ޑި ޔޯންގ -- ފޮޓޯ: އީއެސްޕީއެން
ކުޅިވަރު
02 Sep 2022 | 22:27
ޑެޑްލައިން ޑޭ: ޔުނައިޓެޑާއި ޗެލްސީއަށް ނޫނެކޭ ބުނެ ޑިޔޯން ބާސާގައި މަޑުކުރަން ނިންމައިފި

އިނގިރޭސި ޓީމުތައް ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑު އަދި ޗެލްސީ އަށް ނޫނެކޭ ބުނެ ފްރެންކީ ޑިޔޯން ސްޕެއިންގެ ބާސެލޯނާަގައި މަޑުކުރަން ނިންމައިފި އެވެ.

މި އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ ވިންޑޯގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ގޮސްފައިވާ އެއް ކުޅުންތެރިއަކީ ޑިޔޯން އެވެ. ޖޫން މަހުގެ ފަހުކޮޅު ޑިޔޯން ޔުނައިޓެޑާއި ގުޅޭނެ ކަމަށް ގިނަ ރިޕޯޓު ތަކަކުން ބުނެފައިވެއެވެ. މީގެ އިތުރުން ޔުނައިޓެޑުން ވަނީ ޖުލައި މަހުގެ 14 ވަނަ ދުވަހު ޑިޔޯން ގެ ޓްރާންސްފާއަށް ބާސާ އާއި އެކު އެއްބަސް ވުމަކަށްވެސް އަތުވެފައެވެ، ނަމަވެސް ޑިޔޯން އަދި އޭނާގެ އެޖެންޓުންނާއި އެކު އެއްބަސް ވުމަކަށް ނާދެވުމާއި ގުޅިގެން ޔުނައިޓެޑުން ވަނީ ފަހުން ޑިޔޯން ގެނައުމުގެ މަސައްކަތް ހުއްޓާލާފައެވެ.

އޭގެ ފަހުން ޗެލްސީއިން ވަނީ ޑިޔޯން ގެނައުމަށް މަސައްކަތް ފަށާފައެވެ. ނަމަވެސް ބާސެލޯނާއިން އެ ޓީމުގެ ބިޑު ތަކަށް ޝައުގުވެރިކަން ފާޅު ކުރިޔަސް ޑިޔޯން ވަނީ ތަކުރާރުކޮށް ބާސާގައި މަޑުކުރަން ބޭނުންވާ ކަމަށް ބުނެފައެވެ. މިއާއި އެކު ޗެލްސީއިން ވެސް ފަހުން ވަނީ ޑިޔޯން ގެނައުމަށް މާބޮޑު މަސައްކަތްތަކެއް ނުކުރުމަށް ނިންމާފައެވެ.

ޑިޔޯން ބާސާގައި މަޑުކުރަން ބޭނުންވި ނުވަތަ އެ ޓީމު ދޫކޮށްލުމަށް ބޭނުންނުވި އެންމެ ބޮޑު އެއް ސަބަބަކީ އެ ޓީމުން މުސާރާއިގެ ގޮތުގައި ޑިޔޯން އަށް ނުދީ 17 މިލިއަން ޔޫރޯ އޮތް އޮތުން ކަމުގައި ގިނަ ރިޕޯޓުތަކުން ބުނެއެވެ. ސަބަބަކީ މި ސީޒަނަށް ގިނަ ކުޅުންތެރިން ތަކެއް ގަނެ ބާސެލޯނާގެ ސްކޮޑު ވަރުގަދަ ކުރުމާއި އެކު ޑިޔޯން އަށް ވަނީ ފުރަތަމަ 11 އިން ޖާގަ ގެއްލިފައެވެ. އަދި މި ސީޒަނުގެ ކުރިއަށް ހުރި މެޗު ތަކުގައިވެސް ޑިޔޯން ފުރަތަމަ 11 އިން ފެންނާނެ ކަމަކަށް ނުބެލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.