ނޯ ޕްލާސްޓިކް މޯލްޑިވްސްގެ ސޮފްޓް ލޯންޗިން އިވެންޓް
ހަބަރު
20 Sep 2022 | 22:13
ނޯ ޕްލާސްޓިކް މޯލްޑިވްސްގެ ސޮފްޓް ލޯންޗިން ބާއްވައިފި

ނޯ ޕްލާސްޓިކް މޯލްޑިވްސްގެ ސޮފްޓް ލޯންޗިން ދިވެހިރާއްޖޭގައި މިވަގުތު އޮޕަރޭޓްކުރާ އެންމެ ބޮޑު ފާރީ އުޅަނދު ކަމަށްވާ ރިޓްރެއްލާ ބާއްވައިފިއެވެ.

ނޯ ޕްލާސްޓިކް މޯލްޑިވްސް އާއި މޯލްޑިވިއާނާ ގްރޫޕާއި ގުޅުމާއި، ނޯ ޕްލާސްޓިކް މޯލްޑިވްސް ގެ ސޮފްޓް ލޯންޗިން ފާހަގަކުރުމަށް ބޭއްވުނު މި އިވެންޓު ޝަރަފްވެރިކޮށްދެއްވާފައިވަނީ ޓުއަރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މައުސޫމެވެ. ޓުއަރިޒަމް މިނިސްޓަރުގެ އިތުރުން މި އިވެންޓުގައި އެމް.އެމް.ޕީ.އާރ.ސީގެ މެނޭޖިން ޑިރެކްޓަ ތައްޔިބު މުހައްމަދާއި، ނޯ ޕްލާސްޓިކް އަދި މޯލްޑިވިއާނާ ގްރޫޕް ބޯޑް މެންބަރުންނާއި، ވެމްކޯއިން ބައިވެރިއެވެ.

މި އިވެންޓުގައު ވާހަކަދައްކަވަމުން ޝަރަފްވެރި މެހުމާނު މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށް ތިމަވެށި ހިމަޔާތްކޮށް ރައްކާތެރި ކަމާއިއެކު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭންޖެހޭ ކަމަށެވެ. އަދި ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ކުރިމަތިވެފައިވާ ގިނަގުނަ ގޮންޖެހުންތަކުގެ ތެރޭގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުން އުފެދޭ ކުނި ހިމެނޭއިރު، މިމައްސަލަ ހައްލުކުރުމަށް ނޯ ޕްލާސްޓިކުން ކުރާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މި އިވެންޓުގައި ވާހަކަދައްކަވަމުން މޯލްޑިވިއާނާ ގްރޫޕްގެ ޗެއަރމަން އަދި ނޯ ޕްލާސްޓިކް މޯލްޑިވްސްގެ އިންޓަރނޭޝަނަލް އެގްޒެކްޓްޓިވް ޑިރެކްޓަރ އަރތަރ ލިޕޯވް ވިދާޅުވެފައިވަނީ ނޯ ޕްލާސްޓިކް މޯލްޑިވްސްއާއިއެކު ކުރާ މަސައްކަތުން ރާއްޖޭގެ ރީތިކަން އިއާދަ ކުރުމަށް ޖަމާޢީގޮތެއްްގައި ގިނަ މަސައްކަތްތަކެއް ކުރެވޭނެކަން ފާހަގަކުރައްވަމުން އަރތަރވަނީ، އެއްފަހަރާ ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭންކުރުމަށް ދިވެހި ސަރުކާރުން ކުރާ މަސައްކަތަށް ޝުކުރު އަދާކޮށްފައެވެ.

ނޯ ޕްލާސްޓިކް މޯލްޑިވްސް އަކީ 2019ވަނަ އަހަރު ރަޖިސްޓްރީކޮށްގެން ހިންގާ މަދަނީ ޖަމުއިއްޔާއެކެވެ. މިޖަމުއިއްޔާގެ މައިގަނޑު މަގްސަދަނީ އެއްފަހަރު ބޭނުންކޮށްފައިވާ އުކާލާ ޕްލާސްޓިކް ކުނި ރާއްޖޭގެ ވެށިން މަދުކޮށް ޕްލާސްޓިކަށް ނޫނެކޭ ބުމުމުގެ ސަޤާފަތެއް ޤާއިމްކޮށް ވެށީގެ ސާފުތާހިރުކަން ޤާއިމްކުރުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.