ފޮޓޯ: އެމްޖޭއޭ
ހަބަރު
03 Sep 2022 | 12:35
ޖާނަލިސްޓްސް އެސޯސިއޭޝަންގެ އައު ހިންގާ ކޮމިޓީ ހޮވައިފި

މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) ގެ އައު ހިންގާ ކޮމިޓީއަށް މެންބަރުން އިންތިހާބު ކޮށްފިއެވެ.

ހޮނިހިރު ދުވަހު ސްޓެލްކޯގެ ޖަލްސާކުރާ މާލާމުގައި ބޭއްވުނު އެ ޖަމްއިއްޔާގެ 74 މެންބަރުންނާއި އެކު ކުރިއަށްދިޔަ ކޮންގްރެސްގައި ހިންގާ ކޮމިޓީއަށް މެންބަރުން ހޮވާފައިވަނީ ސިއްރު ވޯޓަކުންނެވެ.

އަލަށް ހޮވުނު ހިންގާ ކޮމިޓީ 

– ރައީސް: އަލީ ރިފްޝާން/ ވަން އޮންލައިން

– ނައިބު ރައީސް: މުހައްމަދު ޔާމީން/ ވަގުތު އޮންލައިން

– ސެކްރެޓަރީ ޖެނެރަލް: އަހުމަދު ނާއިފް/ ދައުރު

– ބަޖެޓު ސެކްރެޓަރީ: ނާޒިމް ހަސަން/ އަދަދު

– އާއްމު މެމްބަރުން ތަމްސީލްކުރާ މެމްބަރު: މުހައްމަދު މުޔައްޒިން ނާޒިމް/ ދައުރު

– އަންހެނުންނަށް ހާއްސަ މަގާމު: އާސިމާ ނިޒާރު/ މިހާރު

– އަންހެނުންނަށް ހާއްސަ މަގާމު: އައިޝަތު ނުޒުހާ/ އަދަދު

އަލަށް ހޮވުނު ކޮމިޓީއިން މި މަހުގެ 15 ވަނަ ދުވަހު މަގާމާއި ހަވާލުވާ މި ކޮމިޓީގެ ދައުރު ހަމަވާނީ 2024 ވަނަ އަހަރުގެ ނިޔަލަށެވެ.

