިނަ ރަށްރަށަށް އެއް ރިޕޯޓެއް ހުށަހަޅާ މައްސަލަ ބޮޑުވެ، އެކަން ހުއްޓުވުމަށް އީޕީއޭން މިއަދު ގަވައިދު އިސްލާހުކޮށްފިއެވެ.

އީޕީއޭން ކުރި އިއުލާނެއްގައި ބުނީ، އެއް ރަށަށް ވުރެ ގިނަ ރަށްރަށުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގުމަށް އެއް އީއައިއޭއެއްގެ ދަށުން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އެދި ހުއްދަ ހޯދަން ހުށަނޭޅުމަށް ތިމާވެށީގެ ކޮންސަލްޓަންޓުންނަށް މިހާރު އަންގާފައިވާ ކަމަށެވެ.

އީޕީއޭން ބުނީ މިބަދަލު ގެންނަން ޖެހުނީ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާ ބެހޭ ގަވާއިދުގެ ބައެއް މާއްދާތައް ތަންފީޒު ކުރުމުގައި އެއިދާރާ އަށް ގޮންޖެހުންތަކާ ކުރިމަތިވަމުން ދާތީ ކަމަށެވެ.

އީޕީއޭން ބުނީ އެ އިސްލާހާއެކު، އެއް ރަށަށް ވުރެ ގިނަ ރަށްރަށުގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް، އެއް އެޕްލިކޭޝަން ފޯމަކުން، އެ ހުރިހާ ރަށެއް ހިމެނޭ ގޮތަށް އެއް އީއައިއޭއެއްގެ ގޮތުގައި ހުށަހަޅާފައިވާ ނަމަ، އެފަދަ އެޕްލިކޭޝަންތައް ބާތިލް ކުރާނެ ކަމަށެވެ. އީޕީއޭން ވަނީ މިދިޔަ މަހުގެ 23 އިން ފެށިގެން އެ އިސްލާހަށް އަމަލުކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.