ފޮޓޯ: މެންޗެސްޓާ އީވްނިން ނިއުސް
ކުޅިވަރު
01 Sep 2022 | 21:29
ޕްރިމިއާ ލީގު: ހާލަންޑު ޖެހިޖެހިގެން ދެވަނަ މެޗުގައި ހެޓްރިކް ހަދާ ސިޓީ މޮޅުކޮށްދީފި

ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީއަށް މިސީޒަނަށް ގުޅުނު އާލިން ހާލަންޑު ޖެހިޖެހިގެން ދެވަނަ މެޗުގައި ހެޓްރިކް ހަދާ އެ ޓީމު މޮޅުކޮށްދީފިއެވެ.

ސިޓީގެ ދަނޑުގައި ނޮޓިންހަމް ފޮރެސްޓާއި ދެކޮޅަށް ކުޅުނު މެޗު ސިޓީއިން ކާމިޔާބު ކޮށްފައިވަނީ 0-6 ގެ ނަތީޖާއަކުންނެވެ. ރޭ ކުޅެވުނު މެޗު ފެށިގެން މުޅި އެކުގައި ފެނިގެން ގޮސްފައިވަނީ ސިޓީއިން މުޅި މެޗުގެ އެ ޓީމު ބޭނުންވާ ގޮތަށް ބޯޅަ ހިފަހައްޓައިގެން ކުޅުނު ތަނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ސިޓީގެ ހާލަންޑު ބުނެފައިވަނީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ އިރުޝާދުތައް އަޑުއަހާ އޭނާގެ ޓީމުގެ ކުޅުންތެރިންގެ ވާހަކަ ބަރާބަރަށް އޭނާ އަޑު އަހަމުން އަންނަ ކަމަށެވެ. އަދި އެ ކުޅުންތެރިންނާއި ނުލާ އޭނާއަށް ގިނަ ގޯލުތައް ނުޖެހޭނެ ކަމަށް ހާލަންޑު ބުނެފައިވެއެވެ. މި މެޗުގައި ޖެހި ތިން ގޯލާއި އެކު ލީގުގައި ހާލަންޑު ވަނީ ކުޅުނު ފަސް މެޗުން ނުވަ ގޯލު ކާމިޔާބު ކޮށްފައެވެ.

މެޗުގައި ސިޓީއަށް ފުރަތަމަ ލަނޑު ޖަހައިދިނީ ހާލަންޑު މެޗުގައި ޖެހި ފުރަތަމަ ބޯޅައިންނެވެ. އެގޮތުން މެޗުގެ 12 ވަނަ މިނަޓުގައި ފުރަތަމަ ގޯލު ކާމިޔާބު ކޮށްދިން އިރު 23 ވަނަ މިނަޓުގައި އޭނާ ވަނީ ސިޓީއަށް ލީޑު ފުޅާ ކޮށްދީފައެވެ. ސިޓީގެ ތިންވަނަ ގޯލު ޖަހައި ހާލަންޑު އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްދީފައިވަނީ މެޗުގެ 38 ވަނަ މިނަޓުގައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ 0-3 ގެ ނަތީޖާއަކުން ސިޓީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ވެސް ސިޓީއިން ދައްކާފައިވަނީ މޮޅު ކުޅުމެކެވެ. އެގޮތުން މެޗުގެ 50 ވަނަ މިނަޓުގައި ސިޓީއަށް ލީޑު ފުޅާ ކޮށްދިނީ ޖައޯ ކެންސެލޯ އެވެ. މެޗުގައި ދެން ސިޓީއިން ޖެހި ދެ ގޯލުވެސް ކާމިޔާބު ކޮށްދިނީ އެ ޓީމާއި މި ސީޒަނަށް ގުޅުނު އާޖެންޓީނާގެ ޒުވާން ފޯވާޑް ހުލިއަން އަލްވަރޭޒް އެވެ.

ސިޓީއިން ލީގުގައި ދެން ނިކުންނާނީ މިވަގުތު ލީގުގައި އެންމެ ފޯމު ދައްކޮށް އޮތް އެސްޓަން ވިލާއާއި ދެކޮޅަށް މި މަހުގެ ތިން ވަނަ ދުވަހުގެ ރޭ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.