ރައްޔިތުންގެ މަޖިލިސް
ހަބަރު
22 Sep 2022 | 11:50
ނޫސްތަކުގައި ޖަހާ ހަބަރުތައް ނަގާކަށް މަޖިލީހަކަށް ނޭންގޭނެ: އެމްޖޭއޭ

ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ބޭއްވި ސިއްރު ކޮމެޓީއެއްގައި ދެއްކި ވާހަކަތަކެއް އޮޅުމަކުން ލައިވްކޮށްފައި އޮއްވައި އޭގެ ހަބަރުތައް ނޫހުން ނަގަން އެންގުމަކީ މަޖިލީހަށް ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށް މޯލްޑިވްސް ޖާނަލިޒަމް އެސޯސިއޭޝަން (އެމްޖޭއޭ) އިން މިއަދު ބުނެފި އެވެ.

 ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީގެ އިއްޔެގެ ބައްދަލުވުމަށް ހޯމް މިނިސްޓަރު އިމްރާން ހާޒިރުކޮށް، ކޮމެޓީ ވަނީ ސިއްރުކޮށްފައެވެ. އެހެން ނަމަވެސް ދިމާވި ޓެކްނިކަލް މައްސަލަ އަކާ ގުޅިގެން ވަނީ ލައިވް ކުރެވިފައެވެ. ލައިވް ފީޑް ގަޑިއެއްހާއިރަށް ދެމިގެންދިޔައިރު އެ ކޮމެޓީގައި ދެކުވުނު ވާހަކަތަކަށް ބިނާކޮށް، ބައެއް ނޫސްވެރިން ވަނީ ހަބަރު ގެނެސްދީފައެވެ.

މިމައްސަލައާއި ގުޅިގެން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މަޖިލީހުގެ އިދާރާއަށް ހެދުނު ގޯހެއްގެ ސަބަބުން އާންމުވި، އޯޑިއޯއެއްގެ މައްޗަށް ހަބަރު ލިޔެގެން އެ ހަބަރުތައް ނެގުމަށް މަޖިލީހުން އެންގުމަކީ އެ ޖަމިއްޔާއިން ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި، ގިނައިރު ތަކެއް ވަންދެން ކޮމެޓީ ލައިވްކުރި ކަމަށާއި ހަބަރުތައް ލިޔުމުގެ ކުރިން އެކަން އެގޮތަށް ނުކުރުމަށް އަންގާފައިނުވާ ކަމަށް ބަޔާނުގައިވެއެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް ބެލުމުން އެނގޭ ގޮތުގައި ސިއްރު ކޮމެޓީތަކުގެ ސިއްރުކަން ހިފެހެއްޓުމާއި މައުލޫމާތު ހާމަނުކުރުމަކީ މަޖިލީހުގެ ޒިންމާއެކެވެ. އެހެން ކަން އޮތް އިރު، ނޫސްތަކުގައި ޖެހި އެ ހަބަރު ނެގުމަށް މަޖިލީހުގެ އިދާރާ އަށް ސީދާ ނޫސްތަކަށް އެންގިދާނެ ކަމަށް ޖަމިއްޔާއިން ގަބޫލުނުކުރާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