ރާއްޖޭގެ ނޫސްވެރިންނަށް ދިމާވާ އެކި ދަތިތަކާއި އުނދަގޫތަކާއި ދެކޮޅަށް ވަކާލާތު ކުރުމަށް އުފައްދާފައިވާ މި ޖަމްއިއްޔާ އަކީ ރާއްޖޭގެ ނޫސްވެރިންގެ ހައްގުގައި އެންމެ ހަރަކާތްތެރިކޮށް މަސައްކަތް ކުރާ އެއް ޖަމްއިއްޔާއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Aug 2026
ނޭޕާލްގައި ހިނގި ފްލޭޝް ފްލަޑް ކާރިސާގައި ދިވެއްސަކަށް ގެއްލުމެއް ނުވޭ، 10 ގައުމެއްގެ 500 މީހަކު ގެއްލުނު
ފޮރިން މިނިސްޓްރީން މިރޭ ބުނީ އެ މިނިސްޓަރީން ގެންދަނީ އެކަން މޮނިޓަރ ކުރަމުން ކަމަށެވެ. އަދި ކާރިސާ ދިމާވި ސަރަހައްދުގައި އެއްވެސް ދިވެހި ރައްޔިތަކު ހުރިކަމަކަށް މިނިސްޓްރިއަށް އެއްވެސް ރިޕޯޓެއް ލިބިފައެއް ނުވާ ކަމަށެވެ
27 Aug 2026
ރައީސާ ބައްދަލުވުމުގެ ފުރުސަތު؛ އިތުރު 8 ދާއިރާއެއްގެ ރައްޔިތުންނަށް ހުޅުވާލައިފި
ހުޅުވައިލީ ހެންވޭރު އުތުރު ދާއިރާ އާއި މިލަންދޫ ދާއިރާ އާއި ވެލިދޫ ދާއިރާ އާއި ތުޅާދޫ ދާއިރާ އާއި ފެލިދޫ ދާއިރާ އާއި މުލަކު ދާއިރާ އާއި ނިލަންދޫ ދާއިރާގެ އިތުރަށް ގުރައިދޫ ދާއިރާގެ ރައްޔިތުންނަށެވެ
27 Aug 2026
ހަނދުގައި ފެން ހުރިތޯ ބަލަން ފޮނުވާ މިޝަން ޗައިނާއިން ފަސްކޮށްފި
27 Aug 2026
ތިނަދޫގެ އާބާދީ އޮޅުވައިލި މައްސަލަ: ޕީޖީއަށް ބަލައިގަނެ ދިރާސާކުރަނީ
ޕީޖީން ބުނީ ދަޢުވާކުރުމާމެދު ގޮތެއް ނިންމުމަށްޓަކައި މައްސަލަ ދިރާސާކުރަމުންދާ ކަމަށެވެ. މައްސަލާގައި އަޅާ ފިޔަވަޅުތައް ހާމަކުރަމުންދާނެ ކަމަަށް ވެސް ބުންޏެވެ
27 Aug 2026
މިދިޔަ އަހަރު ނިމުނުއިރު ޓޫރިޒަމް ޓްރަސްޓް ފަންޑުގައި 149.2 މިލިއަން ރުފިޔާ
އޮޑިޓް ރިޕޯޓުން ދައްކާގޮތުގައި މޯލްޑިވްސް ޓޫރިޒަމް ޓްރަސްޓް ފަންޑުން ހޭދަކޮށްފައިވަނީ އޮންނަ އުސޫލުގެ މަތިންނެވެ. އެގޮތުން ހަރަދު ކުރުމުގައި މައްސަލައެއް ނެތްކަން އޮޑިޓަރުގެ ރިޕޯޓުން ފާހަގަވެއެވެ
27 Aug 2026
ޕާކިސްތާނުގައި އަނެއްކާވެސް ހަމަލާދީ ބަޔަކު މަރާލައިފި، ހަމަލާތައް އިތުރުވަނީ
މި ހަމަލާ ދިން މީހުން ހޯދުމަށް ސަލާމަތީ ބާރުތަކުން މިހާރު ވަނީ ޚާއްޞަ އޮޕަރޭޝަނެއް ފަށާފައެވެ.
27 Aug 2026
ތިނަދޫ އާބާދީ އޮޅުވާލި ކަމުގެ ތުހުމަތުގައި ދައުވާކުރުމަށް ޕީޖީއަށް ފޮނުވައިފި
ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުالله ހިލްމީ 2024 ވަނަ އަހަރު މި މައްސަލަ މަޖިލީހަށާއި ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ވަނީ ހުށަހަޅުއްވާފައެވެ. އޭނާ ވިދާޅުވެފައިވާގޮތުން ތިނަދޫގެ އާބާދީގައި 10150 މީހުން ހަމަވާ ކަމަށް ބުނެފައިވަނީ އޮޅުވާލައިގެންނެވެ.
27 Aug 2026
އެމްޑީޕީގެ ނައިބު ރައީސް ކަމުގެ މަގާމުން ހިސާން އިސްތިއުފާ ދެއްވައިފި
ހިސާންގެ އިސްތިއުފާ ސިޓީގައި ވިދާޅުވެފައިވާ ގޮތުގައި އައު މެންޑޭޓެއް ނެތި ނައިބު ރައީސްގެ މަގާމުގައި ދެމިހުންނެވުމަކީ ޑިމޮކްރަސީގެ އަސާސްތަކާ ފުށުއަރާ ކަމެއް ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.