ރާއްޖޭގެ ރަށެއް
ހަބަރު
22 Sep 2022 | 10:24
ޖިއޮގްރެފިކް ތަންތަނަށް ނަން ކިއުމުގެ އުސޫލެއް އެކުލަވާލައިފި

ޖިއޮގްރެފިކް ތަންތަނަށް ނަން ކިއުމުގެ އުސޫލެއް އެކުލަވާލައިފިއެވެ.

މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީން ވަނީ ރާއްޖޭގެ ރަށްތަކާއި، ފަޅުތަކާއި، ފަރުތަކާއި، ހާހަލާއި، އިދާރީ ދާއިރާތަކާއި، އަދި މިނޫންވެސް އެހެނިހެން ޖިއޮގްރަފިކް ތަންތަނުގެ ތެރެއިން ނަމެއް ކަނޑައަޅާފައިނުވާ ތަންތަނަށް ނަމެއް ދިނުމާއި، އެފަދަ ތަނަކަށް ދީފައިވާ ނަމެއް އިސްލާހުކުރަން ޖެހިއްޖެ ހާލަތެއްގައި އިސްލާޙުކުރުމުގެ ގޮތުން "ޖިއޮގްރަފިކް ނަންތަކާއިބެހޭ ކޮމިޓީ" އެއް މިހާރު ވަނީ އެކުލަވާލާފައެވެ.

އެކޮމިޓީގައި ހިމެނޭ ދާއިރާތަކަކީ: 

1- ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

2- މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

3- މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ

4- މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ

5- ދިވެހި ބަހުގެ އެކަޑަމީ

6- މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ

7- މިނިސްޓްރީ އޮފް ޓޫރިޒަމް

8- ލޯކަލް ގަވަރމަންޓް އޮތޯރިޓީ

9- މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް

މި ކޮމިޓީން ނަން ކިޔާއިރު،  ބަލާނެ މިންގަނޑުތަކުގެ ތެރޭގައި ނަން ދިނުމުގައި ދިވެހިބަހުން ކިޔާ ނަމެއްކަމުގައިވުމާއި، މުޖުތަމަޢުގެ އަޚްލާޤީ މިންގަނޑުތަކަށް ފެތޭ ސާދާ، ކިޔަން ރީތި ފަސޭހަ ނަމަކަށްވުން ހިމެނެއެވެ.

އަދި ނަމަކީ ކުރިން އެހެން ތަނަކަށް ކިޔާފައިވާ ނަމަކަށް ނުވުމާއި، ރަށް ނުވަތަ އެރަށެއް އޮތް ސަރަޙައްދުގައި ފެންނަން ހުރި ކަންތައްތަކަށް މިސާލަކަށް ޖިއޮގްރަފީ، ޖިއޮލޮޖީ، ދިރޭތަކެތި، ތާރީޚަށް ރިއާޔަތްކޮށް ނަމެއް ދިނުމަށްވެސް އެ އުސޫލުގައި ބުނެފައިވެއެވެ.

ޖިއޮގްރަފިކް ތަންތަނަށް ނަން ކިޔުމުގައި ބަލާނެ ކަންކަން :

ރަށުގެ ކުޑަ ބޮޑުމިން / މިސާލު: ދިގުރަށް، ކުޑަރަށް، ގަން، ދިއްފުށި، ދޫނިދޫރަށް އުފެދުމުގައި ހުރި ސިފަތައް / މިސާލު: އުސްފުށި، ބާރަށްރަށް އޮތް ތަން (ސަރަޙައްދު ނުވަތަ ހިސާބުގަނޑު)ރަށުގެ ގުދުރަތީ އުމުރު

ރަށުގެ ޚާއްސިއްޔަތު (ރަށުގައި ނުވަތަ ވަށައިގެންވާ ވަސީލަތްތަކާއި، ދިރުންތައް ނުވަތަ ޖިއޮލޮޖިކަލް ފީޗަރސް)ރަށް ނުވަތަ ސަރަޙައްދުގެ ތާރީޚަށް ރިއާޔަތްކޮށް

މި އުޞޫލުގައި ބަޔާންކޮށްފައިވާ ގޮތުން ތިންވަނަ ފަރާތަކުން ޖިއޮގްރަފިކް ތަނަކަށް ނަންކިޔުމަށް ހުށަހަޅާނަމަ، ހުށަހަޅާ ނަންތަކާއި، އެނަމެއް ހުށަހަޅާ ސަބަބުތައް އުސޫލާއި އެއްގޮތަށް ބަޔާންކޮށް ސަރުކާރުގެ އިދާރާއެއް ފިޔަވާ ތިންވަނަ ފަރާތަކުން ރަށަކަށް ނަމެއް ކިޔުމަށް ހުށަހެޅޭނީ އެފަރާތަކުން ފަޅެއްގައި ހިއްކާފައިވާ ރަށެއްކަމުގައިވާނަމައެވެ. އަދި އެރަށަކީ އެފަރާތައް ސަރުކާރުގެ ވުޒާރާއަކުން ކުއްޔަށް ދޫކޮށްފައިވާ ތަނަކަށް/ފަޅަކަށް ވާންވާނެއެވެ. ރަށަކަށް ކިޔާނަމެއް ބަދަލުކުރަން ތިންވަނަ ފަރާތަކަށް ހުށަހެޅޭނީ އެފަރާތަކަށް ކުއްޔަށް ދީފައިވާ ރަށަކަށް ވާނަމައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.