ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ހަބަރު
22 Sep 2022 | 23:46
2023 ގައި ރައީސް ޔާމީން ވެރިކަމަށް ވަޑައިގަނެ ޗައިނާ އާއި އޮތް ގުޅުން ބަދަހި ކުރައްވާނެ: މުއިއްޒު

އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ، ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޔާމީން އަބްދުލް ގައްޔޫމް ވެރިކަމަށް ވަޑައިގަނެ ޗައިނާ އާއި އޮތް ގުޅުން ބަދަހި ކުރައްވާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

މުއިއްޒު މިހެން ވިދާޅުވެފައިވަނީ  ޗައިނާގެ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ (ސީޕީސީ) އިން އިންތިޒާމުކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުންނެވެ. 

އެގޮތުން މުއިއްޒު ވިދާޅުވެފައިވަނީ އިދިކޮޅު މައި ޕާޓީ ޕީޕީއެމްއާއި ޗައިނާގެ ސީޕީސީ އާއި ދެމެދު އުފެދިފައިވާ ވަރުގަދަ ގުޅުމުގެ ސަބަބުން ފާއިތުވި އަހަރުތަކުގެ ތެރޭގައި ޕީޕީއެމްއަށް ގިނަގުނަ ފައިދާތަކެއް ވެފައިވާ ކަމަށެވެ. އަދި ޗައިނާއާއި ރާއްޖެއާއި ދެމެދު ބަދަހިވެފައިވާ ގުޅުމުގެ މައިގަނޑު އެއް ސަބަބަކީ ވެސް އެ ދެ ޕާޓީގެ ދެމެދުގައި އުފެދިފައިވާ ގުޅުން ކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. 

"2023 ވަނަ އަހަރު އިދިކޮޅުން ރައީސް އަބްދުﷲ ޔާމީނާއެކު އެނބުރި ވެރިކަމަށް ވަޑައިގެން، ދާހިލީ ގޮތުންނާއި ބައިނަލްއަގްވާމީ ގޮތުން ދެގައުމުގެ ދެމެދުގައި އޮތް ގުޅުން ވަރުގަދަކޮށް އިތުރު ހަރުފަތަކަށް ގެންދިއުމަށް އިންމީދު ކުރަން،" 

ޑރ. މުއިއްޒު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުންވެސް ދިވެހިރާއްޖެ އަށް މިއަދު އައިސްފައިވާ ތަރައްގީ ގެނައުމުގައި ޗައިނާގައި މިހާރު ވެރިކަން ކުރަމުންދާ ޕާޓީއިން ވެދެއްވަމުން ގެންދަވާ އެހީތެރިކަންވެސް މުއިއްޒު ވަނީ ފާހަގަ ކުރައްވާފައެވެ. އެގޮތުން ޗައިނާގެ އެހީގެ ދަށުން ރައީސް ޔާމީނުގެ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި ވެލާނާ އެއާޕޯޓު ފަދަ މަޝްރޫއުތައް މުއިއްޒު ވަނީ ފާހަގަކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ލަންކާގެ ޖޫނިއާ ސާފިން ޗެމްޕިއަން ބަލިކޮށް، ރާއްޖޭގެ އާލިޔާ ޗެމްޕިއަންކަން ހޯދައިފި
މި މުބާރާތުގެ ތެރެއިން އާލިޔާ ދައްކުވައިދިން ހުނަރާއެކު ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. މިއީ މިފަދަ މުބާރާތެއްގައި އާލިޔާގެ ފުރަތަމަ ތަޖުރިބާއެވެ.
14 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީފައިނަލަށް ހަނިމާދޫ އާއި ކެލާ
ކުއާޓާފައިނަލުގެ ބާކީ މެޗްތައް ކުޅޭނީ މާދަމާ ހަވީރާއި ރޭގަނޑެވެ. ހަވީރު ކުޅޭ މެޗްގައި ފިނޭ ނިކުންނާނީ ބާރަށާ ދެކޮޅަށެވެ. އަދި ރޭގަނޑު ކުޅޭ މެޗްގައި ބައްދަލުކުރާނީ ދިއްދޫ އާއި ވަށަފަރެވެ
14 Sep 2026
ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝް ދެ މީހަކު ހައްޔަރުކޮށްފި
‏މި މައްސަލައާ ގުޅިގެން ބަންދުކޮށްފައިވަނީ އެމްޑީ މަސްއޫދު އަޙްމަދު އަދި އަބޫ ތާހިރު އެވެ.
14 Sep 2026
ހާލަންޑު ޖެހި ލަނޑު ސައްހަކަމަށް ނިންމުނީ ގޯހަކުން
ރެފްރީންގެ ކޮމިޓީން ވަނީ ވީއޭއާރުގެ މި ނިންމުން މުރާޖައާކުރާނޭކަމަށް ބުނެފައި
14 Sep 2026
ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގެންފި އެވެ.
14 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސްގެ ފުރަތަނަ ދެމެޗް އެންޖީ ޖޫނިއާސް އަދި އެންޖީ ސްޓާރިންނަށް
އެންޖީ ޖޫނިއާސް މި މެޗު ކާމިޔާބުކުރީ 06-14 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗު އެންޖީ ސްޓާރިންގ ވަނީ ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ
14 Sep 2026
އެންޓަނާއަކުން މީހަކު ވެއްޓި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެނީ
އެންޓަނާ މަތިން ވެއްޓުނު މީހާއަށް އަނިޔާވިއިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.
14 Sep 2026
މިނިސްޓަރު ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓަރޝަރީ ހެލްތު ސާވިސަސްގެ މަގާމަށް، ގ. ފިނިވިލު، މުހައްމަދު ތަލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް، ގދ. ތިނަދޫ ޝިފާ، އަހްމަދު ހަބީބް ޢައްޔަންކުރައްވާފަ އެވެ.