ޗަވާލިއޯ ގޯލު ފާހަގަ ކުރަނީ -- ފޮޓޯ: ލިވަޕޫލް
ކުޅިވަރު
01 Sep 2022 | 21:02
ޕްރިމިއާ ލީގު: ފަހު ސިކުންތުގައި ކަވާލިއޯ ޖެހި ގޯލުން ލިވަޕޫލު މޮޅުވެއްޖެ

ޕްރިމިއާ ލީގުގައި މެޗުގެ ފަހު ސިކުންތުގައި ލިވަޕޫލުގެ ފަބިއޯ ކަވާލިއޯ ޖަހައިދިން ގޯލުން އެ ޓީމުން ނިއުކާސަލްގެ މައްޗަށް ކުރިހޯދައިފިއެވެ.

ލިވަޕޫލުގެ ދަނޑު އެންފީލްޑުގައި ކުޅުނު މި މެޗުގައި ލިވަޕޫލު މޮޅުކޮށްދިން ގޯލު ކަވާލިއޯ ޖަހައިދީފައިވަނީ މެޗުގެ 90 މިނަޓު ހަމަވެ ދެއްކި އިތުރު ވަގުތުގެ އަށްވަނަ މިނަޓުގެ ތެރޭގައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކީ ފަސް މިނަޓު ނަަމަވެސް އެއަށްވުރެ އިތުރަށް ކުޅުމުން ނިއުކާސަލްގެ އޮފިޝަލުން އަދި ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ލިވަޕޫލުގެ ކޯޗު ކްލޮޕް ބުނެފައިވަނީ ނިއުކާސަލް އާއި ދެކޮޅަށް ކުޅުނު މެޗަކީ އުނދަގޫ މެޗެއް ކަމަށާއި، ދެ ޓީމުގެ ފަރާތުންވެސް ވާދަވެރިކަން ފެނިގެންދިޔަ ކަމަށެވެ. އަދި ޓީމުގައި ރަނގަޅުކުރަން ޖެހޭ ގިނަ ކަންކަން ހުރިކަމަށް ކްލޮޕް ބުނެފައިވެއެވެ.

ރޭގެ މެޗުގައި ފުރަތަމަ ލީޑު ނެގީ ނިއުކާސަލް އިންނެވެ. މެޗުގެ 38 ވަނަ މިނަޓުގައި އެ ޓީމަށް ގޯލު ކާމިޔާބު ކޮށްދީފައިވަނީ މި ހަފްތާ އެ ޓީމާއި ގުޅުނު އެލެކްސެންޑްރާ އިސާކްއެވެ. މި މެޗަކީ އިސާކް ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ.

ނިއުކާސަލްއިން ރަނގަޅު ކުޅުމެއް ދެއްކި މެޗުގެ ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ 0-1 އިން އެ ޓީމު ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ލިވަޕޫލުން ވަނީ ކުޅުން ރަނގަޅު ކޮށްފައެވެ. އެ ގޮތުން މެޗުގެ 61 މިނަޓުގައި ލިވަޕޫލުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މި ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ރޮބާޓޯ ފާމީނޯއެވެ. މެޗުން ލިވަޕޫލު މޮޅުކޮށްދިން ގޯލު ފަހު ސިކުންތުގައި ކަވާލިއޯ ޖަހައިދިނީ މުހައްމަދު ސަލާހުގެ އެހީތެރިކަމާއި އެކު އެވެ.

ލިވަޕޫލުން ދެން ލީގުގައި ނިކުންނާނީ އެވަޓަން އާއި ދެކޮޅަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.